ބޮލީވުޑްގެ ޒުވާން ތަރި ސާރާ އަލީ ޚާނާ އެކު ކުރިން ލޯބީގެ ހާއްސަ ގުޅުމެއް އޮތްކަމުގެ އިޝާރާތެއް އެކްޓަރު ކާތިކް އާރިޔަން ދީފި އެވެ.
ބޮލީވުޑްގެ ޒުވާން ތަރި ސާރާ އަލީ ޚާނާ އެކު ކުރިން ލޯބީގެ ހާއްސަ ގުޅުމެއް އޮތްކަމުގެ އިޝާރާތެއް އެކްޓަރު ކާތިކް އާރިޔަން ދީފި އެވެ.
ސާރާ އާއި ކާތިކް ރައްޓެހިވި ކަމުގެ އަޑުގަދަވީ 2020 ވަނަ އަހަރު އެމީހުން އެކުގައި މަސައްކަތްކުރި ފިލްމު "ލަވް އާޖް ކަލް" ގަ އެވެ. އެކަމަކު، ފިލްމު ރިލީޒްކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އެމީހުން ރުޅިވި ކަމަށް ރިޕޯޓްތައް ބުނިއިރު، އެއީ ފިލްމުތައް ޕްރޮމޯޓްކުރުމަށް ޖެއްސި ސްޓަންޓެއް ކަމަށް ބުނެ އެ މީހުންނަށް ފާޑުކިޔުމާ ވެސް ކުރިމަތިލާން ޖެހުނެވެ.
އިންޑިއާގެ ނޫހަަކަށް ދިން އިންޓަވިއުއެއްގައި ވަނީ، ތަރިން ފިލްމުތައް ޕްރޮމޯޓްކުރުމަށް އެކަކު އަނެކަކުގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަން ދެއްކުމަށް މަސައްކަތްކުރަނީތޯ ކާތިކާ ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި ކާތިކް ބުނީ އެއީ ޕްރޮމޯޝަނަލް ސްޓަންޓެއް ނޫން ކަމަށެވެ.
އެކަން ކިޔައިދޭން ވެސް ނޭނގޭ ކަމަށް ބުނެ ކާތިކް ބުނީ، އެ މީހުންނަކީ ވެސް އިންސާނުން ކަމަށާއި ހުރިހާ އެެއްޗަކީ ޕްރޮމޯޓްކުރަން ކުރާ ކަންކަން ނޫން ކަމަށެވެ. އަދި އެ މައުލޫ އަށް އިތުރަށް ވާހަކަދައްކަން ބޭނުންނުވާ ކަމަށް ވެސް ބުންޏެވެ.
ބޮޑަށް ބުރަވެވެނީ ކާތިކް އެއްބަސްވެފައި ވަނީ އޭނާ އާއި ސާރާގެ މެދުގައި އޮތް ގާތް ކަމަކީ ހަމައެކަނި އެ މީހުންގެ ފިލްމު ޕްރޮމޯޓްކުރަން ޖެހި ސަކަރާތެއް ނޫން ކަމަށޭ ނޫސްތަކުގައި ބުންޏެވެ.
ސާރާ އާއި ކާތިކް ރައްޓެހިވިކަމުގެ އަޑުގަދަވީ، ކޮފީ ވިތު ކަރަންގައި ކާތިކަކީ ކްރަޝްއެއް ކަމަށް ސާރާ ބުނެފައި ވެސް ވަނިކޮށެވެ. އޭގެ ފަހުން، ދެ ތަރިން އެކުގައި އެތައް ތަނަކުން ފެނިފައިވެ އެވެ. އެކަމަކު ދެމީހުންގެ މެދުގައި މައްސަލަތަކެއް ޖެހިގެން ރުޅިވި ފަހުން އިންސްޓަގްރާމުން ވެސް އެ ދެމީހުން އެކަކު އަނެކަކު އަންފޮލޯކުރި ކަމަށ ވެ އެވެ.
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ވިޖޭ އާއި ރަޝްމިކާ "ސިއްރުން" މެންދުރުގެ ކެއުމަކަށް
އަނަންޔާގެ އާ ލޯބިވެރިޔަކީ އެމެރިކާ މީހެއް
އަހަރެން މިހާރު ސިންގަލް: އަރްޖުން
ތާރާ އާއި އަނުރޯދޭ ޑޭޓް ކުރަނީ؟
އަދިތުޔަ އާއި އަނަންޔާ ވަކިވެއްޖެ
ޝުބްމަންއާ ލޯބީގެ ގުޅުމެއް ނޯވޭ: ސާރާ
މުނައްވަރާއި އޭނާގެ ލޯބިވެރިޔާގެ ލަވައެއް
ލޯބީގެ ލަވައެއް ކުޅެފައި ޝަމީތާ އާއި ރާގޭޝް ރުޅިވެއްޖެ
ސޮނާކްޝީ އާއި ޒަހީރު ރައްޓެހިވެގެން އުޅޭ ކަމަށް ބުނެފި