Roadha Mihaaru
ވަޓްސްއެޕަށް ބިޒްނަސް ޗެޓް ތައާރަފުކުރަނީ

ވަޓްސްއެޕަށް ބިޒްނަސް ޗެޓް ތައާރަފުކުރަނީ

23 މެއި 2022

ވިޔަފާރިތަކަށް އަމާޒުކޮށްގެން "ބިޒްނަސް ޗެޓް" ފީޗާއެއް ތައާރަފުކުރަން ވަޓްސްއެޕުން މަސައްކަތް ފަށައިފި އެވެ.

ވިޔަފާރިތަކަށް އަމާޒުކޮށްގެން "ބިޒްނަސް ޗެޓް" ފީޗާއެއް ތައާރަފުކުރަން ވަޓްސްއެޕުން މަސައްކަތް ފަށައިފި އެވެ.

ވަޓްސްއެޕްގެ މައި ކުންފުނި މެޓާގެ ވެރިޔާ މާކް ޒަކަބާގު ވިދާޅުވީ އެ ފީޗާ އަކީ ވިޔަފާރިވެރިންނަށް، ފަސޭހައިން ކަސްޓަމަރުންނާ މުއާމަލާތްކުރެވޭނެ ގޮތް ހެދުމަށް ތައާރަފުކުރާ ހިދުމަތެއް ކަމަށެވެ. މެޓާގެ އެހެން އެޕްތަކުގައި ވެސް ވިޔަފަރީވެރިންނަށް ހާއްސަ ފީޗާތައް ހުރެ އެވެ.

ކުދި ވިޔަފާރިތަކަށް އެ ހިދުމަތް ހިލޭ ބޭނުންކުރެވޭނެ އެވެ.

މާކް ވިދާޅުވި ގޮތުގައި ވަޓްސްއެޕް ބޭނުންކުރާ ބިލިއަނަކަށް ވުރެ ގިނަ މީހުން ވިޔަފާރިގެ މުއާމަލާތްތައް ކުރުމަށް މިހާރު ވެސް އެ އެޕް ބޭނުންކުރެ އެވެ.

އެ ހިދުމަތް ތައާރަފުކުރަނީ އޭޕީއައި ސޮފްޓްވެއާ ބޭނުންކޮށްގެން، އޮޓޯއިން ވިޔަފާރިތަކަށް، ކަސްޓަމަރުންނާ މުއާމަލާތްތައް ކުރެވޭނެ ގޮތަށެވެ. ވިޔަފާރިތަކަށް ކަސްޓަމައިޒަޑް ބިޒްނަސް ޑޭޝްބޯޑެއް ހަދައި، ކަސްޓަމާ ސާވިސް ވަރަށް ފަސޭހައިން ދެވޭނެ އެވެ.

އެކަމަކު، މެޓާ އިން ބުނީ ވިޔަފާރިތަކަށް އެ އެޕް މެދުވެރިކޮށް މީހުންނަށް މެސެޖު ފޮނުވޭނީ އެ މީހުންނަށް ރިކުއެސްޓްކޮށްގެން، ހުއްދަ ލިބިގެން ކަމަށެވެ.

މަހު ފީ ދައްކައިގެން، ހާއްސަ ފީޗާތަކާ އެކު ބޭނުންކުރެވޭ "ވަޓްސްއެޕް ޕްރިމިއަމް" ގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

"ބިޒްނަސް ޗެޓް" ތައާރަފުކުރާ ދުވަހެއް އަދި އިއުލާންނުކުރެ އެވެ.