Roadha Mihaaru
ޑޮކްޓާ ސްޓްރޭންޖުގެ އާމްދަނީ 700 މިިލިއަނަށް

ޑޮކްޓާ ސްޓްރޭންޖުގެ އާމްދަނީ 700 މިިލިއަނަށް

23 މެއި 2022

މާވެލް އިން މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ޑޮކްޓާ ސްޓްރޭންޖް: މަލްޓިވާސް އޮފް މޭޑްނެސް"ގެ އާމްދަނީ 700 މިލިއަން ޑޮލަރަށް އަރައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

މާވެލް އިން މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ޑޮކްޓާ ސްޓްރޭންޖް: މަލްޓިވާސް އޮފް މޭޑްނެސް"ގެ އާމްދަނީ 700 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މި އަހަރު މާވެލް ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ) އިން ސިނަމާގައި ދައްކަން ފެށި ފުރަތަމަ އެ ފިލްމަކީ "ޑޮކްޓާ ސްޓްރޭންޖް" ފްރެންޗައިޒްގެ ދެވަނަ ފިލްމެވެ. އެ ފިލްމު މިހާރު ވެސް ސިނަމާތަކުގައި ދައްކަމުން އަންނައިރު، ފިލްމަށް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފަ އެވެ.

އެ ފިލްމަށް މިދިޔަ ހަފުތާ ބަންދުގައި ލިބުނު އާމްދަނީއާ އެކު، ޖުމްލަ 700 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ އެެމެރިކާ އިން ލިބުނު 300 މިލިއަން ޑޮލަރުގެ އާމްދަނީ އާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުން ލިބުނު 400 މިލިއަން ޑޮލަރުގެ އާމްދަނީ އެވެ.

އެ އާމްދަނީ "ޑޮކްޓާ ސްޓްރޭންޖް"ގެ ފުރަތަމަ ބަޔަށް ލިބުނު އާމްދަނީ އަށް ވުރެ ވެސް ބޮޑެވެ. ފުރަތަމަ ފިލްމަށް ލިބުނީ 677 މިލިއަން ޑޮލަރެވެ.

މިއީ މި އަހަރު މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފިލްމު ވެސް މެ އެވެ. އެ ފިލްމަށް އެހާ ބޮޑު އާމްދަނީ ލިބިފައި ވަނީ އެމެރިކާ ފިޔަވާއި، އެންމެ ބޮޑު މާކެޓްތައް ކަމަށްވާ ޗައިނާ އާއި ރަޝިއާގައި އެ ފިލްމު ނާޅުވަ އެވެ. އަދި މިހާރު ލަފާކުރެވޭ ގޮތުގައި އެ ފިލްމަށް 900 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ.

"މަލްޓިވާސް އޮފް މޭޑްނެސް"ގައި ހޮލީވުޑްގެ ބޮޑެތި ތަރިން ފެންނާނެ އެވެ. އޭގެ ތެރޭގައި ބެނެޑިކްޓް ކަމްބަބެޗް އާާއި އެލިޒަބެތުު އޯލްސެންގެ އިތުރުން ރޭޗަލް މެކްއެޑަމްސް ހިމެނެ އެވެ.