އަންނަ ހުކުރު ދުވަހު ޕްރިމިއާ ކުރާ މާވެލް ސްޓޫޑިއޯސްގެ އާ ފިލްމު "ދަ މާވެލްސް"ގެ ފައިނަލް ޓްރެއިލާ އިއްޔެ ނެރެފި އެވެ.
އަންނަ ހުކުރު ދުވަހު ޕްރިމިއާ ކުރާ މާވެލް ސްޓޫޑިއޯސްގެ އާ ފިލްމު "ދަ މާވެލްސް"ގެ ފައިނަލް ޓްރެއިލާ އިއްޔެ ނެރެފި އެވެ.
އެ ޓްރެއިލާ ފެށީ "އެވެންޖާސް: އެންޑްގޭމް"ގެ ބައެއް މަންޒަރުތަކާ އެކުގަ އެވެ. އެއީ އެމްސީޔޫގެ ކުރީގެ ސުޕަހީރޯސް ކަމަށްވާ އަޔަން މޭން އާއި ކެޕްޓަމް އެމެރިކާގެ ބައެއް ހަނދާންތަކުންނެވެ.
ފައިނަލް ޓްރެއިލާ އިން ފެނުނު ބައެއް މަންޒަރުތަކުން ބެލެވޭ ގޮތުގައި، މި ފިލްމުގައި މާވެލްގެ އެހެން ބައެއް ސުޕަހީރޯސް ކަމަށްވާ ތޯ އާއި ވޮލްވެރިން ވެސް ހާއްސަ ފެނިލުމަކުން ފެންނާނެ އެވެ.
ބްރީ ލާސަން، ޓެޔޯނާ ޕެރިސް އަދި އީމާން ވެލާނީ ލީޑުން ފެންނާނެ މި ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ 33 ވަނަ ފިލްމެވެ. އަދި މިއީ 2019 ވަނަ އަހަރު ގެނެސްދިން "ކެޕްޓަން މާވެލް"ގެ ސީކުއެލް އެވެ.
މި ފިލްމުގައި ނިކް ފިއުރީގެ ރޯލުން ސެމިއުލް ޖެކްސަން އަނެއްކާވެސް ފެންނާނެ އެވެ.
"ދަ މާވެލްސް" އަކީ މި އަހަރު ކުރީކޮޅު ނުކުތް "އެންޓް-މޭން އެންޑް ދަ ވާސްޕް: ކުއަންޓޫމަނިއާ" އާއި "ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" އަށް ފަހު ނުކުންނަ އެމްސީޔޫގެ ފަސްވަނަ ފޭސްގެ ތިންވަނަ ފިލްމެވެ.
މި ފިލްމު ޑައިރެކްޓުކުރީ ނިއާ ޑަކޯސްޓާ އެވެ.
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
"ފެންޓާސްޓިކް ފޯ" އަށް ޕެޑްރޯ ޕަސްކަލް؟
"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި
މާވެލް އިން ލޯކީ ދެން ނުފެންނާނެ ކަމުގެ އިޝާރާތެއް
ތޯ: ލަވް އެންޑް ތަންޑާގެ ފުރަތަމަ ޓީޒާ ދައްކާލައިފި
މާވެލްގެ "މޫން ނައިޓް" ގެ އެކްޓަރަކު މަރުވެއްޖެ
މާވެލްގެ ސީރީޒް "މޫން ނައިޓް" ގެ ޓްރެއިލާއެއް
"ފެންޓާސްޓިކް ފޯ"ގެ ފުރަތަމަ ފެނިލުން
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް