ބައެއް ފިހާރަތަކުން ކުނިވެފައި ހުރި ބިސް ވިއްކާ ކަމަށާއި އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
23 މެއި 2022
ބައެއް ފިހާރަތަކުން ކުނިވެފައި ހުރި ބިސް ވިއްކާ ކަމަށާއި އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެ ކަހަލަ ބިސް ބޭނުންކުރުމަކީ އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރާ އަދި ކާބޯތަކެތީގެ ޒަރީޔާއިން ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
އެމްއެފްޑީއޭއިން ބުނީ ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއެކު ބެހެއްޓޭނީ ގިނަ ވެގެން ތިން މަސް ދުވަހަށް ކަމަށެވެ. ފިނި ނުކުރާ ބިސް 28 ދުވަހުގެ މުއްދަތަކަށް ބެހެއްޓޭއިރު، މުއްދަތު ހަމަވާ ތާރީހަށްވުރެ އަވަހަށް ވެސް ބިސްކުނި ވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
"މުއްދަތު ހަމަނުވި ކަމުގައި ވިޔަސް، ހުންނަންޖެހޭ ފިނި ހޫނުމިނަށް ނުބަހައްޓާ ނަމަ ބިސް ކުނިވުމުގެ ފުރުސަތު ވެސް އޮންނާނެ،" ބަޔާނުގައި ބުންޏެވެ.
"ވީމަ، ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް، މުއްދަތު ހަމަވާ ތާރީހު އެނގޭގޮތަށް ބިސް ވިއްކަން ބެހެއްޓުމަށް އަންގަމެވެ. އަދި ބިސް ގަންނަ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ،"
ރޯދަ މަހަށް ފަހު ކޮންމެ އަހަރަކުހެން ވެސް ދުވަސްތަކެއް ވަންދެން ކުނި ބިސް ވިއްކާ ކަމުގެ ޝަކުވާތައް އޮވެ އެވެ. ރޯދަ މަހަށް ރާއްޖެ އަށް ވަރަށް ގިނަ އަދަދަކަށް ބިސް އެތެރެކުރެ އެވެ.
އިޝްތިހާރަކަށް ވާނީ "އެންމެ މޮޅު" ފަދަ އިބާރާތާ އެކު
ކާބޯތަކެތީގެ އިޝްތިހާރުކަމަށް ބަލާނެގޮތް ސާފުކޮށްްދީފި
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް
މީދާ ފެނުނު ކެފޭ ހިންގަން އަލުން ހުއްދަ ދީފި
ކުޑަކުދިންނަށްދޭ ސިރަޕުން ނުރައްކާތެރި ކެމިކަލް ފެނިއްޖެ
ބޭހެއްގައި މައްސަލަ އުޅޭތީ ސަމާލުވާން އެދިއްޖެ
އިންޑިއާ ބޭސްތަކެއްގެ މައްސަލަ އުޅޭތީ ސަމާލުވާން އެދެފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
ފުޑް ސޭފްޓީގެ ފުރަތަމަ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި