ބޭހަށް ހާއްސަކޮށްގެން އުދެއްދި ކުންފުނީގެ ހަމައެކަނި މަސައްކަތަކަށް ވާނީ ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރުން ނޫން ކަމަށާއި މި ތަނުގައި އަމިއްލައަށް ބޭސް އުފައްދައި އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
26 ނޮވެމްބަރ 2025
ބޭހަށް ހާއްސަކޮށްގެން އުދެއްދި ކުންފުނީގެ ހަމައެކަނި މަސައްކަތަކަށް ވާނީ ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރުން ނޫން ކަމަށާއި މި ތަނުގައި އަމިއްލައަށް ބޭސް އުފައްދައި އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާތަނަށް ބޭސް އެތެރެކުރަމުން ދިޔައީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ. ނަމަވެސް، އެއީ އެތައް ވިޔަފާރިއެއް ކުރާ ކުންފުންޏަކަށް ވާތީ ހަމައެކަނި ބޭހަށް ސަމާލުކަން ދިނުމަށް ދަތިވާނެކަން ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ބޭހަށް ހާއްސަކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ސަރުކާރުގެ ކުންފުނިތައް ހިންގާ ކަމަށެވެ. އޭގެ ބޭނުމަކީ އެ މައްސަލައަށް ހާއްސަ ސަމާލުކަން ދިނުން ކަމަށާއި އެގޮތަށް، ރާއްޖޭގައި ވެސް ބޭހަށް ހާއްސަ ކުންފުންޏެއް އުފެއްދުމުން ކުންފުނީގެ ހަމައެކަނި ވިސްނުމަކަށް ވާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މުޅި މައްސަލައަށް ހައްލު ހޯދައިދިނުމެވެ.
"ކޮބައިތޯ ރާއްޖޭގެ ޑިމާންޑަކީ، ކޮބައިތޯ އެންމެ ރަނގަޅު ބޭސް އެވެއިލަބަލް ފެކްޓްރީތަކަކީ، ކޮބައިތޯ އެންމެ ރަނގަޅު ލިންކުތަކަކީ، ހަމައެކަނި އެއެއް ވެސް ނޫން. މި ހާލަތުގައި ހަމައެކަނި ބާއްވައިގެން ނިމޭކަށް ނެތް. އަޅުގަނޑުމެން ކައިރި އަވަށްޓެރި ހުރިހާ ގައުމެއްގައި މިހާރު ބޭސް އެބަ އުފައްދާ. އެހެންވީމަ މި ކުނަފުނީގެ އެއް ކަމަކަށް ވާނީ މީގެ ރިސާޗު ކޮށް، މިއާ ގުޅޭ ވަރުގަދަ ލެބޯޓްރީތައް ހަދާ، އިންވެސްޓަރުން ހޯދައި، ދިވެހިރާއްޖޭގައި އުފެއްދޭނީ ކޮން ބޭހެއްތޯ އާއި ކުރެވޭނީ ކޮން ކަމެއްތޯ ބަލައި މުޅި ދާއިރާ ފުޅާކުރަމުން ގެންދިއުން،" ނާޒިމް ވިދާޅުވި އެވެ.
އާސަންދަ ރިފޯމްކުރުމަށް މި ސަރުކާރުން ގެނައި ބަދަލުތަކާއެކު ބޭސްތަކަކަށް ކަނޑައެޅި އަގުތައް ކުޑަވުމުން، ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް މެދުވެރިވެގެން އާސަންދަ އިން ދޫކުރުން ހުއްޓާލި އެވެ. އެއާއެކު، ރާއްޖެއިން ބޭސް ލިބުމުގައި އެތައް ގޮންޖެހުމެއް ދިމާވި އެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި މިދިޔަ ސެޕްޓެމްރު 7 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ އެ މައްސަލަ ހައްލުކުރުމަށެވެ.
ނޫން، ނޫން. އެހެންނެއް ނޫން. އެއަށްވުރެ މާ ފުޅާ ސްކޯޕެއްގައި، އެއަށްވުރެ ފުޅާ މެންޑޭޓެއް ދީގެން މީގެ ލެބޯޓްރީ އަންނާނެ، ރިސާޗު އަންނާނެ، އަޅުގަނޑު މި ދެންނެވި ގޮތަށް މި ދާއިރާ އިތުރަށް ފުޅާކޮށް ދިވެހި ރާއްޖޭގައި މިއީ އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު ވެސް އޮތް ކަމެއް މިއީ: ނާޒިމް
ނާޒިމް ވިދާޅުވީ އަވަށްޓެރި ގައުމުތަކުގައި ޑޮކްޓަރުން ތަމްރީނުކުރާތާ އެތައް އަހަރެއް ވިއަސް ރާއްޖޭގައި އެ މަސައްކަތް ފެށީ މީގެ ހަތް އަހަރު ކުރިން، 2018 ވަނަ އަހަރު ކަމަށެވެ. ނަރުހުން ތަމްރީނުކުރާތާ 40 އަހަރުވެއްޖެ ކަމަށާއި އަދި މިއީ މި ވަގުތު މި ސަރަހައްދުގައި އެންމެ ރަނގަޅަށް ނަރުހުން ތަމްރީނުކުރާ ގައުމުކަން ނާޒިމް ފާހަގަކުރެއްވި އެވެ.
އެގޮތަށް، ބޭހުގެ މައްސަލަ ވެސް ހަމައެކަނި އެއްޗެއް ސަޕްލައިކޮށްފައި މާކެޓަށް ނެރުމުގެ ބަދަލުގައި މުޅިން ވަށައިޖެހޭ ހައްލަކަށް ދާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ހެލްތު ސެކްޓާގެ ސާވިސް މި ދަނީ އެ މިންގަނޑުން ފުޅާވަމުންނޭ. މިކަމަށްޓަކައި ބޭހުގެ ކުންފުންޏެއް ހެދުމަކީ ހަމައެކަނި ބޭސް ގެނައުމަށް އޮތް ދަތިތައް ހައްލުކުރުން ކަމަށް، އެ ނެރޯ ވިސްނުމުން ވިސްނައި ވަޑައިނުގަންނަވާށޭ. އެއަށްވުރެ މާ ފުޅާ ކޮންސެޕްޓެކޭ މިއީ. މީގެ ނަތީޖާއަކަށް ވެގެން ދާނީ ކައިރި އަވަށްޓެރި ގައުމުތަކުގެ ފާމަސޫޓިކަލް ކުންފުނިތަކާ ރިލޭޝަންތައް އެޝްޓަބްލިޝްވެ، ވަރަށް ފޯކަސްޑު މަސައްކަތްތަކެއް ކުރާ ބަޔަކު ތިބުން،" ނާޒިމް ވިދާޅުވި އެވެ.
"ކުންފުނި ނުވިސްނަވާށޭ ހަމައެކަނި ބޭސް އެއް ގައުމުން އަނެއް ގައުމަށް ސަޕްލައިކޮށްފައި އެ ބޭރުން ގެނެސްފައި ރާއްޖެއަށް ފޮނުވާ. ނޫން، ނޫން. އެހެންނެއް ނޫން. އެއަށްވުރެ މާ ފުޅާ ސްކޯޕެއްގައި، އެއަށްވުރެ ފުޅާ މެންޑޭޓެއް ދީގެން މީގެ ލެބޯޓްރީ އަންނާނެ، ރިސާޗު އަންނާނެ، އަޅުގަނޑު މި ދެންނެވި ގޮތަށް މި ދާއިރާ އިތުރަށް ފުޅާކޮށް ދިވެހި ރާއްޖޭގައި މިއީ އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު ވެސް އޮތް ކަމެއް މިއީ."
ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިދިޔަ މަހު "މިހާރު"އަށް ވިދާޅުވީ މި ވަގުތު ހިނގަމުންދަނީ ބޭހާ ގުޅޭ މަސައްކަތްތައް ބަދަލުވުމުގެ މަރުހަލާ ކަމަށެވެ. އެ ކުންފުނި ހިނގައިގަންނަން 3-6 މަސް ދުވަސް ވާނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފައްދަނީ
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
މޮޅެތި ބޭސް ފަސޭހައިން ގެނެވޭ ޕޮލިސީ ލޯންޗުކޮށްފި
ބޭހުގައި ޒަހަރު، މިފަހަރު ސަލާމަތްވީ ނަސީބަކުން!
އަސާސީ ބޭސްތައް ނުހުންނަ ފާމަސީތަކަށް ފިޔަވަޅު އަޅަނީ
އަގު ހެޔޮކޮށް ރާއްޖެ އަށް ބޭސް ގެންނަން މަޝްވަރާކުރަނީ
ފަރުވާއަށް ސަލާންޖަހަން ޖެހޭ ކަމަކަށް ނުދެކެން: ނާޒިމް
ކުދިން މަރުވި ބޭހަށް ރާއްޖޭގައި ހުއްދައެއް ނުދޭ
އާސަންދައިން ބޭސް ދޫނުކޮށް ވިއްކާ ނަމަ ފިޔަވަޅުއަޅަނީ