23 މެއި 2022
ޖިންސީ ފުރައްސާރައިގެ ދައުވާ އުފުލާފައި ވަނިކޮށް، ރާއްޖޭގެ ކޯޓުތަކަށް ފިލައިގެން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، (ބަލަކް) އިނގިރޭސި ވިލާތުގެ ލަންޑަންގެ ޑިސްޓްރިކްޓް ލީގުގެ ޓީމެއް ކަމަށްވާ، ސްޕޯޓިން ލަންޑަން އެފްސީގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
ޖިންސީ ފުރައްސާރައިގެ ދައުވާ އުފުލާފައި ވަނިކޮށް، ރާއްޖޭގެ ކޯޓުތަކަށް ފިލައިގެން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، (ބަލަކް) އިނގިރޭސި ވިލާތުގެ ލަންޑަންގެ ޑިސްޓްރިކްޓް ލީގުގެ ޓީމެއް ކަމަށްވާ، ސްޕޯޓިން ލަންޑަން އެފްސީގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސީޔާސީ ކުށްވެރިއެއްގެ ގޮތުގައި އިނގިރޭސި ވިލާތަށް އަމިއްލަ އަށް އަރުވާލައިގެން ހުރި ދުވަސްވަރު އިނގިރޭސި އެފްއޭގެ ކޯޗިން ލައިސެންސެއް ބަލަކު ވަނީ ހޯދައިފަ އެވެ. ބަލަކުގެ ކޯޗުކަމުގެ ދަށުން، ސްޕޯޓިން ލަންޑަން އެފްސީން ވަނީ ޑިސްޓްރިކްޓް ލެވަލްގެ ދެ މުބާރާތެއްގެ ފައިނަލުގައި ކުޅެފަ އެވެ.
ބަލަކް ކުރި ޓްވީޓެއްގައި ބުނީ، އެ ދެ ފައިނަލުގައި ހޯދި ރިހި މެޑަލްތަކުން ރާއްޖޭގެ ފުޓްބޯޅަ ކުރިމަގަށް ބިނާކުރަން ފަށަން ޖެހޭ ހިސާބު އޭނާ އަށް ދެނެގަނެވިއްޖެ ކަމަށެވެ.
ސްޕޯޓިން ލަންޑަން އެފްސީގެ ކޯޗު އަލީ ވަހީދު ކުޅުންތެރިންނަށް އިރުޝާދު ދެނީ: އޭނާ އަކީ ރއްޖެއިން ބޭރުގައި މަސައްކަތް ކުރާ ދިވެހި ތިންވަނަ ކޯޗު
"ފާއިތުވި ހަފްތާގެ ތެރޭގައި އިނގިރޭސި އެފްއޭ އެފިލިއޭޓެޑް ލަންޑަނުގެ ވިމްބަލްޑަން ކަޕް ބީގެ ރިހި މެޑައްޔާއި ގްރެންފެލް މެމޯރިއަލް ކަޕްގެ ރިހި މެޑެލް؛ ހެޑް ކޯޗެއްގެ ގޮތުގައި ކާމިޔާބު ކުރެވުމުން ދިވެހި ފުޓުބޯޅައިގެ މާދަމާ ބިނާކުރަން އަމާޒު ހިފަންވީ ހިސާބު ވަޒަންކުރެވިއްޖެ،" ޓްވިޓާގައި ބަލަކް ބުންޏެވެ.
ފާއިތުވީ ހަފްތާގެ ތެރޭގައި އިނގިރޭސި އެފް.އޭ އެފިލިއޭޓެޑް ލަންޑަނުގެ ވިމްބަލްޑަން ކަޕް ބީގެ ރިހި މެޑެލްއާއި ގްރެންފެލް މެމޯރިއަލްކަޕްގެ ރިހި މެޑެލް، ހެޑް ކޯޗެއްގެ ގޮތުގައި ކާމިޔާބު ކުރެވުމުން، ދިވެހި ފުޓުބޯޅައިގެ މާދަމާ ބިނާކުރަން އަމާޒު ހިފަންވީ ހިސާބު ވަޒަންކުރެވިއްޖެއެވެ ?? pic.twitter.com/JIvcML2s5a
— Ali Waheed (@ali20waheed) May 22, 2022
އޭނާ ކުރި އެހެން ޓްވީޓެއްގައި ބުނެފައި ވަނީ ކުރިން ޕްރިމިއަ ލީގުގައި ވާދަކުރި ކުއީންސް ޕާކް ރޭންޖާސް (ކިޔުޕީއާރް) ގެ ދަނޑު، ލަންޑަންގެ "ލޮފްޓަސް ރޯޑް" ސްޓޭޑިއަމްގައި ކުރެވުނު ތަޖުރިބާގެ އަލީގައި، ދިވެހި ފުޓްބޯޅަ އަށް އިންގްލާބީ ބަދަލެއް ގެނެވިދާނެކަން ސާބިތުވެއްޖެ ކަމަށެވެ.
"ދުވެފައި ނުދެވެންޏާ ހިނގާފައި ވެސް ހުވަފެނީ މަންޒިލަށް އަމާޒު ހިފާށެވެ. އިރާދަފުޅުން ކާމިޔާބު ވާނެ އެވެ. ޕްރިމިއަ ލީގުގެ ކުރީގެ ކްލަބު ލަންޑަނުގެ ކްއީންސް ޕާކް ރޭންޖާސް ސްޓޭޑިއަމްގައި އިއްޔެ ކުރެވުނު ތަޖުރިބާގެ އަލީގައި ދިވެހި ފުޓުބޯޅައިގެ އިންގިލާބީ ސޮފްހާއެއް އިރާދަފުޅުން ކުރަހާނަމެވެ،" އެފްއޭއެމުން ކުރިން އެކުލަވާލި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަނެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ބަލަކް، ޓްވިޓާގައި ލިޔެފައިވެ އެވެ.
އަލީ ވަހީދު، ސްޕޯޓިން ލަންޑަން އެފްސީ ޓީމުގެ ބެންޗުގައި: އޭނާ ވަނީ ކިޔުޕީއާރްގެ ދަނޑުގައި ސްޕޯޓިން ލަންޑަން ޓީމަށް އިރުޝާދު ދީފައި
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން، ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން ވަނީ ފުޓްބޯޅައިގެ ބައެއް ޓެކްނިކަލް މަސައްކަތްތައް ކޮށްފަ އެވެ. ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން އޭނާގެ ޝަރަފްގައި އެފްއޭއެމުން އިންތިޒާމުކުރި ހާއްސަ މެޗުގައި އެފްއޭއެމް ޓީމަށް އަލީ ވަހީދު ވަނީ ކޯޗު ކޮށްދީފަ އެވެ. އެގްޒިބިޝަން މެޗެއްގެ ގޮތުގައި ކުޅުނު މެޗުގައި އެފްއޭގެ ޓީމަށް ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު އަދި ބަލަކްގެ އެކުވެރިޔާ މިޝޭލް ސަލްގާޑޯ ވެސް ކުޅުނެވެ.
ބަލަކް އަކީ ރާއްޖެއިން ބޭރުގެ ކްލަބެއްގައި މަސައްކަތް ކުރާ ރާއްޖޭގެ ތިން ވަނަ ކޯޗެވެ. ރާއްޖެއިން ބޭރުގައި އެންމެ ފުރަތަމަ މަސައްކަތް ކުރި ކޯޗަކީ، އެފްއޭއެމްގެ ދިވެހި ޕްރިމިއަ ލީގުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި އެންމެ ފަހުން މަސައްކަތްކުރި މުހައްމަދު އާދަމް އެވެ. އެއަށް ފަހު ޓީސީގެ މިހާރުގެ ކޯޗު މުހައްމަދު ނިޒާމް އެވެ.
މުހައްމަދު ވަނީ ލަންކާގެ ޖާވާ ލޭން އަށް ކޯޗު ކޮށްދީ 2013 ގައި ބޭއްވި އެ ގައުމުގެ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އެޓީމަށް ހޯދައިދީފަ އެވެ. ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން އަށް ކޯޗުކޮށްދީ ނިޒާމް ވަނީ، ސައިފް ސްޕޯޓިން އާއެކު ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލަށް ގެންގޮސްދީފަ އެވެ.
މިނިސްޓަރަކަށް ހުރި އިރު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާ ކުރުމުން ބަލަކް ވަނީ ރާއްޖެ ދޫކޮށް އިނގިރޭސި ވިލާތަށް ބަދަލުވެފަ އެވެ. އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާ އުފުލާފައިވެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާ ލިބޭ އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި އޭނާ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ކޯޓަށް ހާޒިރުނުވެގެން އޭނާ ދެ މަހަށް ޖަލަށް ލާން ވެސް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެ އެވެ.
އަލީ ވަހީދުގެ ލަންޑަން ކުލަބަށް ތާރީހީ ކާމިޔާބެއް
ލަންޑަންގެ ކްލަބަކާއެކު އަލީ ވަހީދު ތާރީހީ ފައިނަލަކަށް
އަލީ ވަހީދު ބަންދުކުރި މައްސަލާގައި ޔޫކޭއިން ބަދަލުދެނީ
"ގެއްލުނު" އަޑުބަރޭ ހޯދަން ބަލަންޖެހޭ ކަންކަން ބަލަނީ
އަލީ ހައްޔަރުކޮށްގެން ގެނައުމުގެ މަސައްކަތް ފަށައިފި
އަލީގެ ޓުވީޓެއް، ވިދާޅުވީ ވާހަކަތައް އަދި އޮތީ ކަމަށް
އަލީ ހައްޔަރުކޮށްފައި ހުރިކަން ޔޫކޭ ފުލުހުން އަންގައިފި
އަލީ ހައްޔަރުކުރި ކަމެއް ހަފުތާއެއް ވީއިރު ވެސް ނޭނގޭ
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ
އަލީ ވަހީދު ހައްޔަރު ކޮށްގެން ގެންދާ ވީޑިއޯއެއް!