ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދަށް އިއްޔެ ހަމަލާދޭން އުޅުނު މީހާ އެ ސްކޫލް ތެރެއަށް ވަނުމަށް ފަހު ވަރަށް ބާރަށް ހަޅޭއްލަވަން ފެށުމުން ދަރިވަރުންނާ އެކު ކްލާސްރޫމްތައް ތަޅުލި ކަމަށް، އެކަމުގެ މައުލޫމާތު އިނގޭ ބައެއް ބެލެނިވެރިން މިއަދު ބުނެފި އެވެ.
25 މެއި 2022
ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދަށް އިއްޔެ ހަމަލާދޭން އުޅުނު މީހާ އެ ސްކޫލް ތެރެއަށް ވަނުމަށް ފަހު ވަރަށް ބާރަށް ހަޅޭއްލަވަން ފެށުމުން ދަރިވަރުންނާ އެކު ކްލާސްރޫމްތައް ތަޅުލި ކަމަށް، އެކަމުގެ މައުލޫމާތު އިނގޭ ބައެއް ބެލެނިވެރިން މިއަދު ބުނެފި އެވެ.
އެ ސްކޫލަށް އިއްޔެ ވަން މީހަކު ޕްރިންސިޕަލަށް ހަމަލާ ދޭން އުޅުނު މައްސަލައެއް ހެނދުނު 8:45 ހާއިރު ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ވަގުތު ސްކޫލް ތެރޭގައި ތިބި ދަރިވަރަކާ ހަވާލައިދީ، އޭނާގެ ބެލެނިވެރިޔަކު "މިހާރު" އަށް ބުނީ އެ ފިރިހެން މީހާ ބާރަށް ހަޅޭއްލަވަމުން ދިޔަ އަޑު ކްލާސްރޫމްތަކަށް އިވުނު ކަމަށެވެ. އެއާއެކު، ދަރިވަރުންނާ އެކު ހުރިހާ ކްލާސްރޫމެއް ތަޅުލީ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
އެހެން ބެލެނިވެރިޔަކު ބުނީ އެ މީހާ ސްކޫލު ތެރެއަށް ވަނުމަށްފަހު ދެ ފައިވާން ކިބަ ނެގުމަށް ފަހު ބަންގި ގޮވަން ފެށީ އެވެ.
"ބަންގި ގޮވައި، ﷲއަކްބަރު ގޮވަމުން ދިޔައީ،" އެ ބެލެނިވެރިޔާ ބުންޏެވެ.
ކަން ހިނގި ގޮތުގެ މައުލޫމާތު އިނގޭ އެހެން ބެލެނިވެރިޔަކު ބުނީ އެ ފިރިހެން މީހާ ސްކޫލު ތެރެއަށް ވަދެގަތީ މައި ދޮރާއްޓާ ޖެހިގެން އިންނަ ކުޑަ ގޭޓުން ކަމަށެވެ. އެ ތަނުން އެތެރެއަށް ވަނުމަށްފަހު އޭނާ އުޅުނީ ގޭޓާ އެންމެ ކައިރީގައި އިންނަ ސިޑިން މައްޗަށް އަރަން ކަމަށާއި އެ ވަގުތު ޕްރިންސިޕަލް އަދި ސްކޫލްގެ އިސްވެރިންތަކެއް އެ މީހާ ހިފެހެއްޓި ކަމަށް ވެސް ބެލެނިވެރިޔާ ބުންޏެވެ.
"ޕްރިންސިޕަލަށް ހަމަލާދިނީ އެ ވަގުތު ކަމަށް މައުލޫމާތު ލިބެނީ. އެކަމަކު، ސީދާ ޕްރިންސިޕަލަށް ދިން ހަމަލާއެއް ކަމެއް ނޭނގޭ،" އެ ބެލެނިވެރިޔާ ބުންޏެވެ.
ސެކިއުރިޓީން ތިބޭ ޖަމާލުއްދީން ސްކޫލްގެ ތެރެއަށް އެ މީހާ ވަތް ގޮތާ މެދު ބައެއް ބެލެނިވެރިން ދަނީ ސުވާލު އުފައްދަމުންނެވެ. އެ މީހުން ބުނީ ދަރިވަރުން ގޮވައިގެން ނުވަތަ ސްކޫލަށް ބަލައި ދާ ވަގުތެއްގައި ނޫނީ މައި ދޮރާށިން އަދި ކުޑަ ގޭޓުން ނުވަދެވޭނެ ކަމަށެވެ. އެހެން ނޫނީ ޖެހޭނީ އިދާރީ އޮފީސް އިންނަ ގޭޓާ ދިމާލަށް ދާން ކަމަށް އެ ބެލެނިވެރިން ބުންޏެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ވިލިމާލޭ ކަންދު، ހުސެއިން ފަޒީލަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.
އެ ހާދިސާއާ ގުޅިގެން އުނގޫފަރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ސްކޫލެއްގައި ދަރިވަރުން ކިޔަވަމުން ދަނިކޮށް ތޫނު ހަތިޔާރު ހިފައިގެން ވަދެ ހަމަލާދޭން އުޅުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. އެހެންވެ، އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ޝީތާ
ބޮޑު އިންޒާރެއް؛ ސްކޫލަށް އެހެން ވަދެވިގެންނުވާނެ!
ޖަމާލުއްދީން ސްކޫލުގައި ހިތްގައިމު އައުޓްޑޯ ކްލާސްރޫމެއް
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
މީކާއިލްއަށް ތައުރީފުކޮށް ޕޯސްޓެއް ކުރުމަށް ފަހު ޑިލީޓް
ސެޕްޓެމްބަރުގެ ނިޔަލަށް ސްކޫލްތައް އޭސީކޮށް ނިންމަނީ
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ބަންދުގައި އިތުރު ހަރަކާތް ނުބާއްވަން އަލުން އަންގައިފި