Roadha Mihaaru
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ޝީތާ

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ޝީތާ

10 އޮކްޓޯބަރ 2023

ޖަމާލުއްދީން ސްކޫލް (ޖޭއެސް) ގެ ޕްރިންސިޕަލަކަށް، އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިލްގެ މަގާމުގައި މިހާތަނަށް ހުންނެވި އައިޝަތު ޝީތާ މިދިޔަ އާދިއްތަ ދުވަހު ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖަމާލުއްދީން ސްކޫލް (ޖޭއެސް) ގެ ޕްރިންސިޕަލަކަށް، އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިލްގެ މަގާމުގައި މިހާތަނަށް ހުންނެވި އައިޝަތު ޝީތާ މިދިޔަ އާދިއްތަ ދުވަހު ހަމަޖައްސައިފި އެވެ.

ޝީތާ އެ މަގާމަށް ހަމަޖެއްސީ، ޖޭއެސްގެ ޕްރިންސިޕަލްގެ މަގާމުގައި 18 އަހަރު ވަންދެން ހުންނެވި ހަސަން މުހައްމަދު މަގާމުން ވަކިވެވަޑައިގަތުމުންނެވެ.

މިދިޔަ އޮގަސްޓް މަހު ފެށި ދިރާސީ އާ އަހަރާ އެކު، ހަސަން އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުން މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެއްވޭތީ އެވެ. ހަސަން މިހާރު މަސައްކަތް ކުރައްވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން އޮފިސަރުގެ ގޮތުގަ އެވެ.

ތައުލީމީ ދާއިރާގައި 27 އަހަރު ހޭދަކުރައްވާފައިވާ ޝީތާ ވަނީ އަމީނިއްޔާ ސްކޫލާއި ޣިޔާސުއްދީން ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. ޣިޔާސުއްދީން ސްކޫލުގެ އެސިސްޓެންޓު ޕްރިންސިޕަލްކަން ކުރެއްވުމަށް ފަހު ދެން ބަދަލުވެވަޑައިގަތީ ޖަމާލުއްދީނަށެވެ.

ޖޭއެސްގެޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ޝީތާ ހަމަޖެއްސީ 2011 ވަނަ އަހަރު އެވެ.

އޭނާ ވަނީ ޓީޗިން ދާއިރާ އިން ޑިގްރީ އަދި އެޑިއުކޭޝަން އިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ.