ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ބެހޭ ގޮތުން ރަޝިޔާގެ އިސް ވެރިއަކާ އެކުގައި އެއްވެސް މަޝްވަރާއެއް ކުރައްވާ ނަމަ ކުރައްވާނީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި އެކަނި ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ބެހޭ ގޮތުން ރަޝިޔާގެ އިސް ވެރިއަކާ އެކުގައި އެއްވެސް މަޝްވަރާއެއް ކުރައްވާ ނަމަ ކުރައްވާނީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި އެކަނި ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ސްވިޒަލޭންޑްގެ ޑާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި، އޮންލައިންކޮށް ބައިވެރިވެވަޑައިގެން އިއްޔެ ދެއްވި ތަގުރީރުގައި ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ރަޝިޔާ ސަރުކާރުގެ އެއްވެސް މަންދޫބަކާ އެކުގައި މަޝްވަރާ ނުކުރައްވާނެ ކަމަށެވެ. އަދި މެދުވެރިއަކު ބޭނުންކުރައްވައިގެން ޕުޓިންއާ އެކުގައި މަޝްވަރާއެއް ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒެލެންސްކީ ވިދާޅުވީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ހަގީގަތް، ރަޝިޔާގެ ރައީސް ޕުޓިން އަށް އެއްވެސް ވަރަކަށް ފަހުމްވާ ނަމަ، މި ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި ރަޝިޔާ ސިފައިން މިހާރު ވެސް ޔޫކްރޭންގެ ބައެއް ބިންތައް ހިފާފައިވާއިރު، އެ ހުރިހާ ބިމެއް އަލުން އަނބުރާ ޔޫކްރޭންގެ ބާރުގެ ދަށަށް ގެނެވެންދެން، ޔޫކްރޭންގެ ސިފައިން ހަނގުރާމަ ކުރަމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތައް ކުރަން ބޭނުން ނަމަ، ރައީސް ޕުޓިން ފުރަތަމަ ކުރައްވަން ޖެހޭނެ ކަމެއް ކަމަށް، ރައީސް ޒެލެންސްކީ ވިދާޅުވީ، ފެބްރުއަރީ 24 ވަނަ ދުވަހު ހަނގުރާމަ ފެށިއިރު ރަޝިޔާ ސިފައިން ތިބި ހިސާބަށް، ރަޝިޔާ ސިފައިން ފަހަތަށް ޖެއްސުމެވެ. ހަނގުރާމަ ފެށުމަށް ފަހު ރަޝިޔާ އިން ޔޫކްރޭނާ އެކުގައި މަޝްވަރާތަކެއް ފެށީ، ހަނގުރާމަ ހުއްޓައިލަން ނޫން ކަމަށާއި، އެއީ ހަމަލާތައް އިތުރަށް ވަރުގަދަކުރުމަށް ވަގުތު ހޯދުމަށް ފެށި ކަމެއް ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
މީގެ އިތުރުން ގައުމާ މުޚާތަބު ކުރައްވައި ރޭ ދެއްވި ވީޑީއޯ މެސެޖެއްގައި ޒެލެންސްކީ ވިދާޅުވީ ރަޝިޔާ ސިފައިންނަށް ލިބިގެންވާ އަސްކަރީ ހުރިހާ ގާބިލުކަމެއް، ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދު ހިފުމަށްޓަކައި މިހާރު ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ދޮންބާސް ސަރަހައްދުގައި ރަޝިޔާ ސިފައިން ހަމަލާ ދެމުން ދަނީ، ތަސައްވަރު ކޮށްލަން ވެސް ދަތި ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭން ސިފައިންގެ ދިފާއީ ހަމަލާތަކުގެ ކުރިމަތީގައި، ކުރިއެރުންތައް ނުލިބޭތީ، ރަޝިޔާ ސިފައިންގެ ކިބައިގައި ހުރި ހުރިހާ ބާރެއް ބޭނުންކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ދޮންބާސް ސަރަހައްދުގެ އެންމެ ބޮޑު ހަތަރު ސަހަރަށް ރަޝިޔާ ސިފައިންގެ މިސައިލާއި ބޮންތައް އޮއްސަމުން ދަނީ އެއްވެސް ބެލުމެއް ނެތި ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
އެ ހަތަރު ސަހަރަކީ، ޔޫކްރޭން ސިފައިން އެންމެ ވަރުގަދަ އަށް ރައްދު ހަމަލާތައް ދެމުންދާ، ލީމާން އާއި ޕޮޕަސްނާ އާއި ސީވިއެރްޑޮނެޓްސް އަދި ސްލަވިއަންސްކް އެވެ. މިހާރު ވެސް ޔޫކްރޭންގެ ބައެއް ބިންތައް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އިރު، އެ ބިންތައް މިނިވަންކުރުމަށްޓަކައި ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވެ އެވެ.
އެ ގޮތުން، ޒެލެންސްކީ ވިދާޅުވީ ދާއިމީ ގޮތެއްގައި ޔޫކްރޭނަށް އަސްކަރީ ހަތިޔާރު ލިބޭނެ ގޮތް ވެގެން ނޫނީ، ރަޝިޔާގެ އުދުވާނީ އަމަލުތަކުގެ ކުރިމަތީގައި ޔޫކްރޭންގެ މިނިވަންކަން ދިފާއު ނުކުރެވޭނެ ކަމަށެވެ.
ރަޝިޔާއަށް ލިބޭ ގެއްލުންތައް ޖީލުތަކަކަށް ދެމިގެންދާނެ
އެމެރިކާއިން ޔޫކްރޭނަށް އިތުރު ހަތިޔާރު ދެނީ
އުދުހުން މަނާ ނުކުރަންޏާ އިތުރު ހަތިޔާރުދީ: ޒެލެންސްކީ
އިތުރު އަސްކަރީ، މާލީ އެހީއަށް ޔޫކްރޭނުން އެދިއްޖެ
ޔޫކްރޭން އުދުހުން މަނާ ސަރަހައްދަކަށް ނުހެދީ ކީއްވެ؟
އެފްރިކާގެ ރައީސް، ޕުޓިންއަށް: ހަނގުރާމަ ހުއްޓަލާ
ރަޝިޔާ ސިފައިން ބަޚްމުތު ހިފައިފި
ރަޝިޔާގައި މިސައިލް އުފެއްދުން ދެގުނަ އިތުރުކުރަނީ
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން