Roadha Mihaaru
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

26 މެއި 2022

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ހައި ކޯޓުގެ 11 ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ސަމީރު ދާދިފަހުން އިސްތިއުފާ ދެއްވުމުންނެވެ.

ސަމީރު އިސްތިއުފާ ދެއްވުމުން ހުސްވި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

އެ މަގާމުގެ ތައުލީމީ ޝަރުތަކީ ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު، ވަކީލުކަމުގައި ނުވަތަ ފަނޑިޔާރުކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ހުރުމެވެ.

އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށް މަހަކު 54،000ރ. ލިބޭނެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވެސް އިންނެވުމަށްފަހު ސަމީރު ކުއްލި ގޮތަކަށް އިސްތިއުުފާ ދެއްވުމަށްފަހު މިހާރު ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާ ހަވާލުވެ ވަޑައިގެންފަ އެވެ. އޭނާއަކީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި 10 އަހަރު އަދި އޭގެ ކުރިން ސިވިލް ކޯޓުގެ އިސްގާޒީ ކަން ވެސް ކުރެއްވި ބޭފުޅެކެވެ.