Roadha Mihaaru
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ރިޔާޒު ސަސްޕެންޑް

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރު ރިޔާޒު ސަސްޕެންޑްކޮށްފި

29 މެއި 2022

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު މިއަދު ސަސްޕެންޑްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު މިއަދު ސަސްޕެންޑްކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ ރިޔާޒާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

އޭނާ ސަސްޕެންޑްކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މަބްރޫކް ވިދާޅެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ރިޔާޒް ސަސްޕެންޑްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ފަސް އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގެ ތުހުމަތުގަ އެވެ.

އެކަމާ ގުޅިގެން ރިޔާޒު ވިދާޅުވީ ބަލަމުންދާ މައްސަލައެއްގަ ގޭގައި މަޑުކޮށްލަން ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަންގަވާފައިވާ ކަމަށެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދާ ހަމަޔަށް ސަރުކާރުގެ އެއްވެސް ފަރާތަކުން އޭނާއާ ސުވާލުކޮށްފައި ނުވާ ކަމަށެވެ.

"ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއްކޮށްފައި ނުވާނެކަން ރައްޔިތުންނަށް ޔަގީންކަން އަރުވަން. ސިޔާސީ ބޭނުމަށް އަބުރުކަތިނުލުމަށް އެދެން،" ރިޔާޒްގް ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައީސް މަގާމުން ދުރުކުރައްވާފައިވެ އެވެ. ރިޔާޒް ސަސްޕެންޑް ކުރަން އެޑިއުކޭޝަން މިނިސްޓްރީ އަށް އެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެސެޖަކުންނެނެވެ.