Roadha Mihaaru

ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ހައްޔަރުކޮށްފި

އުތުރުގެެ ރަށެއްގެ ސްކޫލުގެ ދެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް އެ ރަށުގެ ޓީޗަރަކު ހައްޔަރު ކޮށްފި އެވެެ.

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ޓީޗަރަކު ހައްޔަރު ކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

21 ނޮވެމްބަރ 2022

އުތުރުގެެ ރަށެއްގެ ސްކޫލުގެ ދެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް އެ ރަށުގެ ޓީޗަރަކު ހައްޔަރު ކޮށްފި އެވެެ.

އެނގިފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އެ ރަށު އަތޮޅު މަދަރުސާގެ ދިވެހި ޓީޗަރަކެވެ.

ފުލުހުންގެެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ އުތުރުގެ ރަށެއްގައި އުމުރުން 12 އަހަރާއި 14 އަހަރުގެ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ރިޕޯޓެއް މިދިޔަ އަންގާރަ ދުވަހު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރި އެވެ.

އެ މައްސަލާގައި އެ ޓީޗަރާ މެދު ފިޔަވަޅު އެޅިތޯ ބަލަން އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅި ނަމަވެސް އިސްބޭފުޅެއްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.