29 މެއި 2022
ޕެރިސް (މެއި) - ލިވަޕޫލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ރެއާޅްއިން ޗެމްޕިއަންސް ލީގު، 14 ވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.
ޕެރިސް (މެއި) - ލިވަޕޫލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ރެއާޅްއިން ޗެމްޕިއަންސް ލީގު، 14 ވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.
ޕެރިހުގައި ހުންނަ ފްރާންސްގެ ގައުމީ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ސަޕޯޓަރުން ވަނުމުގައި ދަތިތަކެއް ދިމާވުމުން މެޗު ފެށުން ގާތްގަނޑަކަށް ބައި ގަޑިއެއްހާއިރަށް ލަސްވި އެވެ. މެޗު ފެށިގެން ނިމެންދެން ގިނަ ހަމަލާތަކެއް އުފެއްދީ ލިވަޕޫލުންނެވެ. އެޓީމުން ޖުމުލަ 24 ހަމަލާއެއް ފޮނުވާލި އެވެ. ރެއާލް އަށް އުފެއްދުނީ އެންމެ ހަތަރު ހަމަލާ އެވެ. ލިވަޕޫލުން އުފެއްދި ނުރައްކާތެރި ނުވަ ފުރުސަތެއް، ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ ހުއްޓުވި އެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ފުރަތަމަ 11 އިން ފަބީނިއޯ އާއި ތިއާގޯ އަލްކަންޓާރާ އަދި ފްރާންސް ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ހިމަނައިފަ އެވެ. ފޯވާޑް ލައިނުގައި މުހައްމަދު ސަލާހާއި ސަޑިއޯ މާނޭއާ އެކު ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް އަށް ވެސް ފުރުތަމަ 11 އިން ފުރުސަތު ދިނެވެ.
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ 2018 ވަނަ އަހަރުގެ ފައިނަލުގައި ފެށި ފަސް ކުޅުންތެރިން ކަމަށްވާ ކަރީމް ބެންޒެމާ އާއި ޑެނީ ކާވަހާލްގެ އިތުރުން މިޑްފީލްޑް ޓްރިއޯ؛ ލޫކާ މޮޑްރިކާއި ޓޯނީ ކްރޫސް އަދި ކަސެމީރޯ ފުރަތަމަ 11 ގައި ހިމަނައިފަ އެވެ.
ފުރަތަމަ ހާފުގައި އެންމެ ބިޒީ ކޮށް ފެނުނީ ކޯޓުއާ އެވެ. މެޗު ފަށައިގެން ރެއާލުން ރަނގަޅަށް ކުޅެވޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމަށް މާ ރަނގަޅު ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. ފުރަތަމަ 15 މިނިޓު ފަހުން ލިވަޕޫލުން އިތުބާރާ އެކު ކުޅެ، ވަނީ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ސަލާހް ފޮނުވާލި ތިން ހަމަލާއެއް ކޯޓްއާ ދިފާއު ކުރި އެވެ. އަދި ތިއާގޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ވެސް ހުއްޓުވި އެވެ.
ލިވަޕޫލުން ފޮނުވާލި ހަމަލާއެއް ކޯޓްއާ ދިފާއު ކުރަނީ: ފުޓްބޯޅައިގެ އެނަލިސްޓުން ފާހަގަކުރި ގޮތުގައި ޗެމްޕިއަންސް ލީގު ފައިނަލެއްގައި ކީޕަރަކު ދެއްކި އެންމެ މޮޅު ކުޅުން ކޯޓްއާ މިރޭ ވަނީ ދައްކާފަ --- ފޮޓޯ: އޭއެފްޕީ
ލިވަޕޫލުން އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މާނޭ އެވެ. އޭނާ އޭރިއާ ތެރެއިން ކަސެމީރޯ ކައިރިން ނައްޓާފައި ފޮނުވާލި ބާރު ބޯޅަ ތިރީ ކަނަށް ވަންނަން ދަނިކޮށް ކޯޓުއާ ދިފާއު ކުރި އެވެ. ކޯޓުއާ ޖެއްސި ބޯޅަ ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ނަމަވެސް ކޯޓުއާ ވަނީ މިފަހަރު ބޯޅަ އޭނާގެ އަތަށް ނަގައިފަ އެވެ.
މެޗުގެ 42 ވަނަ މިނިޓުގައި ރެއާލަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ބެންޒެމާ ލަނޑު ވެސް ޖެހި އެވެ. އޭރިއާ ތެރެއަށް މަތިން އައި ބޯޅަ އޭނާ ކޮންޓްރޯލް ކުރި ނަމަވެސް މާ ރަނގަޅަށް ފޮނުވާ ނުލެވި ގޯލު ކުރިމައްޗަށް ޖައްސާލުމުން ފެޑެރިކޯ ވެލްވާޑް ޖަހަން އުޅެނިކޮށް ކޮނާޓޭ އާއި ފަބީނިއޯ ހުރަސް އެޅުމުން ބެމްޒެމާ އަށް ބޯޅަ ލިބުމާ އެކު އޭނާ ވަނީ ގޯލުތެރަށް ބޯޅަ ފޮނުވާލައިފަ އެވެ. އެކަމަކު ވެސް ތިން މިނިޓުގެ ވީއޭއާރު ރިވިއު އަކަށް ފަހު ނިންމީ، ވެލްވާޑް ފައިގައި ބޯޅަ ޖެހުނު ވަގުތު އޭނާ ހުރީ އޮފްސައިޑުގައި ކަމަށެވެ.
ޕެރިގުގައި މިރޭ ޖެހި ހަމައެކަނި ލަނޑު ޖެހީ 59 ވަނަ މިނިޓިގައި ވިނީޝަސް ޖޫނިއާ އެވެ. ފެޑެރިކޯ ވެލްވާޑޭ ނަގައިދިން ހުރަހެއް ވިނީޝަސް ޖެހީ އާނޯލްޑްގެ ފަހަތުގައި ހުހަށް ހުރެ ގޯލު ތެރަށް ފޮނުވާލައިގެންނެވެ،\
ރެއާލްގެ ލަނޑު ޖެހި ވިނީޝިއުސް ޖޫނިއާ އުފާފާލު ކުރަނީ --- ފޮޓޯ: އޭއެފްޕީ
މި ލަނޑަށް ފަހު ލިވަޕޫލުން ނަތީޖާ އެއްވަރު ކުރަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށް ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ނަމަވެސް ރެއާލްގެ ތަފާތަކަށްވީ ކީޕަރު ކޯޓުއާ އެވެ. އޭނާ ވަނީ ސަލާހު ފޮނުވާލި ތިން ހަމަލާއެއް ދިފާއު ކޮށް، ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ޖޮޓާ ފައިގައި ޖެހިފައި ގޯލަށް ވަންނަން ދިޔަ ބޯޅައެއް ވެސް ދިފާއު ކޮށްފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ކޯޓުއާ ވަނީ ފައިނަލުގައި ނުވަ ސޭވް ކޮށް، ޗެމްޕިއަންސް ލީގު ފައިނަލެއްގައި އެންމެ ގިނަ ސޭވް ކުރި ކީޕަރުގެ ރެކޯޑް ހޯދައިފި އެވެ. މީގެ އިތުރުން ރެއާލްގެ ޑިފެންސުން ވެސް ވަނީ ލިވަޕޫލްގެ އެޓޭކްތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
މި ދެޓީމު 1981 ވަނަ އަހަރުގެ ޕެރިހުގައި ކުޅުނު ޔޫރަޕިއަން ކަޕް ފައިނަލުގައި ވާދަކޮށް ލިވަޕޫލް ކާމިޔާބު ކުރީ ވެސް މި ނަތީޖާއިންނެވެ. މިއާ އެކު ރެއާލް މެޑްރިޑުން އެންމެ ފަހުން ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުނު އަށް ފަހަރު ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރެއާލުން މުބާރާތް ކާމިޔާބު ކުރީ ވެސް ލިވަޕޫލް ބަލި ކޮށްފަ އެވެ.
މިއާ އެކު ރެއާލްގެ ކޯޗު ވަނީ ހަތަރު ފަހަރު މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ މަގާމް ހޯދައިފަ އެވެ. މީގެ ކުރިން ވެސް ރެއާލް އާއެކު ޗެމްޕިއަންސް ލީގު ނެގި ކޯޗު ވަނީ އޭސީ މިލާނާ އެކު ވެސް ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
މެޗުގައި ބެންޒެމާ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނަސް ތަށި އުފުލާލީ ކެޕްޓަން މާސެލޯ އެވެ. މި ސީޒަނަށް ފަހު އޭނާ ޓީމު ދޫކޮށްލަން ނިންމާފައި ވާއިރު މިއީ މާސެލޯ ރެއާލާ އެކު ޗެމްޕިއަންސް ލީގް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.\
މި ސީޒަނުގެ ސްޕެނިޝް ލަ ލީގާ ވެސް ކާމިޔާބު ކުރީ ރެއާލް މެޑްރިޑެވެ.
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ލިވަޕޫލް ފޯރީގައި ފެށިއަސް މޮޅު ހޯދީ ރެއާލް މެޑްރިޑް
ޔޫއެފާއިން ސަޕޯޓަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލި
ދެ ވަނަ ބުރުގައި ޗެމްޕިއަން ރެއާލާއި ލިވަޕޫލް
ބެލޮންޑިއޯ ބޭނުންނަމަ ޗެމްޕިއަންސް ލީގު ހޯދުން މުހިއްމު
ލިވަޕޫލް ކަޓައި، ރެއާލް ސެމީ އަށް
ބަދަލުހިފުމުގެ ރޫހެއް ނެތް: ކްލޮޕް
ރެއާލް ދަނޑުގައި ލިވަޕޫލް މެޗު ކުޅެވޭނެ