29 މެއި 2022
ރަޝިޔާ އިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، އިނގިރޭސި ވިލާތުގައި ހުންނަވާ ރަޝިޔާގެ ސަފީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރަޝިޔާ އިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، އިނގިރޭސި ވިލާތުގައި ހުންނަވާ ރަޝިޔާގެ ސަފީރު މިއަދު ވިދާޅުވެއްޖެ އެވެ.
ބީބީސީގައި ވާހަކަ ދައްކަވަމުން، ރަޝިޔާގެ ސަފީރު އަންދްރެއި ކެލިން ވިދާޅުވި ގޮތުގައި ރަޝިޔާގައި އަމަލުކުރާ އަސްކަރީ ގަވާއިދުތަކާއި ހަމަތަކަށް ބަލާއިރު، ޔޫކްރޭންގައި މިހާރު ހިނގަމުންދާ ފަދަ ހަމަނުޖެހުންތަކުގައި ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރާނެ އެވެ. ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް ރަޝިޔާގައި ވަރަށް ހަރުކަށި ގަވާއިދުތަކަކާއި އުސޫލުތަކެއް ކަނޑައަޅާފައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ހަތިޔާރު ބޭނުންކުރުމަށް ހުއްދަކުރަނީ ވަރަށް މަދު ހާލަތްތަކެއްގައި ކަމަށާއި، އޭގެ ތެރެއިން ވެސް އެންމެ މައިގަނޑު ހާލަތަކީ، ރަޝިޔާގެ ދެމިއޮތުމަށް ނުރައްކަލެއް ކުރިމަތިވުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ފަހު، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުގެ ލަޝްކަރު ފުރިހަމަ ތައްޔާރީ ހާލަތުގައި ބޭއްވުމަށް އަމުރު ކުރައްވައިފަ އެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ޕުޓިންގެ އެ ނިންމެވުމަކީ ހުޅަނގުގެ ގައުމުތަކަށް ދެއްވި އިންޒާރެކެވެ.
"އެކަމާ މިހާރު ޔޫކްރޭންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް ނެތް،" ރަޝިޔާގެ ސަފީރު ވިދާޅުވި އެވެ.
ރަޝިޔާ ސަފީރު ވިދާޅުވި ގޮތުގައި ޔޫކްރޭންގައި މިހާރު ކުރިއަށް ގެންދާ ޚާއްސަ އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި، ރަޝިޔާ ސިފައިން ޔޫކްރޭންގެ އާންމުންނަށް ހަމަލާދީ މަރަމުންދާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ފަތުރާ ވާހަކަތައް ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ހުޅަނގުއުތުރުން އޮންނަ ބޫޗާ އަވަށުގައި ރަޝިޔާ ސިފައިން ގަތުލުއާންމެއް ހިންގި ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ.
ސަފީރު ވިދާޅުވި ގޮތުގައި ބޫޗާގައި ގަތުލުއާންމެއް ހިންގި ކަމަށް މީޑިއާތަކުން ރިޕޯޓްކުރަން ފެށީ، އެ ސަހަރުން ރަޝިޔާ ސިފައިން ފައިބައިފި ކަމަށާއި، ބޫޗާގެ މަގުތައް އޮތީ ވަރަށް އަމާންކޮށް ކަމަށާއި އަދި އާންމު ހާލަތަކަށް ރުޖޫއަވެފައިވާ ކަމަށް، އެ ސަހަރުގެ މޭޔަރު ވިދާޅުވިތާ ވެސް ދެތިން ދުވަސް ފަހުންނެވެ. އެހެންކަމުން، އެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއީ ބަޔަކު ހަދަހަދައިގެންގެ ފެތުރި ވާހަކަތަކެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަޔަކު އެ ވާހަކަތައް ފެތުރީ، ހަމަލާ ބަދަލުކުރުން ހުއްޓައިލުމާ ބެހޭ ގޮތުން، ރަޝިޔާ އާއި ޔޫކްރޭންގެ މަންދޫބުންނާ ދެމެދު ސުލްހައިގެ ވާހަކަތައް ދެކެވެމުން ދިޔަ ދުވަސްވަރު، އެ ވާހަކަތަކަށް ހުރަސްއަޅައި ސުލްހައިގެ މަސައްކަތް ހުއްޓުވުމުގެ ބޭނުމުގަ އެވެ.
ނިއުކްލިއާ ހަތިޔާރުގެ ތެރޭގައި ދެ ބާވަތެއްގެ ހަތިޔާރު ހިމެނެ އެވެ. އެއީ ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރާއި ސްޓްރެޓީޖިކް ނިއުކްލިއާ ހަތިޔާރެވެ. އޭގެ ތެރެއިން ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރަކީ، ކައިރީގައި ހުންނަ އަމާޒުތަކަށް ހަމަލާދެވޭ ގޮތަށް އުފައްދާފައި ހުންނަ ނިއުކްލިއާ ހަތިޔާރެވެ. އޭގެ ތެރޭގައި ކުދި ބޮމާއި ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރާ ރޮކެޓް ފަދަ ތަކެތީގެ އެހީގައި ހަމަލާދޭ ނިއުކްލިއާ ހަތިޔާރެވެ.
އެއާ ޚިލާފަށް ސްޓްރެޓީޖިކް ނިއުކްލިއާ ހަތިޔާރަކީ، ވަރަށް ދުރުގައި ހުންނަ އަމާޒުތަކަށް ހަމަލާ ދިނުމަށް، މިސައިލް ފަދަ ވަސީލަތްތަކުގެ އެހީގައި ފޮނުވައިލާ ހަތިޔާރުތަކެވެ. އަސްކަރީ އަންދާޒާތަކަށް ބަލާއިރު، ރަޝިޔާގައި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުގެ ގޮތުގައި ބެލެވޭ 2000 ހަތިޔާރު ހުންނާނެ އެވެ.
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
އަޑަށް ވުރެ ބާރު މިސައިލުން ޔޫކްރޭނަށް ހަމަލާދީފި
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
ރަޝިޔާ ނުހުއްޓުވައިފި ނަމަ ނޭޓޯ އަށް ހަމަލާ ދޭނެ
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ހަނގުރާމަ ވަރުގަދަ ކުރުމަށް ޕުޓިން އަމުރު ނެރުއްވައިފި