Roadha Mihaaru
އާޖެންޓީނާއިން ފައިނަލިސިމާ ކާމިޔާބުކޮށްފި

ރެކޯޑް ދަމަހައްޓައި މެސީގެ އާޖެންޓީނާއިން ފައިނަލިސިމާ ކާމިޔާބުކޮށްފި

02 ޖޫން 2022

ލަންޑަން (ޖޫން 2) - ޔޫރަޕްގެ ޗެމްޕިއަން އިޓަލީގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ލިއޮނެލް މެސީގެ އާޖެންޓީނާއިން ފައިނަލިސިމާ ކާމިޔާބު ކޮށްފި އެވެ.

ލަންޑަން (ޖޫން 2) - ޔޫރަޕްގެ ޗެމްޕިއަން އިޓަލީގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ލިއޮނެލް މެސީގެ އާޖެންޓީނާއިން ފައިނަލިސިމާ ކާމިޔާބު ކޮށްފި އެވެ.

އާޖެންޓީނާ މޮޅުވެ އެޓީމުން ވަނީ ބަލި ނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް ބޮޅެއް އިތުރު ކޮށްފަ އެވެ. މިހާރު އެޓީމުން ވަނީ ބަލި ނުވެ 32 މެޗު ފުރިހަމަ ކޮށްފަ އެވެ. ފީފާއިން ރަސްމީ ހައިސިއްޔަތު ދީފައިވާ، ފައިނަލިސިމާގެ މެޗު މި ކުޅުނީ 29 އަހަރު ފަހުންނެވެ. މީގެ ކުރިން މި މެޗު ކުޅެފައި ވަނީ 1993 ގަ އެވެ. އެއަހަރު އާޖެންޓީނާއާ ދެކޮޅަށް ނުކުތީ 1992 ގެ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ޑެންމާކެވެ. ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ މެޗު ކާމިޔާބު ކުރީ 5-4 ންނެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާޖެންޓީނާގެ ލަނޑުތައް ޖެހީ ލައުޓާރޯ މާޓިނޭޒް އާއި އެންހަލް ޑީ މާރިއާ އަދި ޕައުލޯ ޑިބާލާ އެވެ.