މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ސޮއިކުރި މީހުންގެ ފޯމުތައް ޕްރޮސެސް ކުރުން ލަސްވާތީ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
02 ޖޫން 2022
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ސޮއިކުރި މީހުންގެ ފޯމުތައް ޕްރޮސެސް ކުރުން ލަސްވާތީ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލަން އިލެކްޝަންސް ކޮމިޝަނުން އޮތީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ހަރަކާތްތަކަށް އުފެއްދެވި އެމްއާރުއެމް ވެސް ހިމެނެ އެވެ.
ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލަން ނޯޓިސް ދީފައި ވުމުގެ އިތުރަށް، ވަގަށް ޕާޓީތަކަށް ވައްދާ މީހުންގެ މައްސަލަ ހައްލުކުރަން ބޮޑެތި ޖޫރިމަނާތަކެއް ކުރަން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެމްއާރުއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ޕާޓީގެ މެމްބަރުން އިތުރުކުރަން ކުރި މަސައްކަތުން މިހާރު ވެސް 3،000 މެމްބަރުން ހަމަވިޔަސް، ގިނަ ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނުން ޕްރެސެސް ނުކޮށް އެބަހުރި ކަމަށެވެ. މިހާތަނަށް 1،400 އަށް ވުރެ ގިނަ ފޯމު ހުށަހެޅިއިރު، 1،200 އަށް ވުރެ ގިނަ ފޯމު ޕްރޮސެސްނުވާ ކަމަށް ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން މިދިޔަ މާޗް މަހު އެކަނި ވެސް، 700 ފޯމު ހުށަހަޅާފައިވާތީ އެ ޕާޓީގައި މިހާރު 3،000 މެމްބަރުން ހަމަވާނެ އެވެ. އެކަމަކު ގިނަ ދުވަސްވެފައިވާ ފޯމުތައް ވެސް ހިމެނޭ ގޮތުން، ބައެއް ފޯމުތައް ޕްރޮސެސް ކުރުން ލަސްވާތީ އެކަން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެމްއާރުއެމުން ގޮވައިލީ މި މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ހުރިހާ ފޯމުތަކެއް ޕްރޮސެސްކޮށް ދިނުމަށެވެ.
އެ ޕާޓީން ބުނެފައިވަނީ އިލެކްޝަންސުން ދީފައިވާ މުއްދަތުގެ މާ ކުރިން، 3،000 ހަމަވާނެ ކަމަށާއި އެ ޕާޓީ އުވާލާ ހިސާބަށް ނުދާނެ ކަމަށެވެ.
އެމްއާރުއެމް އުވައެއް ނުލާނެ، 3،000 ހަމަކޮށްފި
ޑީއާރުޕީން 125000ރ. ހަމަހުން ދައްކަން މުހުލަތެއް
ކައުންސިލް އިންތިޚާބު ފަސްކުރަން މައުމޫން ގޮވާލައްވައިފި
މައުމޫނަށް ލަފާ އަރުވަން 12 ބޭފުޅުންގެ ކޮމެޓީއެއް
މަސައްކަތް ކުރާނީ އެންމެން އެކުވެރިކުރަން: މައުމޫން
އެމްއާރްއެމް ރަޖިސްޓަރީކޮށްދޭން އީސީން ނިންމައިފި
ދައުލަތުގެ މުސާރަ ނިންމައި ޕީޕީއެމަށް ފައިސާ ދޫކުރަނީ
މައުމޫންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި
މައުމޫންގެ އާ ސިޔާސީ ޕާޓީ އުފައްދަން ހުށަހަޅައިފި
ފައިސާ ދޫކުރުމުން ޕީޕީއެމްގެ ދަރަނި ދައްކާނެ:އަދުރޭ