މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލަފާ ދެއްވުމަށް 12 ބޭފުޅުންގެ ކޮމެޓީއެއް އެކުލަވާލައިފި އެވެ.
14 ޑިސެމްބަރ 2019
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލަފާ ދެއްވުމަށް 12 ބޭފުޅުންގެ ކޮމެޓީއެއް އެކުލަވާލައިފި އެވެ.
މި މަޝްވަރާ ކޮމެޓީގައި މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި މައުމޫންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ނަސްރީނާގެ ބޭބޭފުޅު އައްބާސް އިބްރާހީމާއި ކުރީގެ ވަޒީރު އުމަރު ޒާހިރު ވެސް ހިމެނި ވަޑައިގަންނަވަ އެވެ. މި ބޭފުޅުންގެ އިތުރުން އަމީނިއްޔާ ސްކޫލާއި އިމާދުއްދީން ސްކޫލުގެ ވެސް ޕްރިންސިޕަލްކަން ކުރައްވާފައިވާ ވަފާ ވަހީދާއި ފުޓުބޯޅަ ކޯޗު އަލީ ސުޒައިން އާއި ފިލްމީ ތަރި ނިއުމާ މުހައްމަދު ވެސް ހިމެނެ އެވެ.
އެމްއާރުއެމުން ބުނިގޮތުގައި މި ކޮމެޓީގެ މައިގަނޑު މަސައްކަތަކީ ޕާޓީ ކުރިއަރުވައި ތަރައްގީ ކުރުމުގައި، ޕާޓީގެ ރައީސް އަށް ލަފާދެއްވައި މަޝްވަރާ އެރުވުމެވެ.
އެމް.އާރް.އެމް ގެ އިންތިޤާލީ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ގެ މަޝްވަރާ ކޮމިޓީ އެކުލަވާލައްވައިފިއެވެ. މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ޕާޓީ ކުރިއަރުވައި ތަރައްޤީކުރުމުގައި، ޕާޓީގެ ރައީސް އަށް ލަފާދެއްވާ މަޝްވަރާ އެރުވުމެވެ. pic.twitter.com/Dgfx5BWVkj
— Maldives Reform Movement (MRM) ?? (@MRM_Office) December 14, 2019
ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓްރީ ކޮށްދީފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ޕާޓީގެ އިންތިގާލީ ރައީސަކަށް މައުމޫން އިންތިޚާބު ކުރެއްވި އިރު، ނައިބު ރައީސުންނަކީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަދި އާމިނަތު ނާދިރާ އެވެ.
އެމްއާރުއެމްގެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި އަންހެނުންނަށް އިސްކަން ދޭ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެގޮތުން މަޝްވަރާ ކޮމެޓީގެ ދެބައިކުޅަ އެއްބަޔަކީ ވެސް އަންހެނުންނެވެ.
އެމްއާރުއެމްގެ ފޯމުތައް ޕްރޮސެސްކުރުން ލަސްވާތީ ޝަކުވާ
މަސައްކަތް ކުރާނީ އެންމެން އެކުވެރިކުރަން: މައުމޫން
މައުމޫން ދަރަންޏަށް ޒިންމާކުރުވަން އުޅޭތީ ސުޕްރީމްކޯޓަށް
އިންތިހާބާ ގުޅޭގޮތުން މައުމޫނާއި ގާސިމް ބައްދަލުކުރަނީ
އެހެން ޕާޓީތައް ކުރިއަރަނީ ފިތުނަ އުފައްދައިގެން:ފާރިސް
އެމްއާރުއެމް އުވައެއް ނުލާނެ، 3،000 ހަމަކޮށްފި
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
މައުމޫން، ފާރިސް އަދި ނާދިރާ އެމްއާރްއެމްގެ ލީޑަޝިޕަށް
އެމްއާރްއެމްގެ ރައީސަކަށް ފާރިސް ކުރިމަތިލައްވައިފި
އެމްއާރުއެމްގައި އުފެއްދި ޒައީމްގެ މަގާމަށް މައުމޫން