ނުވަ އަހަރު ވަންދެން ވަޒީފާ އިން ސަސްޕެންޑް ކޮށްފައި ތިބި ތިން މީހަކަށް 1.9 މިލިއަން ރުފިޔާ ދައްކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
02 ޖޫން 2022
ނުވަ އަހަރު ވަންދެން ވަޒީފާ އިން ސަސްޕެންޑް ކޮށްފައި ތިބި ތިން މީހަކަށް 1.9 މިލިއަން ރުފިޔާ ދައްކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތްކުރި ތިން މުވައްޒަފުން 2013 ވަނަ އަހަރު ސަސްޕެންޑްކުރީ އެ ތަނުގައި ތިބި ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށެވެ. އެ މީހުންނަށް ޖިންސީ ގޯނާގެ ދައުވާކުރި ނަމަވެސް ކުށް ސާބިތު ނުވާ ކަމަށް 2017 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނިންމި އެވެ.
ސަސްޕެންޝަންގައި ނުވަ އަހަރު ބޭތިއްބުމަށް ފަހު، އެ މީހުން ވަޒީފާ އިން ވަކިކުރީ މިދިޔަ އަހަރުގެ މޭ މަހު އެވެ.
ވަޒީފާ އަނބުރާ ހޯދުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ހޯދަން އެ މީހުން ދައުވާ ކުރުމުން ޓްރައިބިއުނަލުން މިދިޔަ ހަފުތާގައި އަމުރުކުރީ އެ މީހުންނަށް އަނބުރާ ވަޒީފާ ދޭންޖެހޭ ސަބަބެއް ނެތަސް، ނުވަ އަހަރު ވަންދެން ސަސްޕެންޝަންގައި ތިބި މުއްދަތުގެ މުސާރަ ދޭންޖެހޭނެ ކަމަށެވެ.
އޭގެ ތެރެއިން އެކަކަށް ނުވަ އަހަރުގެ މުސާރައިގެ ގޮތުގައި އަށް ލައްކަ ވުރެ ގިނަ ރުފިޔާ އާއި އެ މުއްދަތުގެ ރޯދަމަހުގެ އިނާޔަތަށްވާ 25،000ރ. އާއި އަދުލުވެރި ބަދަލެއްގެ ގޮތުން އިތުރު 32،000ރ. ދޭން ޓްރައިބިއުނަލުން އެންގި އެވެ.
ދެވަނަ މީހާއަށް ފަސް ލައްކަ ރުފިޔާ އާއި ނުވަ އަހަރުގެ ރޯދަމަހުގެ އިނާޔަތަށްވާ 25،000ރ. ގެ އިތުރުން އަދުލުވެރި ބަދަލެއްގެ ގޮތުން 20،000ރ. ދޭން އެންގި އެވެ.
ތިން ވަނަ މީހާ އަށް 499،000ރ. އާއި ރޯދަމަހުގެ އިނާޔަތަށްވާ 25،000ރ. ގެ އިތުރުން އަދުލުވެރި ބަދަލެއްގެ ގޮތުން 20،000ރ. ދޭން ޖެހެ އެވެ.
ތިން މީހުންނަށް އަދުލުވެރި ބަދަލެއް ނަގައިދިނީ އެ މީހުން ވަކިކުރުމުގެ އިޖުރާއީ އަދުލުވެރިކަން ގާއިމު ކޮށްފައި ނުވާތީ އެވެ.
އެ މައްސަލާގައި ތުުހުމަތު ކުރެވުނު ހަތަރު ވަނަ މީހާ ސަސްޕެންޑް ކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާ ވެސް މިދިޔަ އަހަރު ވަޒީފާ އިން ވަކިކުރި އެވެ.
އޭނާގެ މައްސަލާގައި ޓްރައިބިއުނަލުން އެންގީ ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމު ނުކުރާތީ 17،000ރ. ގެ ބަދަލެއް ދިނުމަށެވެ.
ވަޒީފާއަށް ނުނެރެ ފަސް އަހަރު، ދެ އަހަރުގެ މުސާރަދެނީ
ނުވަ އަހަރުގެ ސަސްޕެންޝަނަށް ފައިސާ ދިނުން ހުއްޓުވައިފި
ވަކިކުރި މީހުންގެ މަގާމަށް މީހުން ނުނަގަން އަންގައިފި
ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރުކުރި މައްސަލަ ބަލަނީ
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ފިނޭންސްގެ މައްޗަށް ނެރުނު އަމުރު ބާތިލެއް ނުކުރި
ސީއެސްސީ: ގާނޫނަށް ވުރެ މަތީގައި!
ފަންނީ ވަޒީފާތަކުގެ ޕްރޮމޯޝަން ހުއްޓާލުމުން ފާޑުކިޔުން
ސިވިލް ސާވަންޓުން މަސައްކަތްކުރާ ތަން ބަދަލު ކުރެވޭނެ
ކޯހަށް ދޫކުރާ މުވައްޒަފުން ފާސް ނުވާނަމަ ވަކިކުރަނީ