ވަޒީފާ ހަމަޖެއްސުމަށް ފަހު،ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދެ މީހަކު ވަޒީފާ އަށް ނުނެރެ އަދި މުސާރަ ނުދީ ބޭތިއްބި މައްސަލައެއްގައި އެ މީހުންނަށް ދެ އަހަރުގެ މުސާރަ އާއި އިނާޔަތްތައް އެއްފަހަރާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
16 މާޗް 2023
ވަޒީފާ ހަމަޖެއްސުމަށް ފަހު،ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދެ މީހަކު ވަޒީފާ އަށް ނުނެރެ އަދި މުސާރަ ނުދީ ބޭތިއްބި މައްސަލައެއްގައި އެ މީހުންނަށް ދެ އަހަރުގެ މުސާރަ އާއި އިނާޔަތްތައް އެއްފަހަރާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
މެދު ސަރަހައްދުގެ ގައުމީ އިދާރާ އުވައިލުމާ ގުޅިގެން އެ ތަނުގެ ދެ މުވައްޒަފަކު ދ. ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ ވަޒީފާ އަށް ބަދަލުކުރީ މާޗް 2013 އިގަ އެވެ. އެކަމަކު އެ މީހުންނަށް އެތަނުގައި ވަޒީފާ އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސީ އޭގެ ފަސް އަހަރާއި ނުވަ މަސް ފަހުން ފެބްރުއަރީ 2019 އިގަ އެވެ.
އެ މުއްދަތުގައި އެ މީހުންނަށް މުސާރަ އާއި އިނާޔަތްތަކެއް ނުދެ އެވެ. އެ މީހުން އެހެން ވަޒީފާއެއް ވެސް އަދައެއް ނުކުރެ އެވެ. ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތް ދޭން އެދުނަސް، ފިނޭންސް މިނިސްޓްރީން އެންގީ ކައުންސިލްގެ ބަޖެޓަށް ފައިސާ ބަޖެޓަށް އިތުރު ނުކުރެވޭނެ ކަމަށެވެ.
އެހެންވެ، އެ މީހުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ ގެއްލުނު ފަސް އަހަރުގެ މުސާރަ އާއި އިނާޔަތްތަކަށް ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ. ނަމަވެސް ޓްރައިބިއުނަލުން ނަގައިދިނީ ދެ އަހަރުގެ މުސާރަ އާއި އިނާޔަތްތަކެވެ. އެއީ ކޮންމެ މީހަކަށް 187،000 އަށް ވުރެ ގިނަ ރުފިޔާ އެވެ.
ޓްރައިބިއުނަލުން މިދިޔަ މަހުގެ ފަހުކޮޅު ނިންމި ނިންމުމުގައި ވަނީ އެ މީހުން ވަޒީފާ އަށް ނެރުމަށްޓަކައި ސިވިލް ސާވިސް ކޮމިޝަނުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އެ މީހުންގެ ފަރާތުން ވެސް ގެއްލުން ކުޑަކުރަން ކުރި މަސައްކަތްތަކަށް ބަލައި، ފައިސާގެ އަދަދު ކުޑަކުރީ ކަމަށް ނިންމުމުގައިވެ އެވެ.
ޓްރައިބިއުނަލުން އެންގީ އެ ފައިސާ އެއް މަސް ތެރޭގައި އެ ދެ މީހުންނަށް ދިނުމަށެވެ.
މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދޭން ޓްރައިބިއުނަލުން އަމުރުކުރި އެވެ.
ނުވަ އަހަރުގެ ސަސްޕެންޝަނަށް ފައިސާ ދިނުން ހުއްޓުވައިފި
ސަސްޕެންޝަންގައި ނުވަ އަހަރު، 1.9 މިލިއަން ދެނީ
އާ އުސޫލު އަންނާތީ މުވައްޒަފުން ހޯދުން މެދުކަނޑާލަނީ
ވަކިކުރި މީހުންގެ މަގާމަށް މީހުން ނުނަގަން އަންގައިފި
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ފިނޭންސްގެ މައްޗަށް ނެރުނު އަމުރު ބާތިލެއް ނުކުރި
ސީއެސްސީ: ގާނޫނަށް ވުރެ މަތީގައި!
ފަންނީ ވަޒީފާތަކުގެ ޕްރޮމޯޝަން ހުއްޓާލުމުން ފާޑުކިޔުން
ސިވިލް ސާވަންޓުން މަސައްކަތްކުރާ ތަން ބަދަލު ކުރެވޭނެ
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ބޮޑެތި ޝަކުވާތަކެއް