ރާއްޖެ އަށް އެމެރިކާ އިން ފައިޒާ ވެކްސިންގެ އިތުރު 100،620 ޑޯޒް ވެކްސިން ހަދިޔާކޮށްފި އެވެ.
04 ޖޫން 2022
ރާއްޖެ އަށް އެމެރިކާ އިން ފައިޒާ ވެކްސިންގެ އިތުރު 100،620 ޑޯޒް ވެކްސިން ހަދިޔާކޮށްފި އެވެ.
ކޯވެކްސް ފެސިލިޓީގެ ދަށުން އެމެރިކާ އިން ލައްކައަކަށް ވުރެ ގިނަ ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރިއިރު މިއީ ކޮވިޑުގެ އާ ވޭރިއަންޓުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒް ޖެހުމަށް ދިން އެހީއެއް ކަމަށް އެމެރިކާ އިން ބުންޏެވެ.
ރާއްޖެއަށް ދިން އެ އެ އެހީއާއެކު އެމެރިކާ އިން މިހާތަނަށް ހަދިޔާކުރި ވެކްސިންގެ އަދަދު 439،920 އަށް ވަނީ އަރައިފަ އެވެ.
އެމެރިކާ އިން ރާއްޖެއަށް ހާއްސަކޮށްފައިވާ މިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ވެކްސިންތައް އަތޮޅުތެރެއަށް ފޯރުކޮށްދިނުމާއި ހެލްތު ވޯކަރުން ތަމްރީނުކުރުމުގެ އިތުރުން ވެކްސިން ޖެހުމަށް މީީހުން ބާރުވެރިކުރުވުމަށް ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން އެހީވާނެ ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަން މާޗު 2020 ގައި ރާއްޖެއަށް ފޯރުވުމާ އެކު އެމެރިކާ އިން ވަނީ ހަތް މިލިއަން ޑޮލަރުގެ އެހީގެ އިތުރުން 60 ވެންޓިލޭޓަރު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ރާއްޖެއަށް އެމެރިކާ އިން ފޯރުކޮށްދިން އެހީގެ ތެރޭގައި ކްލިނިކަލް ކެއާގެ ހިދުމަތް ވަރުގަދަކުރުމަށާއި ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާދޭނެ ނިޒާމު ހަރުދަނާކުރުމާއި ސޯޝަލް ޕްރޮޓެކްޝަން ސާވިސަސް ފުޅާކުރުމުގެ އިތުރުން އިގްތިސޯދީ އަދި މާލީ އެހީތެރިކަންދީފައިވާނެ ކަމަށް އެމެރިކާ އިން ބުނެ އެވެ.
އެ ގައުމުން ވަނީ އެކި ގައުމުތަކަށް ޖުމްލަ 1.2 ބިލިއަން ވެކްސިން ޑޯޒް ހަދިޔާކުރާނެ ކަމަށް ވައުދުވެފަ އެވެ. މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 115 ގައުމަކަށް 533 ވެކްސިން ޑޯޒް ފޯރުކޮށްދިނެވެ.
އެމެރިކާ އިން ރާއްޖެއަށް ވެކްސިން ހަދިޔާކުރިއިރު ރާއްޖެއިން ކޮވިޑްގެ ކޭސްތައް ފެންނަ ވަރު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ.
އެމެރިކާ އިން ރާއްޖެއަށް ފައިޒާ ވެކްސިން ހަދިޔާކޮށްފި
އެމެރިކާގެ ވެކްސިން ލިސްޓުގެ ކުރީގައި ރާއްޖެ
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން
ވިލާތުގައި ކޮވިޑްގެ އަދަދުތައް މަތިވަނީ
އެމެރިކާ އާއި ވިލާތުގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ
ކޮވިޑްގެ ނުރައްކާ އެންމެ ބޮޑު ލިސްޓަށް 7 ސަރަހައްދެއް
އެމެރިކާ އާއި ޔޫރަޕްގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ
ކޮވިޑް ވެކްސިނަށް އެމެރިކާ ބިލިއަނުން އިންވެސްޓް ކުރަނީ
ޝާހިދުގެ އިސްނެގުމަކަށް ވެކްސިނާ ބެހޭ ސަމިޓެއް ބާއްވަނީ
އެމެރިކާއިން އިތުރު 500 މިލިއަން ޑޯޒް ވެކްސިން ދެނީ