ވިލާތުގެ ގިނަ އަދަދެއްގެ ގައުމުތަކުގައި، 24 ގަޑިއިރުގެ ތެރޭގައި އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު، ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށް އެ ގައުމުތަކުން ބުނަން ފަށައިފި އެވެ.
ވިލާތުގެ ގިނަ އަދަދެއްގެ ގައުމުތަކުގައި، 24 ގަޑިއިރުގެ ތެރޭގައި އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު، ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށް އެ ގައުމުތަކުން ބުނަން ފަށައިފި އެވެ.
އެ ގައުމުތަކުގައި އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މައްޗަށް ދާން ފަށާފައި މިވަނީ، ދެކުނު އެފްރިކާ އިން ފެނުނު އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް، އެ ގައުމުތަކުގައި ފެތުރެން ފެށުމާ އެކުގަ އެވެ. ފަރަންސޭސި ވިލާތުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު، 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުގައި އަލަށް ކޮވިޑް ޖެހުނީ 104611 މީހުންނަށެވެ.
ނަމަވެސް އިއްޔެގެ 24 ގަޑިއިރުގެ ތެރޭގައި އެ އަދަދު ވަނީ 179807 އަށް އިތުރުވެފަ އެވެ. މިއީ ފަރަންސޭސި ވިލާތުގައި ކޮވިޑް ފެތުރެން ފެށި ފަހުން، 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް ފެތުރުނު ދުވަސްވަރު ވެސް، 24 ގަޑިއިރުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުން، ކޮވިޑަށް ޕޮޒިޓިވެއް ނުވެ އެވެ.
އިނގިރޭސި ވިލާތުގައި ވެސް، އިއްޔެގެ 24 ގަޑިއިރުގެ ތެރޭގައި، 129471 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެއީ އުތުރު އަޔަލޭންޑާއި ސްކޮޓްލޭންޑުން ކޮވިޑް ޖެހުނު މީހުންގެ އަދަދުތައް ނުހިމަނަ އެވެ. މީގެ ކުރިން އިނގިރޭސި ވިލާތުގައި، 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ، މިމަހުގެ 24 ވަނަ ދުވަހު އެވެ.
ވިލާތުގެ ގައުމުތަކުގެ ތެރެއިން ޕޯޗުގަލްއަކީ، އާބާދީގެ ނިސްބަތުން އެންމެ ގިނަ އަދަދެއްގެ ބަޔަކު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ގައުމަށް ވާއިރު ވެސް، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި، ރެކޯޑް އަދަދަކަށް، ކޮވިޑަށް މީހުން ޕޮޒިޓިވްވެފައިވެ އެވެ. ސައިޕްރަސް އާއި އިޓަލީ އާއި ގްރީސްގައި ވެސް އިއްޔެގެ 24 ގަޑިއިރުގެ ތެރޭގައި، ރެކޯޑް އަދަދެއްގެ ބަޔަކަށް ކޮވިޑް ޖެހުނު ކަމަށް އެ ގައުމުތަކުން ބުންޏެވެ.
އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރުން ހުއްޓުވުމަށް ވިލާތުގެ ގައުމުތަކުގެ ސަރުކާރުތަކުން ފިޔަވަޅުތައް ހަރުކަށިކުރަމުން އަންނަ އިރު، އެ ފިޔަވަޅުތަކާ ދެކޮޅަށް ރައްޔިތުން ކުރަމުން އަންނަ މަސައްކަތް ވެސް ވަނީ އިތުރުކޮށްފަ އެވެ. އެ ގޮތުން ބެލްޖިއަމްގެ ތިއޭޓަރުތަކާއި ސަގާފީ ހަރަކާތްތައް ބާއްވާ އެކުވެނިތައް ބަންދުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އެ ތަންތަނުން ކޯޓަށް ހުށަހެޅި މައްސަލައިގައި، އިއްޔެ ވަނީ ސަރުކާރުގެ އެންގުން ބާތިލުކޮށް އެފަދަ ތަންތަން އިއްޔެ އިން ފެށިގެން ހުޅުވަން ހުއްދަ ދީފަ އެވެ.
އަނެއްކޮޅުން އެމެރިކާގައި ވެސް އިއްޔެ އަކީ ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ. ކެލިފޯނިއާގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު އިއްޔެ ވަނީ ފަސް މިލިއަން ފަހަނައަޅައިފަ އެވެ. ޓެކްސަސްގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 4.4 މިލިއަން ފަހަނަޅައި ދިޔަ އިރު، ފްލޮރިޑާގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 3.9 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.
އެމެރިކާ އާއި ޔޫރަޕްގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން
ދެން އުފެދޭ ކޮވިޑް ވައިރަސް ފެތުރުން މާ ހަލުވި ވެދާނެ
އިންޑިއާގެ ބޮޑެތި ސަހަރުތަކުގެ ކޮވިޑް އަދަދުތައް ދަށަށް
އިޓަލީގެ ބަޔަކު ޕޮޒިޓިވްވެ، ލެބޯޓެރީގެ މައްސަލަ
ޑެލްޓާ އާއި އޮމިކްރޯން އެކުވެ ޑެލްޓާކްރޯން އުފެދިއްޖެ
ކޮވިޑްގެ ބޮޑެތި އަލާމާތްތައް ފެންނަ މިންވަރު ދަށް
އޮމިކްރޯން އާއި ޑެލްޓާއިން ކޮވިޑްގެ ސުނާމީއެއް އުފެދެނީ
އިޒްރޭލުގައި ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒެއް ޖަހަނީ
އެމެރިކާގައި އޮމިކްރޯންގެ ނިސްބަތް 73 ޕަސެންޓަށް