07 ޖޫން 2022
ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި ޕީއެސްއެމްގެ ތެރޭގައި ހިންގި ކަމަށް ތުހުމަތުކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއޯ) އިން ބަލަން އިއްޔެ ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި ޕީއެސްއެމްގެ ތެރޭގައި ހިންގި ކަމަށް ތުހުމަތުކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއޯ) އިން ބަލަން އިއްޔެ ނިންމައިފި އެވެ.
އެސްއޯއޯ ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެވެ.
އެ ކޮމެޓީގެ ބައްދަލުވުމުގައި ނިހާދު ވިދާޅުވީ، ޕީއެސްއެމް އިން 100 މިލިއަން ރުފިޔާ އަށް ހިޔާނަތްތެރިވި ކަމަށް ވާހަކަދެކެވެމުން ދަނިކޮށް، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް ވެސް އުވާލައި، އެ މަސައްކަތް އައުޓް ސޯސްކުރަން ނިންމާފައި ވާތީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ޖެހޭ ކަމަށެވެ.
"އެފަދަ ކަމެއް ހިނގަމުންދާ ނަމަ އަޅުގަނޑުމެން މޮނީޓާކުރަން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެ ހިޔާނާތުގެ ތުހުމަތާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި އެކަން ހިނގި ދުވަސްވަރެއް ވެސް ކޮމިޓީގައި އޭނާ ވިދާޅެއް ނުވެ އެވެ.
އޭނާ ހުށަހެޅުއްވީ 100 މިލިއަން ރުފިޔާގެ ހިޔާތާނުގެ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި އަދި އޮޑިޓް ޑިޕާޓްމަންޓް އުވާލި މައްސަލަ ވެސް ބެލުމަށެވެ.
ކޮމެޓީގެ ހުރިހާ މެމްބަރުން އެ ހުށަހެޅުމަށް ތާއީދުކުރެއްވިއިރު، އެ މައްސަލައާ ގުޅޭ ލިޔުންތައް ހޯދުމަށް ޕީއެސްއެމް އަށް ސިޓީ ފޮނުވަން ވެސް ނިންމި އެވެ.
މިދިޔަ ހުކުރު ދުވަހު ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުގެ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހޭތީ އައުޓްސޯސްކޮށްގެން ކުންފުނީގެ އޮޑިޓް ހަދަން ނިންމާފައިވާ ކަމަށެވެ. ހިޔާނާތުގެ މައްސަލައެއް ފެންމަތިވިއިރު، މުސާރައިގެ މައްސަލައިގައި ވެސް ޕީއެސްއެމްގެ ބައެއް މުވައްޒަފުން އެ ކުންފުންޏާ ދެކޮޅަށް ވަނީ ތެދުވެފަ އެވެ.
ޕީއެސްއެމްގެ ހިޔާނާތުގައި 2 ސަރުކާރުގެ ވެސް އޮޅުވާލުން
ބޮޑު ހިޔާނާތަކާ ގުޅިގެން ޕީއެސްއެމް ބޯޑު ކޮމިޓީއަށް!
ނައްތާލީ ކުރީގެ މެނޭޖްމެންޓާ ގުޅޭ ލިއުންތަކެއް: އޭސީސީ
ޕީއެސްއެމުން އޭސީސީ އަށް ވަރުގަދަ ރައްދެއް!
ބިގަށް ފައިސާ ދިން މައްސަލަ އަލުން ބަލަން އެދެފި
އޭސީސީ ނުހިނގާ، ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ: ނާޒިމް
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
ފީއެސްއެމް ފައިނޭންސް ހެޑާއި ދަރިއަށް މިލިއަނުން ފައިސާ
ޕީއެސްއެމުން އުސޫލާ ހިލާފަށް 22 މިލިއަން ދޫކުރި
ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރަން ލަފާ ދެނީ