Roadha Mihaaru
ޔޫއެސްބީ-ސީ ޗާޖަރު މަޖުބޫރުކުރަން އީޔޫ އިން ނިންމައިފި

ޔޫއެސްބީ-ސީ ޗާޖަރު މަޖުބޫރުކުރަން އީޔޫ އިން ނިންމައިފި

09 ޖޫން 2022

ވިލާތުގައި ވިއްކާ ހުރިހާ ސްމާޓްފޯނާއި ޓެބްލެޓްތަކުގައި ޔޫއެސްބީ-ސީ ޗާޖަރު ބޭނުންކުރަން މަޖުބޫރުވާ ގޮތަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ނިންމައިފި އެވެ.

ވިލާތުގައި ވިއްކާ ހުރިހާ ސްމާޓްފޯނާއި ޓެބްލެޓްތަކުގައި ޔޫއެސްބީ-ސީ ޗާޖަރު ބޭނުންކުރަން މަޖުބޫރުވާ ގޮތަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ނިންމައިފި އެވެ.

ބީބީސީން ރިޕޯޓްކުރި ގޮތުގައި، އީޔޫގެ އެ ނިންމުމަށް އަމަލުކުރަން ފަށާނީ ސަމާ ހޮލިޑޭސް އަށް ފަހު، ޔޫރަޕިއަން ޕާލިމެންޓާއި ކައުންސިލް އޮފް މިނިސްޓާސް އަށް ހުށަހަޅާއި، ރަސްމީކޮށް އެކަން ތަންފީޒުކުރަން ނިންމީމަ ކަމަށެވެ. އީޔޫގެ ނިންމުމުގައިވާ ގޮތުގައި 2024ގެ ފަހުކޮޅުން ފެށިގެން ޔޫއެސްބީ-ސީ ޗާޖަރު ބޭނުންކުރަން މަޖުބޫރުވާނެ އެވެ.

އިޔޫއިން ބުނި ގޮތުގައި ހުރިހާ ސްމާޓްފޯނެއްގައި އެއް ވައްތަރެއްގެ ކޭބަލްއެއް ބޭނުންކުރަން ނިންމީ އިލެކްޓްރޯނިކް ވޭސްޓް މަދުކުރުމުގެ އިތުރުން އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ. ޔޫއެސްބީ-ސީ ބޭނުންކުރަން މަޖުބޫރުވާ ޑިވައިސްތަކަކީ؛

- ސްމާޓްފޯން / މޯބައިލް ފޯން

- ޓެބްލެޓް

- ހެޑްފޯނާއި ހެޑްސެޓް

- ވީޑިއޯ ގޭމް ކޮންސޯލް

- ޕޯޓެބަލް ސްޕީކާސް

ލެޕްޓޮޕްތަކަށް ވެސް ޔޫއެސްބީ-ސީ ޗާޖަރު ބޭނުންކުރަން މަޖުބޫރުކުރި ނަމަވެސް، އުސޫލަށް އަމަލުކުރަން ފަށާ ފަހުން އެ ޑިވައިސްތަކަށް، އެ ބަދަލު ގެންނަން ތިން އަހަރުގެ މުއްދަތެއް ދޭން ނިންމާފައިވެ އެވެ.

އެ އުސޫލަށް ފައްތަން ޖެހެނީ ދެން އަލަށް އުފައްދާ ޑިވައިސްތަކަށެވެ. މިހާރު ބޭނުންކުރަމުން އަންނަ ޑިވައިސްތައް އަދިވެސް ހުރި ގޮތަށް ބޭނުންކުރެވޭނެ އެވެ.

އެންޑްރޮއިޑްގެ ގިނަ ފޯނުތަކުގައި މިހާރު ޔޫއެސްބީ-ސީ ޗާޖަރު ބޭނުންކުރަމުން އަޔަސް، އެޕަލްގެ ފޯނުތަކުގައި އަދިވެސް ބޭނުންކުރަނީ ލައިޓްނިން ކޭބަލް އެވެ. އެޕަލްގެ ބައެއް އުފެއްދުންތައް ކަމަށްވާ މެކްބުކް އާއި އައިޕެޑްގައި ޔޫއެސްބީ-ސީ ބޭނުންކުރެ އެވެ.

އީޔޫގެ އެ ނިންމުމާ ސީދާ ދެކޮޅު ނެހެދި ނަމަވެސް، އެޕަލް އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އެކަމުން އިނޮވޭޝަން އަށް ހުރަސް އެޅޭނެ އެވެ.

އީޔޫ އިން މިހާރު ވަކިވެފައިވާ އިނގިރޭސިވިލާތުގެ ސަރުކާރުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ގައުމުތަކުން އެ އުސޫލަށް އަމަލުނުކުރާނެ އެވެ.