ސްމާޓް ޑިވައިސްތައް އުފައްދާ ކުންފުނިތަކުން އަމަލުކުރުން ލާޒިމް ގަވައިދެއް، ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރަން އެބަ މަސައްކަތްކުރެ އެވެ. އެއީ ޗާޖިން ޕޯޓް އެއްގޮތްކުރުމެވެ. ޑިވައިސްތައް ޗާޖްކުރަން ބޭނުންކުރާ ކޭބަލް އެއްގޮތްކުރުމެވެ.
17 ޖެނުއަރީ 2020
ސްމާޓް ޑިވައިސްތައް އުފައްދާ ކުންފުނިތަކުން އަމަލުކުރުން ލާޒިމް ގަވައިދެއް، ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރަން އެބަ މަސައްކަތްކުރެ އެވެ. އެއީ ޗާޖިން ޕޯޓް އެއްގޮތްކުރުމެވެ. ޑިވައިސްތައް ޗާޖްކުރަން ބޭނުންކުރާ ކޭބަލް އެއްގޮތްކުރުމެވެ.
ޗާޖިން ކޭބަލް އެއްގޮތްކުރަން ޔޫރަޕުން ވަރަށް ބޭނުންވެ އެވެ. މި އަމާޒަށް ވާސިލުވުމަށް މީގެ ކުރިން ވެސް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް، ބޮޑަށް ބަލާފައި ވަނީ ކުންފުނިތަކުން އަމިއްލަ އިޚުތިޔާރުގައި މިކަންކުރޭތޯ އެވެ.
މަސްރަހުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ޗާޖިން ކޭބަލް އެއްގޮތްކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެޕަލް އެވެ. އައިފޯން ޗާޖްކުރަން ބޭނުންކުރާ ލައިޓްނިން ކޭބަލް ދޫކޮށްލަން އެ މީހުން ބޭނުމެއް ނުވެ އެވެ.
އެޕަލް އިން ލައިޓްނިން ކޭބަލް ދޫކޮށްލައި، އެންމެންނަށް ރުހެވޭ ކޭބަލަކަށް ރުޖޫއަވާން އެދުމުން ބުނީ އެކަން ކުރަން ނުފެންނަ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ، ކޭބަލް ތަފާތުވުމަކީ އުފެއްދުންތެރިކަމުގެ ބައެއް ކަމަށެވެ. އެންމެން އެއް ކޭބަލެއް ބޭނުންކުރާ ނަމަ ވާދަވެރިކަން ގެއްލޭނެ ކަމަށެވެ. އަދި ކޭބަލް ޓެކްނޮލޮޖީ ހަރުދަނާކުރަން މަސައްކަތްނުކުރެވޭނެ ކަމަށެވެ.
ޔޫރަޕުން މިހާރު ބުނަނީ، ޑިވައިސްތަކުގައި ތަފާތު ކޭބަލް ބޭނުންކުރަން ޖެހޭތީ "އިލެކްޓްރޯނިކް ކުނި" ގިނަވާ ކަމަށެވެ. ކޮންމެ މީހަކު ދެތިން ހަތަރު ޑިވައިސް ބޭނުންކުރާއިރު، އެއިން ކޮންމެ ޑިވައިސްއަކަށް ތަފާތު ވަކި ކޭބަލެއް ބޭނުންކުރަން ޖެހުމަކީ އިސްރާފެއް ކަމަށެވެ.
އެޕަލްގެ ލައިޓްނިން ކޭބަލަކީ ބޮޑު ފިޔަފާރިއެކެވެ. ލައިޓްނިން ކޭބަލް އުފައްދަން ބޭނުންވާ ކުންފުނިތަކަށް ލައިސަންސް ވިއްކައިގެން ވެސް އެޕަލް އަށް މިލިއަނުން ފައިދާވެ އެވެ. މި ކޭބަލް ދޫކޮށްލަން އެޕަލް ބޭނުންނުވާ ސަބަބަކީ މި އެވެ.
ޔޫރަޕްގެ ޕާލަމެންޓްގައި މި މައުލޫ އަށް މިހާރު މަޝްވަރާކުރަމުން އަންނައިރު، މިއީ މެންބަރުން ރުހޭ ކަމަކަށް ވެއްޖެ ނަމަ، އެޕަލް ރުހުނަސް ނުވަތަ ނުރުހުނަސް މި ގަވާއިދަށް އަމަލުކުރަން މަޖުބޫރުވާނެ އެވެ. އަދި ލައިޓްނިން ކޭބަލް ބޭނުންކުރަންޖެހޭ އެއްވެސް ޑިވައިސްއެއް ޔޫރަޕްގެ ގައުމުތަކުގައި ނުވިއްކޭނެ އެވެ.
ޔޫއެސްބީ-ސީ ޗާޖަރު މަޖުބޫރުކުރަން އީޔޫ އިން ނިންމައިފި
ޔޫއެސްބީ-ސީ ޕޯޓް ހިމެނަން ބުނާތީ އެޕަލް ނުރުހިއްޖެ
ފަސޭހައިން ބެޓެރި ބަދަލުކުރެވޭގޮތަށް ފޯނު ހެދޭތޯ ބަލަނީ
ބްރެޒިލްގައި ވެސް ޔޫއެސްބީ-ސީ ޗާޖަރު މަޖުބޫރުކުރަނީ
ހަތް އަހަރުފަހުން ކްރިސް އިވަންސް އާ އައިފޯނެއް ގަނެފި
އައިފޯންތަކުގައި ޔޫއެސްބީ-ސީ ބޭނުންކުރަން ޓެސްޓްކުރަނީ
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
ފޯން ވިޔަފާރީގެ ރަސްކަން އަލުން އެޕަލް އަށް
ފުރަތަމަ އައިފޯނު ހަނދާން އެބަހުރިތަ؟
އެޕަލްގެ ފަތްޖެހޭ ފޯނު ޓެސްޓްކުރަނީ