Roadha Mihaaru
ޑިވައިސްތަކަށް ޔޫއެސްބީ-ސީ ޕޯޓް މަޖުބޫރުކުރަނީ

ޑިވައިސްތަކަށް ޔޫއެސްބީ-ސީ ޕޯޓް މަޖުބޫރުކުރަނީ

24 ސެޕްޓެމްބަރ 2021

ސްމާޓްފޯނު އުފައްދާ ކުންފުނިތަކުން މިހާރު ޗާޖަރު ނުހިމެނޭ ގޮތަށް ފޯނު އުފައްދާތީ ޑިވައިސްތަކުގައި ޔޫއެސްބީ-ސީ ޕޯޓް ހިމެނުމަކީ ވެސް މިހާރު މާ މުހިއްމުކަން ކަމެއް ނޫނެވެ. އެކަމަކު ވަޔަލެސް ޑިވައިސްތައް ނެރެގެން ކުންފުނިތަކަށް އަމާޒުވާ ޕްރެޝަރުތަކާއި ފާޑުކިޔުންތައް ވެސް ބޮޑެވެ. އޭގެ އެއް ހެއްކަކަށް އައިފޯން 12 އާ އެކު އެޕަލް އަށް ދިމާވި ބައެއް މައްސަލަތައް ފުދޭނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯނު އުފައްދާ ކުންފުނިތަކުން މިހާރު ޗާޖަރު ނުހިމެނޭ ގޮތަށް ފޯނު އުފައްދާތީ ޑިވައިސްތަކުގައި ޔޫއެސްބީ-ސީ ޕޯޓް ހިމެނުމަކީ ވެސް މިހާރު މާ މުހިއްމުކަން ކަމެއް ނޫނެވެ. އެކަމަކު ވަޔަލެސް ޑިވައިސްތައް ނެރެގެން ކުންފުނިތަކަށް އަމާޒުވާ ޕްރެޝަރުތަކާއި ފާޑުކިޔުންތައް ވެސް ބޮޑެވެ. އޭގެ އެއް ހެއްކަކަށް އައިފޯން 12 އާ އެކު އެޕަލް އަށް ދިމާވި ބައެއް މައްސަލަތައް ފުދޭނެ އެވެ.

ހަގީގަތުގައި ވެސް ފޯނު ފަދަ އިލެކްޓްރޯނިކް ޑިވައިސްތަކުގައި ޔޫއެސްބީ-ސީ ޕޯޓް ނުހިމެނަކީ ވަރަށް ގިނަ ބަޔަކަށް މައްސަލައެކެކެވެ. އަދި ކުރިއަރަމުން އަންނަ އެ ދާއިރާގެ ތެރެއިން މިކަމަށް ހައްލެއް އަންނަން ޖެހޭ ކަމަށް ގިނަ ބަޔަލު ގަބޫލުކުރެ އެވެ.

މިކަމާ ގުޅިގެން ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން މިހާރު މި ވަނީ ބޮޑު ނިންމުމެއް ނިންމައިފަ އެވެ. އެ ކޮމިޝަންގެ ނުފޫޒު ގަދަ ބައެއްގެ ގޮތުގައި ފާހަގަކުރެވޭ ޔޫރަޕިއަން ކޮމިޝަނުން މިހާރު ކުންފުނިތަކަށް ހުށަހަޅާ ހުށަހެޅުމަކީ ފޯނާއި އެފަދަ އިލެކްޓްރިކް ޑިވައިސްތަކުގައި ޔޫއެސްބީ-ސީ ޗާޖިން ޕޯޓް ހިމަނައި ހުރިހާ ޑިވައިސްތަކަކަށް ބޭނުންކުރެވޭ އެއް ޗާޖަރެއް އުފެއްދުމެވެ. މިކަމާ ގުޅޭ ގޮތުން އެތަނުން ޓްވީޓް ވެސްކޮށްފައިވެ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ކުންފުނިތަކުން ޑިވައިސްތައް އުފައްދާ އިރު އޭގައި ކޮންމެހެން ވެސް ޔޫއެސްބީ-ސީ ޕޯޓް ހިމަނަން ވާނެ އެވެ. ޔޫރަޕިއަން ކޮމިޝަނުން ބޭނުން ބޭނުން ވަނީ އެއީ ކުންފުނިތަކުން ކުރަން ލާޒިމުކަމެއްގެ ގޮތުގައި ހަދާށެވެ. އެހެންވެ އެ ހުށަހެޅުމަށް ވަރަށް ބޮޑަށް ވަކާލާތުކުރާނެ ކަމަށް ބުންޏެވެ.

ނަމަވެސް މިކަމާ ދެކޮޅަށް ވާހަކަ ދައްކާ ބައެއް ކުންފުނިތަކުން މި ފަހަކަށް އައިސް ދައްކާ އެއް ސަބަބަކީ ޔޫއެސްބީ-ސީ ޕޯޓް "އުވާލައި" ވަޔަލެސް ޗާޖިންއާ ދިއުމުން އީ-ވޭސްޓް ނުވަތަ އިލެކްޓްރޯނިކް ކުނިބުނި މަދުކުރެވުމެވެ. އަދި ޑިވައިސްތައް ޝިޕްކުރަން ކުރާ ހަރަދު ވެސް ކުޑަވުމެވެ.

ކޮމިޝަނަރު ތިއެރީ ބްރެޓަން ވިދާޅުވި ގޮތުގައި ޗާޖަރަކީ ކޮންމެ ޑިވައިސްކަށް ވެސް ބޭނުންވާ އެއްޗަކަށް ވާތީ ކޮންމެ ޑިވައިސްއެއްގައި ޔޫއެސްބީ-ސީ ޕޯޓެއް ހިމެނުމަކީ ޔޫރަޕްގެ ގައުމުތަކުގެ ކަސްޓަމަރުންނަށް ދޭންޖެހޭ ހައްގެކެވެ.

"އަހަރެމެންގެ ހުށަހެޅުމަކީ ހުރިހާ ޑިވައިސްތަކަށް ބޭނުންކުރެވޭނެ އެއް ޗާޖަރެއް އޮތުމަށް. މިއީ އީ-ވޭސްޓް މަދުކުރެވޭނެ ކަމެއް،" ތިއެރީ ވިދާޅުވި އެވެ.

ޔޫރަ؛ޕިއަން ކޮމިޝަންގެ އެކްޒެކެޓިވް ވައިސް ޕްރެޒިޑެންޓް މާގްރީތީ ވެޒްޓާޖާ ވިދާޅުވި ގޮތުގައި މިކަމަކީ ހައްލެއް ހޯދައިދޭން ކުންފުނިތަކުގައި އެދޭތާ ވެސް ވަރަށް ގިނަ ދުވަސްވީ މައްސަލައެކެވެ.

"އެހެންވެ މި ފަހަރު މިއީ މިކަން ގާނޫނީ ގޮތުން ވެސް ކޮޅެއްގައި ވެސް ޖައްސާނެ ފަހަރެއް،" އޭނާ ވިދާޅުވި އެވެ.