Roadha Mihaaru
ޗޮކްލެޓްގެ ވިޔަފާރިން ރަޝިއާ އަށް ބޮޑު ކުރިއެރުމެއް

ޗޮކްލެޓް އެކްސްޕޯޓްކޮށްގެން ރަޝިއާ އަށް ބޮޑު ކުރިއެރުމެއް

10 ޑިސެމްބަރ 2021

ރަޝިއާއާ ބެހޭ ގޮތުން ގިނަ ފަހަރަށް މީޑިއާރަކުން ފެންނާނީ ކޮންމެވެސް ނެގަޓިވް ވާހަކައެކެވެ. އެކަމަކު އެކަން އެއްފަރާތަށް ޖައްސާލައި މި ފަހަރު އެ ގައުމާ ބެހޭ ގޮތުން ތަންކޮޅެއް ލުއި، އުފާވެރި ވާހަކައެއް ދައްކަމާ ހިނގާށެވެ. އަމުދުން އަދި އެއީ އެންމެންނަށް ވެސް ކަމުދާ ޗޮކްލެޓާ ގުޅުވައިގެންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަޝިއާއާ ބެހޭ ގޮތުން ގިނަ ފަހަރަށް މީޑިއާރަކުން ފެންނާނީ ކޮންމެވެސް ނެގަޓިވް ވާހަކައެކެވެ. އެކަމަކު އެކަން އެއްފަރާތަށް ޖައްސާލައި މި ފަހަރު އެ ގައުމާ ބެހޭ ގޮތުން ތަންކޮޅެއް ލުއި، އުފާވެރި ވާހަކައެއް ދައްކަމާ ހިނގާށެވެ. އަމުދުން އަދި އެއީ އެންމެންނަށް ވެސް ކަމުދާ ޗޮކްލެޓާ ގުޅުވައިގެންނެވެ.

ރަޝިއާ މިހާރު އޮތީ ޗޮކްލެޓް ވިޔަފާރީގެ ވަރަށް ކުރީގެ އެވެ. އެ ގައުމު މިހާރު އޮތީ ޗޮކްލެޓް އެކްސްޕޯޓްގައި އެންމެ ނަގާކިޔާ އެއް ގައުމު ކަމަށްވާ ސްވިޓްޒަލެންޑް ވެސް ފަހަތަށް ސޮއްސުވާލައި ޗޮކްލެޓް އެކްސްޕޯޓްކުރާ 10 ގައުމުގެ ތެރޭގަ އެވެ. އަދި މިއީ އެެ ލިސްޓްގައި އެ ގައުމު ހިމެނުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

ރަޝިއަން އެސޯސިއޭޝަން އޮފް ކޮންފެކްޝަނަރީ ޕްރޮޑިއުސާސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރަޝިއާ މިހާރު ވަނީ ޗޮކްލެޓް އުފެއްދުމާއި އޭގެ އެކްސްޕޯޓް ވަރަށް ބޮޑަށް ކުރިއަށް ޖައްސާލައިފަ އެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އައި އިރު، ދުނިޔޭގެ ގައުމުތަކަށް ޗޮކްލެޓް އެންމެ ގިނައިން އެކްސްޕޯޓްކުރީ އެ ގައުމު ކަމަށާއި ފައިސާ އިން ބަލާ ނަމަ ޗޮކްލެޓް އެކްސްޕޯޓްގެ އަގު 839 މިލިއަން ޑޮލަރަށް އަރާ ކަމަށް އައިޓީސީ ޓްރޭޑްމެޕާއި ޔޫއެން ކޮމްޓްރޭޑުން ބުންޏެވެ.

ސްވިޓްޒަލޭންޑްގެ ޗޮކްލެޓް އެކްސްޕޯޓްގެ އަގު ސެޕްޓެމްބަރާ ހަމައަށް އުޅެނީ 819 މިލިއަން ޑޮލަރުގަ އެވެ.

ރަޝިއާގެ ޗޮކްލެޓް އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމުތަކަކީ ޗައިނާ، ބެލާރުސް، އަރްމީނިއާ، ކަޒަކަސްތާން އަދި ކިރްގިސްތާނެވެ.

ރަޝިއާގެ ޗޮކްލެޓް ވިޔަފާރި އަށް އައި ކުރިއެރުމަށް ބަލާ އިރު، އަހަރު ނިމޭ އިރު އެކްސްޕޯޓަށް 19 ޕަސެންޓްގެ ކުރިއެރުމެއް އަންނާނެ އެވެ. އެގޮތުން މި އަހަރު އެ ގައުމުން އެކްސްޕޯޓްކުރި ޗޮކްލެޓްގެ މިންވަރު 824.5 ޓަނަށް އަރައި، ޖުމްލަ އާމްދަނީ 1.68 ބިލިއަނަށް އަރާނެ އެވެ.

ރަޝިއާ އިން އުފައްދާ ފޮނި ކާ އެއްޗެހީގެ އެކްސްޕޯޓަށް ބަލާ އިރު 51.5 ޕަސެންޓް ހިއްސާކުރަނީ ޗޮކްލެޓެވެ.

ޗޮކްލެޓްގެ ވިޔަފާރީން ރަޝިއާ ކުރިއެރުން ހޯދަމުން އަންނަ އިރު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދާދި ފަހުން ބުނެފައިވާ ގޮތުގައި ބިދޭސީ ކުންފުނިތަކުން އެ މީހުންގެ ގައުމުތަކުގައި ވިއްކާ ޗޮކްލެޓްތަކަށް ވުރެ ރަޝިއާގެ މާކެޓަށް ނެރޭ ޗޮކްލެޓްތަކުގެ ފެންވަރު ދަށެވެ.

ޗޮކްލެޓް އެކްސްޕޯޓްގައި އެންމެ ނަގާ ކިޔާ ގައުމުތަކުގެ ތެރޭގައި ހިމެނެމީ ޖަރުމަނާއި ބެލްޖިއަމާއި އިޓަލީ އާއި ޕޮލެންޑާއި ނެދަލެންޑްސް އާއި ކެނެޑާ އާއި އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސިވިލާތެވެ.