Roadha Mihaaru
ނެސްލޭގެ ބްރޭންޑްތަކެއް 2.8 ބިލިޔަނަށް ވިއްކާލަނީ

ނެސްލޭގެ ބައެއް ބްރޭންޑްތައް 2.8 ބިލިޔަން ޑޮލަރަށް ފެރާރޯ އަށް ވިއްކާލަނީ

17 ޖެނުއަރީ 2018

ނެސްލޭ ކުންފުނިން އެމެރިކާގައި ވިއްކާ ބައެއް ބްރޭންޑްތައް 2.8 ބިލިޔަން ޑޮލަރަށް އިޓަލީގެ ޗޮކްލެޓް ކުންފުނި ފެރާރޯ އަށް ވިއްކާލަން ތައްޔާރުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ނެސްލޭ ކުންފުނިން އެމެރިކާގައި ވިއްކާ ބައެއް ބްރޭންޑްތައް 2.8 ބިލިޔަން ޑޮލަރަށް އިޓަލީގެ ޗޮކްލެޓް ކުންފުނި ފެރާރޯ އަށް ވިއްކާލަން ތައްޔާރުވެއްޖެ އެވެ.

ސްވިޓްޒަލޭންޑްގެ ނެސްލޭ ކުންފުނިން ބުނީ ފެރާރޯ އަށް ވިއްކާލަން ނިންމާފައިވާ ބްރޭންޑްތަކަކީ ކްރަންޗް، ނާޑްސް، ރަންޓްސް އަދި ބަޓާފިންގާ ކަމަށެވެ. އަދި އެ ބްރޭންޑްތައް ފެރާރޯ އަށް ވިއްކާލުމުގެ ހުރިހާ މަސައްކަތްތަކެއް މާޗް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް ނެސްލޭ އިން ވަނީ ބުނެފަ އެވެ.

ނަޓެއްލާ ސްޕްރެޑް އަދި ޓިކް ޓެކް ފަދަ ބްރޭންޑްތައް ވިއްކާ ފެރާރޯ އިން ބުނީ، އެ ކުންފުނީގެ ދަށަށް ނެސްލޭގެ ބްރޭންޑްތައް އައުމުން މިހާރަށް ވުރެ ގިނައިން އަދި ފެންވަރު ރަނގަޅުކޮށް މާކެޓަށް ނެރޭނެ ކަމަށެވެ.

ނެސްލޭ އިން ވަނީ ކިޓްކެޓް ބްރޭންޑް ވިއްކާނުލާނެ ކަމަށް ބުނެފަ.

ނެސްލޭ އިން ވަނީ ކިޓްކެޓް ބްރޭންޑް ވިއްކާނުލާނެ ކަމަށް ބުނެފަ.

ނެސްލޭ އިން އެ ކުންފުނީގެ ގިނަ ބްރޭންޑްތަކެއް އެއްފަހަރާ ވިއްކާލާ އިރު، އެ ކުންފުނިން ވަނީ ތަރުކާރީގެ ބާވަތްތަކުން އުފައްދާ ކާނާ ޕްރޮޑަކްޓްތަކާއި ލަގްޒަރީ ކޮފީގެ އިތުރުން ވިޓަމިން ހިމެނޭ ޕްރޮޑަކްޓްތަކެއް ގަނެފަ އެވެ.

ސިއްހަތައް ފައިދާހުރި ކާނާއާ ދިމާލަށް ނެސްލޭ މިސްރާބު ޖަހާފައި ވިޔަސް، އެ ކުންފުނީގެ ކާމިޔާބު ޗޮކްލެޓް ބްރޭންޑް ކިޓްކެޓް ދޫނުކޮށްލާނެ ކަމަށް ވަނީ ބުނެފަ އެވެ.