އިންޑިއާގައި މުސްލިމުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިޓިޒެންޝިޕް ގާނޫނަށް އިސްލާހު ގެނައުމާ ދެކޮޅަށް އުއްތަރް ޕްރަދޭޝްގައި އަޑު އުފުލާ، ވެލްފެއާ ޕާޓީ އޮފް އިންޑިއާގެ މެންބަރު ޖާވިދު މުހައްމަދާއި އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު އޭނާގެ ދަރިފުޅު އަފްރީން ފާތިމާގެ ގެ އިއްޔެ ބިމާ ހަމަކޮށްލައިފި އެވެ.
13 ޖޫން 2022
އިންޑިއާގައި މުސްލިމުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިޓިޒެންޝިޕް ގާނޫނަށް އިސްލާހު ގެނައުމާ ދެކޮޅަށް އުއްތަރް ޕްރަދޭޝްގައި އަޑު އުފުލާ، ވެލްފެއާ ޕާޓީ އޮފް އިންޑިއާގެ މެންބަރު ޖާވިދު މުހައްމަދާއި އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު އޭނާގެ ދަރިފުޅު އަފްރީން ފާތިމާގެ ގެ އިއްޔެ ބިމާ ހަމަކޮށްލައިފި އެވެ.
ޕްރަޔަގްރާޖް ޑިވެލޮޕްމަންޓް އޮތޯރިޓީ (ޕީޑީއޭ) ގެ އޮފިޝަލުން ފުލުހުންނާ އެކު ގޮސް، ބުލްޑޯޒަރުތަކުން ގެ ބިމާ ހަމަކޮށްލީ ގާނޫނާ ހިލާފަށް، ހުއްދަ ނުހޯދާ ގެ އިމާރާތްކޮށްފައި ހުރި ކަމަށް ބުނެފަ އެވެ. އެކަމަކު މި ގެ އާއި މުސްލިމުން އެހެން އެތައް ބައެއްގެ ގެ ތަޅާލާފައި ވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ބަޔަކު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި މުޒާހަރާކުރި ފަހުންނެވެ.
ވިޔަފާރިވެރިއެެއް ކަމަށްވާ ޖާވިދު، 54، ހައްޔަރުކޮށްފައި ވާއިރު ފުލުހުން ބުނެފައި ވަނީ އޭނާ އަކީ މިދިޔަ ހުކުރު ދުވަހު މުޒާހަރާކޮށް ވެހިކަލްތަކުގައި ހުޅުޖެހުން ރޭވި އިސް މީހާ ކަމަށެވެ. ފުލުހުން ބުނީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި އެކަމާ ދެކޮޅަށް އުއްތަރް ޕްރަދޭޝްގައި ކުރި މުޒާހަރާ ރޭވީ ޖާވިދު ކަމަށެވެ. އޭނާ ވަކި ތަނަކަށް މީހުން އެއްކުރީ ވަޓްސްއެޕުން މީހުންނަށް މެސެޖުކޮށްގެން ކަމަށާއި އެކަން އެނގުނީ މައްސަލާގައި ހައްޔަރުކުރި މީހުންގެ ފަރާތުން ކަމަށް ވެސް ބުންޏެވެ.
އިންޑިއާ ސަރުކާތާ ދެކޮޅު ޖާވިދު އަހުމަދުގެ ގެ ބުލްޑޯޒަރުން ތަޅައި ބިމާ ހަމަކޮށްލަނީ. -- ފޮޓޯ: ޕީޓީއައި
ޖާވިދާ ދެކޮޅަށް މި ތުހުމަތުތައް ކުރާއިރު އޭނާގެ ދަރިފުޅު އަފްރީން އަކީ ދިއްލީގެ ޖަވާހަރްލާލް ނެހްރޫ ޔުނިވަސިޓީގެ ދަރިވަރެކެވެ. އަދި އޭނާ އަކީ އަލީގަރް މުސްލިމުން ޔުނިވަސިޓީގެ ކުރީގެ ސްޓޫޑެންޓް ޔުނިއަންގެ ރައީސް އެވެ.
ގެ ތަޅާލި މައްސަލާގައި އުއްތަރް ޕްރަދޭޝްގެ އޮފިޝަލުން ވިދާޅުވެފައި ވަނީ މިއީ މުޒާހަރާ އާއި ހަމަނުޖެހުން ހިންގުމާ ގުޅިގެން ކުރި ކަމެއް ނޫން ކަމަށެވެ. ފުލުހުން ވެސް ބުނީ ގެ ތަޅާލި ތަނަށް ފުލުހުން ގޮސް ތިބީ ޕީޑީއޭ އިން އެދިގެން ކަމަށެވެ. އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ގޭގެ އެއްބައި ހަދާފައިވަނީ ހުއްދަ ނުހޯދަ އެވެ. އެހެންވެ ތަން ހުސްކުރަން މެއި މަހު އަންގައި އެކަމަށް ޖަވާބުދާރީވާން ވެސް ޖާވިދަށް ފުރުސަތު ދިން ކަމަށް ބުންޏެވެ. ގެ ތަޅާލީ ހަމަނުޖެހުން ހިންގައިގެން ނޫން ކަމަށާއި މިކަން ކުރީ މާކުރިން ނޯޓިސް ދީގެން ކަމަށް ބުންޏަސް ޖާވިދުގެ ވަކީލުން ވިދާޅުވީ ނޯޓިސް އައީ ޖާވިދަށް ކަމަށާއި އެކަމަކު އެއީ ޖާވިދުގެ އަނބިމީހާގެ ގެއެއް ކަމަށެވެ.
The arbitrary police action against Afreen Fatima’s family is violation of civil rights.
— Waris Pathan (@warispathan) June 12, 2022
UP government taking law in its own hands is Condemnable. Nupur Sharma isn't being arrested but poor people are paying price for raising voice#StandWithAfreenFatima #MuslimLivesMatter pic.twitter.com/GmuaKCZCCb
ގެ ތަޅާލީ ނޯޓިސް ކުރިން ދީފައި ކަމަށް ބުންޏަސް އެކަން ކުރީ އެކަށީގެންވާ ވަގުތު ނުދީ އަދި ބާތިލް ނޯޓިހެއް ދީފައި ކަމަށް ވަކީލުން ވިދާޅުވި އެވެ. އެހެންވެ ގޭގެ ބަދަލު ހޯދައި އަލުން ގެއެއް އަޅައިދޭން ޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މުސްލިމެއްގެ ގެ ތަޅާލި މައްސަލާގައި ސަރަހައްދީ ސަރުކާރުން ދިފާއުގައި ވާހަކަ ދެއްކިޔަސް މިގޮތަށް މުސްލިމުންގެ އެތައް ގެއެއް ތަޅާލައި ހާލުގައި ޖައްސާފައިވެ އެވެ. ގެ ތަޅާލުމާ އެކު ސޯޝަލް މީޑިއާގައި އަންނަނީ އަފްރީނަށް ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ.
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
ތާޖް މަހަލްގެ ކޮޓަރިތައް ހުޅުވަން ހުއްދަ ނުދިން
މައްސަލަ ބޮޑު ގާނޫނު ދިފާއުކުރަން ބީޖޭޕީ ނުކުންނަނީ
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
އިންޑިއާގެ ސިޓީއެއްގެ މުސްލިމް ނަން ބީޖޭޕީން ބަދަލުކޮށްފި
މުސްލިމުންނާ ދެކޮޅު ވާހަކަތައް އިންޑިއާގައި އިތުރުވެއްޖެ
މިސްކިތެއް "ސާވޭކުރަން" އުޅުމުން އިންޑިއާގައި ދެ މަރު
އަދަބަކަށް ގެދޮރު ހަލާކު ނުކުރަން އިންޑިއާގައި އަމުރެއް
ހަރުކަށި ހިންދޫންނާ ގުޅުން އިންޑިއާގައި ހުއްދަކޮށްފި