Roadha Mihaaru
ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ތަމްރީނު ދެނީ

ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ތަމްރީނު ދެނީ

13 ޖޫން 2022

އައްޑޫ ހިތަދޫގެ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް "ލީޑާޝިޕް އެންޑް ޗޭންޖް މެނޭޖްމެންޓް" ގެ ނަމުގައި ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އައްޑޫ ހިތަދޫގެ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް "ލީޑާޝިޕް އެންޑް ޗޭންޖް މެނޭޖްމެންޓް" ގެ ނަމުގައި ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

ޓްރެއިނަރު ޕޯޓުގެ މުވައްޒަފުންނަށް ތަމްރީނު ދެނީ. ފޮޓޯ: އެމްޕީއެލް

ޓްރެއިނަރު ޕޯޓުގެ މުވައްޒަފުންނަށް ތަމްރީނު ދެނީ. ފޮޓޯ: އެމްޕީއެލް

އެމްޕީއެލުން ބުނީ، އެއީ ހިތަދޫ ޕޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމްގައި މުވައްޒަފުން މޯޓިވޭޓް ކުރުމާއި މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކޮށް، މުވައްޒަފުންގެ އިތުބާރު އުފައްދާނެ ގޮތްތައް ކިޔައިދޭނެ ކަމަށް އެމްޕީއެލުން ބުނެ އެވެ.

އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ކަންކަމާ ގުޅިގެން ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާއި އޮޕަރޭޝަަންސްތަކުގައި ބޭނުންކުރާ އެކި އުޅަނދުތަކުގެ މައުލޫމާތާއި "ޕޯޓް ޓާމްސް" އާ ބެހޭ މައުލޫމާތު ވެސް ދެ އެވެ.

އެމްޕީއެލްގެ ޕޯޓް ލާނިން އެންޑް ޑިވެލޮޕްމަންޓް (ޕީޓީސީ) ގެ އެ ޕްރޮގްރާމް މީގެ ކުރިން ވަނީ މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުގައި މަސައްކަތްކުރާ މެނޭޖަރުންނަށް ވެސް ހިންގައިފަ އެވެ.

ހިތަދޫ ޕޯޓްގެ މުވައްޒަފުންގެ ތަމްރީނު ޕްރޮގުރާމްގައި 40 މީހަކު ބައިވެރިވެ އެވެ.