ރ. ރަސްމާދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތްކުރާ އިންޖީނުގެ އެޅުމަށް "ޓައިނީ ނީމޯ" އާ ހަވާލުކޮށްފި އެވެ.
22 ޖެނުއަރީ 2020
ރ. ރަސްމާދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތްކުރާ އިންޖީނުގެ އެޅުމަށް "ޓައިނީ ނީމޯ" އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި އިއްޔެ ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދެވެ. ޓައިނީ ނީމޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިޔާމެވެ.
މި މަހުގެ 27 ގައި މަސައްކަތް ފަށާ ގޮތަށް ފެނަކަ އިން ޓައިނީ ނީމޯއާ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ 5.5 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް 8 މަސް ތެރޭގައި ނިންމަން ޖެހެ އެވެ.
ރަސްމާދޫގެ އިތުރުން ފެނަކައިން ރާއްޖޭގެ 30 ރަށެއްގައި މިއަހަރު ތެރޭ އާ އިންޖީނުގެތައް އަޅައި ހިދުމަތް ދޭން ފަށާނެ އެވެ. މިއީ މީހުން އުޅޭ ސަރަހައްދުތަކުން އެކަހެރި ސަރަހައްދުތަކަށް އިންޖީނުގެތައް ބަދަލުކުރުމަށް އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
ކުޑަގިރި އަށް ފެނަކައިން ކަރަންޓު ދޭން ފަށައިފި
99 ޕަސެންޓް އިންޖީނުގެތައް އާއްމުންނާ ދުރަށް
ގޮއިފުޅަފެހެންދޫގެ ކަރަންޓު ގުޅައިލާނެ ބަޔަކު ހޯދަނީ
ހަތަރު ދުވަހަށް ފަހު އަލިފުއްޓަށް ކަރަންޓު ދީފި
އިންޖީނުގެތަކުގައި ސަލާމަތީ ވަސީލަތްތައް ގާއިމުކުރަނީ
ތިނަދޫ އާ އިންޖީނުގެ ހެދުން ލަންކާ ބަޔަކާ ހަވާލުކޮށްފި
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
ދެ ޖަނަރޭޓަރު ހަލާކުވެ, ކެލާގެ ކަރަންޓު ކެނޑެނީ!