އެއް ބިލިއަން ޔޫސާސް ހަމަކުރަން ބޭނުންވާ ނަމަ، ޓުވިޓާ އަކީ ޓިކްޓޮކާއި ވީޗެޓް ކަހަލަ އެޕަކަށް ބަދަލުވާން ޖެހޭ ކަމަށް އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އެއް ބިލިއަން ޔޫސާސް ހަމަކުރަން ބޭނުންވާ ނަމަ، ޓުވިޓާ އަކީ ޓިކްޓޮކާއި ވީޗެޓް ކަހަލަ އެޕަކަށް ބަދަލުވާން ޖެހޭ ކަމަށް އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
ޓުވިޓާގެ މުވައްޒަފުންނާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އެތަނުގެ މުވައްޒަފަކު ވަނީ އެ އެޕްގެ ޔޫސާސް އިތުރުކުރުމަށާއި އެންގޭޖްމަންޓް ވަރުގަދަކުރުމަށް މަސްކް ވިސްނަވަނީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ، ކަސްޓަމަރުންގެ ޝައުގުވެރިކަން ދެމެހެއްޓުމަށް، މުނިފޫހިފިލުވުމަށާއި މައުލޫމާތު ހޯދުމަށް އިތުރު ފަސޭހަ ގޮތްތަކެއް ތައާރަފުކުރަން ޖެހޭ ކަމަށެވެ.
އެ ވާހަކަދައްކަވަމުން މަސްކް ވަނީ ޓުވިޓާއާ، ޗައިނާގެ މެސެޖިން އެޕް "ވީޗެޓް"އާ އަޅާކިޔުއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވީޗެޓަކީ ސޯޝަލް މީޑިއާ އެޕަކަށް ވިޔަސް، އެ އެޕަކީ ޕޭމަންޓްއް ދެއްކުމަށާއި ގޭމް ކުޅުމަށާއި އަދި ވެހިކަލް ކުއްޔަށް ނެގުން ކަހަލަ ކަންކަން ވަރަށް ފަސޭހަކޮށްދިން އެޕެއް ކަމަށެވެ.
"ވީޗެޓް ކަހަލަ އެޕެއް ޗައިނާ ނޫން އެހެން ގައުމެއްގައި އަދި ނެތް،" އޭނާ ވިދާޅުވި އެވެ.
"ޗައިނާގައި މީހުން ދިރިއުޅެނީ ވެސް "ވީޗެޓުގައި". އަހަރެމެން ޓުވިޓާ، އެ އެޕާ އެއްގޮތަށް ބަދަލުކޮށްލައިފި ނަމަ، ވަރަށް ބޮޑު ކާމިޔާބީއަކަށް ވާނެ."
މަސްކް ވަނީ ޓިކްޓޮކްގެ އަލްގޮރިތަމް އަށް ވެސް ތައުރީފުކުރައްވައި، އެ އެޕާ އެއްގޮތް ބަދަލުތަކެއް ޓުވިޓާ އަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ޓުވިޓާ ވާނީ މުޖުތަމައު އަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެޕަކަށެވެ. ފީ ދައްކައިގެން ބޭނުންކުރެވޭ އެޕަކަށް ބަދަލުކޮށްލުމަށާއި އަދި އެ އެޕްގައި ވެރިފައި ކުރާ މީހުންގެ އަތުން ފީ ނެގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޓުވިޓާ ގަންނަން މަސްކް ނިންމެވިޔަސް އަދި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެއް ނުވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓުވިޓާގައި ހުންނަ ފޭކް އެކައުންޓްތަކާ ގުޅޭ ޑާޓާތައް ނުދީފި ނަމަ، އެ އެއްބަސްވުމުގައި ސޮއިނުކުރައްވާނެ ކަމުގެ އިންޒާރު ވެސް މަސްކް ދެއްވާފައިވެ އެވެ. އެ ޕްލެޓްފޯމު ގަތުމަށް ފަހު، އޭގައި ހުންނަ ފޭކް އެކައުންޓްތައް ހުއްޓުވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.
އެކްސްގައި ލައިކް ދޭ މީހުން ނުފެންނަ ގޮތް ހަދައިފި
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ދޮގު ޚަބަރު ރިޕޯޓްކުރެވޭ ފީޗާ އެކްސް އިން ނަގައިފި
"އެކްސް" އިން އެންމެންގެ އަތުން ފީ ނަގަން ފަށަނީ
"ޓްވިޓާ" ގައި ބްލޮކްކުރާ ފީޗާ އުވާލަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ
ވެރިފައިޑް އެކައުންޓަކުން 8 ޑޮލަރު ނަގާނަން: މަސްކް
ކަންގަނާ ހުރީ ޓްވިޓާ އަލުން ލިބޭނެ ކަމުގެ އުއްމީދުގައި
މަސްކް، ޓްވިޓާ ގަތުމަށް ފަހު އެފުށް މިފުށަށް ޖަހަނީ