މީގެ ދެ އަހަރު ކުރިން އިމްތިޔާޒު އަލީގެ "ލަވް އާޖް ކަލް 2"ގެ ސެޓުން ލޯބީގެ ގޮތުން ގުޅުނު ޖޯޑު، ސާރާ އަލީ ޚާނާއި ކާތިކް އާރިޔަން ރުޅިވި ފަހުން ފުރަތަމަ ފަހަރަށް އެކުގައި ފޮޓޯއެއް ނަގައިފި އެވެ.
މީގެ ދެ އަހަރު ކުރިން އިމްތިޔާޒު އަލީގެ "ލަވް އާޖް ކަލް 2"ގެ ސެޓުން ލޯބީގެ ގޮތުން ގުޅުނު ޖޯޑު، ސާރާ އަލީ ޚާނާއި ކާތިކް އާރިޔަން ރުޅިވި ފަހުން ފުރަތަމަ ފަހަރަށް އެކުގައި ފޮޓޯއެއް ނަގައިފި އެވެ.
ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެން އުޅުނު ނަމަވެސް، 2020 ވަނަ އަހަރު ފިލްމު ރިލީޒްކުރި ފަހުން އެމީހުން އެކުގައި އުޅުނީ މަދު ދުވަސްކޮޅަކަށެވެ. ކުއްލިއަކަށް ދެމީހުންގެ މެދުގައި މައްސަލަ ގޯސްވެ، ދެމީހުން އެކަކު އަނެކަކު ފެންނަ ހިސާބަށް ވެސް ނުދެ އެވެ.
އެކަމަކު މުމްބާއީގައި ބުރާސްފަތި ދުވަހު އޮތް އިވެންޓެއްގައި ސާރާ އާއި ކާތިކް ވަނީ ދިމާވެފަ އެވެ. އަދި ޕަޕަރާޒީންނާ ހެދީ ދެމީހުންނަށް އެކުގައި ފޮޓޯއަކަށް ވެސް ހުއްޓެން ޖެހުނެވެ. ވަރަށް "އޮކްވާޑް" ވެފައި ތިބިކަން ދެމީހުންގެ މޫނުމަތިން ފެނުނަސް، އެ މީހުން ވަނީ ކުޑަކޮށް ބައްދާލުމަށް ފަހު ފޮޓޯ އަށް ހުއްޓިފަ އެވެ. އެކަމަކު ފޮޓޯ އަށް ހުއްޓިގެން ތިބީ ކޮންމެެވެސް ވަރަކަށް ދުރުގައިކަން ވެސް ފާހަގަވެ އެވެ.
ދެ އަހަރު ފަހުން އެ ކަހަލަ މަންޒަރެއް ފެނުމުން ސަޕޯޓަރުން ތިބީ އުފަލުން ފޮޅިފަ އެވެ. އަދި އަލުން ގުޅުމަށް ވެސް ސަޕޯޓަރުން އަންނަނީ އެދެމުންނެވެ.
ދެ ތަރިންގެ މަސައްކަތްތަކަށް ބަލާއިރު ކާތިކްގެ އެންމެ ފަހުގެ ފިލްމު، "ބޫލް ބުލައްޔާ 2" އަށް ވަނީ ވަރަށް ބޮޑު ކާމިޔާބެއް ލިބިފަ އެވެ. އޭނާގެ "ޝެހްޒާދާ" އާއި "ފްރެޑީ" ނަމަކަށް ކިޔާ ފިލްމެއް ކުރިއަށް އެބައޮތެވެ. ސާރާ ދެން އެންމެ އަވަހަށް ފެންނާނީ ވިކީ ކޯޝަލްއާ އެކު "ލަކްޝްމަން އުތެކަރް" އިންނެވެ.
މަންމައެއް ގޮތަށް އުޅެވޭތީ ސާރާ މާފަށް އެދިއްޖެ
ޝުބްމަންއާ ލޯބީގެ ގުޅުމެއް ނޯވޭ: ސާރާ
އަމްރިތާއާ ވައްތަރަސް، ސާރާގެ ހުންނަނީ ސައިފްގެ އުޅުން
ކަރީނާގެ ދަރިފުޅު ތައިމޫރާ ވައްތަރު ކުއްޖެއް
ސޯނޫ ސޫދު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި
ކެޓްރީނާ އަށް ކަމުދަނީ ވިކީ ތުނބުޅި ބެހެއްޓީމަ
އަނަންޔާ ކައިވެނިކުރަން ފަސް އަހަރުގެ ޕްލޭނެއް ހަދައިފި
ޕޫނަމްގެ ގެއިން އަގުބޮޑު ފަށެއް ވަގަށް ނަގައިފި
ކެޓްރީނާ އާއި ވިކީ ވެސް ރާއްޖޭގައި
އިސްތަށިގަނޑު އޮމާނީ މައިދައިތަގެ ސަބަބުން: ކެޓްރީނާ