21 ޖޫން 2022
ގަލޮޅު ދަނޑުގައި ޔޯގާ ކުރިއަށް ދަނިކޮށް ދިދަތަކަކާ އެކު ގަދަކަމުން ވަދެގަނެ މީހުންނަށް ބިރުދައްކައި އިންޒާރުދީ ހަމަނުޖެހުން ހިންގުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތް ކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ކުރިއަށް ދަނިކޮށް ދިދަތަކަކާ އެކު ގަދަކަމުން ވަދެގަނެ މީހުންނަށް ބިރުދައްކައި އިންޒާރުދީ ހަމަނުޖެހުން ހިންގުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތް ކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އެ ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބަޔާނެއް ނެރުނީ ހަމަނުޖެހުން ހިންގި ބައެއް އާލާތްތައް ނެރުނީ ޕީޕީއެމްގެ އޮފީހުން ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. އެއްވުމަށް ދިޔަ މީހުން ހިފައިގެން ތިބި ދިދަތައް ޕީޕީއެމްގެ އޮފީހުން ރޭ ފަތިހު ނެރޭ ފޮޓޯތަކެއް ވެސް ވަނީ އާއްމުވެފަ އެވެ.
އީސީން ނެރުނު ބަޔާނެއްގައި ބުނީ ގަލޮޅު ދަނޑުގައި ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާރުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާއްމުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށް ހަމަލާދީ ތަކެއްޗަށް ގެއްލުން ދިނުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އެކަން އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.
މިކަމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ކުރާ ތަހުގީގުން ސާބިތުވެއްޖެ ނަމަ އެ ޕާޓީއަކާ ދޭތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ފިިޔަވަޅު އަޅާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހަވާލާދީފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާ އާއި 49 ވަނަ މާއްދާއަށެވެ. އެއީ ގާނޫނާ ހިލާފު އަމަލެއް ހިންގައި ނަމަ އެ ޕާޓީއެއް 30،000ރ. ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި ސުލޫކީ މައްސަލަ ބެލުމެވެ.
އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުންގެ އިދާރާގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން، މި އަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައި ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީހުން ކަން އެނގިފައި ވެ އެވެ،" ބަޔާނުގައި ފުލުހުން ބުންޏެވެ.
ޕީޕީއެމުން ބުނެފައި ވަނީ ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުމާ އެ ޕާޓީއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި އެ ހަމަނުޖެހުމަކީ ސަރުކާރުން ފުރުސަތުދީގެން ހިންގި ކަމެކެވެ.
ޔޯގާ އިވެންޓް ރަސްފަންނުގައި ނުބޭއްވޭނެ ކަމަށް ސިޓީ ކައުންސިލުން އެންގުމާ އެކު ގަލޮޅު ދަނޑުގައި ބާއްވަން ނިންމުމުން އެކަން ހުއްޓާލަން ބަޔަކު ސޯޝަލް މީޑިއާގައި ރޭ ދިޔައީ އަޑުއުފުލަމުންނެވެ. ޔޯގާ ހަރަކާތް، ދަނޑުގައި ފެށިއިރު ބަޔަކު ތިބީ އެ ސަރަހައްދަށް އެއްވެ އެވެ.
ބެރިކޭޑް ޖަހައި އެ މީހުންނަށް ދަނޑަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން ތިބުމުން ފުރަތަމަ ތިބީ އަޑު އުފުލަން އެ ސަރަހައްދުގަ އެވެ. ދީނީ ޝިއާރުތައް ގޮވަމުން ދަނޑުތެރެއަށް ވަދެ ގަނެ، ހަމަނުޖެހުން ހިންގީ އެވެ. އެތަނަށް ވަން މީހުން ވަނީ އެ އިވެންޓަށް ސައި ހަދާފައި ވަނިކޮށް އެތަންމިތަނަށް ކާއެއްޗެހި ވެސް އުކާލައިފަ އެވެ. އޭރު ޔޯގާ މެޓު މަތީގައި ތިބި މީހުން ބިރުން ދުވެފައިވާ ދާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.
"މި ތަނުން ނުކުމޭ"، "ﷲ އަކްބަރު" ގޮވަމުން އެ މީހުން ވަނީ ޔޯގާ ހަދަން ތިބި ބައެއް މީހުންގެ ކައިރި އަށް ގޮސް އިންޒާރު ވެސް ދީފަ އެވެ.
ދަނޑަށް ވަދެގަތް މީހުން މައިތިރިކުރީ ފުލުހުން ގޮސް ޓިއާ ގޭސް ޖަހައިގެންނެވެ. ނަމަވެސް ދަނޑަށް ވަން މީހުން ވަދެގަތް ގަޑީގައި އެ ސަރަހައްދުގައި ތިބީ ހައެއްކަ ފުލުހުންނެވެ. ދަނޑަށް ވަން މީހުން ހުއްޓުވަން ފުލުހުންގެ ފައުޖެއް ދިޔައީ ފަހުންނެވެ.
އިދިކޮޅު އެއްވުމާ ދިމާކޮށް އީސީން ވެސް އިލްތިމާސެއް
ޕީޕީއެމް އޮފީސް ބަންދުކުރާތީ އީސީގައި ޝަކުވާކޮށްފި
ކަރުދާސް ނައްތާލި މައްސަލައިގައި ފުލުހުން ކުށްވެރިކޮށްފި
ވޯޓް ކަރުދާސް ނައްތައިލި މައްސަލަ ތަހުގީގެއް ނުކުރޭ
ވޯޓްކަރުދާސް ނައްތާލި މައްސަލަ ބަލަން ޕީޕީއެމުން އެދެފި
ޝަރީފަށް ކުރި ތުހުމަތު، ތަހުގީގު ވެސް ގޯސް: ޝަމީމް
"ވޯޓު ކަރުދާހާ ބެހޭ މައްސަލައެއް ބަލާ ކަމެއް ނާންގާ"
ޝަރީފް ފުލުހަށް ހާޒިރުކުރީ ވޯޓުކަރުދާސް ނައްތާލުމުން
ޕީޕީއެމްގެ އެއްވުން ހުއްޓުވަން އީސީން ޕޮލިހަށް
އެއްވެސް މީހަކަށް ރިޝްވަތެއް ނުދެން: ޕީޕީއެމް