Roadha Mihaaru
"އުރީދޫ ނޭޝަން - ގޭމާޒް ލޭންޑު" ތައާރަފުކޮށްފި

"އުރީދޫ ނޭޝަން - ގޭމާޒް ލޭންޑު" ރާއްޖެ އަށް ތައާރަފުކޮށްފި

22 ޖޫން 2022

ބައިނަލްއަގުވާމީ ގޭމިިން ޕްލެޓްފޯމް، "އުރީދޫ ނޭޝަން - ގޭމާޒް ލޭންޑް" ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބައިނަލްއަގުވާމީ ގޭމިިން ޕްލެޓްފޯމް، "އުރީދޫ ނޭޝަން - ގޭމާޒް ލޭންޑް" ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އޫރީދޫ މޯލްޑިވްސްއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމު ރާއްޖެ އަށް ތައާރަފު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމެވެ. މި ހަފްލާގައި އުރީދުގެ ސީއީއޯ ހާލިދް އަލް ހަމަދީ ވިދާޅުވީ، އުރީދޫން މަސައްކަތް ކުރަމުން އަންނަނީ މިކަހަލަ އެކި ޑިޖިޓަލް ޕްލެޓްފޯމުތައް ރާއްޖެ އަށް ތައާރަފުކޮށް ރާއްޖޭގެ އެކި ދާއިރާތައް ކުރިއެރުވުމަށް ކަމަށެވެ. އުރީދޫ ނޭޝަން އަކީ ރާާއްޖޭގެ ގޭމިން ކޮމިއުނިޓީ އިތުރަށް ތަރައްގީ ކުރުމަށް ލިބޭނެ ފުރުސަތެއްކަން ފާހަގަ ކޮށް، މި ޕްލެޓްފޯމްގެ ސަބަބުން، ލޯކަލް އަދި އިންޓަނޭޝަނަލް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގޭމާޒް ނޭޝަން އިވެންޓު ކުރިއަށް ދަނީ: ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް، ޓޫރިޒމް މިނިސްޓަރު އަބްދުﷲ މައުސޫމް އަދި ސީއީއޯ ހާލިދް އަލް ހަމަދީ

ގޭމާޒް ނޭޝަން އިވެންޓު ކުރިއަށް ދަނީ: ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް، ޓޫރިޒމް މިނިސްޓަރު އަބްދުﷲ މައުސޫމް އަދި ސީއީއޯ ހާލިދް އަލް ހަމަދީ

ކުލަ ގަދަ ރަސްމިއްޔާތަކާ އެކު އުރީދޫން މި ޕްލެޓްފޯމު ތައާރަފް ކޮށްފައި ވަނީ ގޭމާޒް އިންނަށް ހާއްސަ ޕެކޭޖުތަކަކާ އެކު އެވެ. އެގޮތުން ފައިބާ ސުޕްނެޓާއި މޯބައިން އިންޓަނެޓު ބޭނުން ކުރާ ފަރާތްތަކަށް 50 އެމްބީޕީއެސްގެ 50 ޖީބީ ލިބޭ ޕެކޭޖަކާއި 100 އެމްބީޕީއެސްގެ 100 ޖީބީ ލިބޭ ޕެކޭޖެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖާ، ކޮންޓެންޓް އެންޑް ނިއު ވާޓިކަލް އިބްރާހިމް ނަޒީހު ވިދާޅުވީ، އުރީދޫ ނޭޝަން އަކީ ގޭމާޒް އާއި ގޭމިން ކޮންޓެންޓް ކްރިއޭޓަރުންނަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެ ކަހަލަ ގޭމަރަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށާއި، މި ޕްލެޓްފޯމްގެ ތެރެއިން ގިނަ މުބާރާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އުރީދޫން ބޭއްވި ހަރަކާތުގައި، ގޭމާސް ލޭންޑުގެ ފުރަތަމަ ޓޯނަމެންޓު ވަނީ އިއުލާނުކޮށްފަ އެވެ.

އުރީދޫ ނޭޝަން - ގޭމާޒް ލޭންޑްގެ އެންމެ ފުރަތަމަ ބާއްވާ ޓޯނަމެންޓަކީ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް މުބާރާތެކެވެ. މި މުބާރާތަށް ކަނޑައަޅާފައި ވާ އިނާމަކީ 100،000 ރުފިޔާ އެވެ. މިއީ ރާއްޖޭގައި ގޭމިން ޓޯނަމެންޓަކަށް މިހާތަނަށް ހުށައަޅާފައިވާ އެންމެ ބޮޑު އިނާމެވެ. އުރީދޫން ތައާރަފު ކުރި މި ޕްލެޓްފޯމުގައި ގޭމް އަޕްޑޭޓްސްތަކާއި ލޯކަލް އީ ސްޕޯޓްސްތަކުގެ މައުލޫމާތު ބަލާލެވޭނެ އެވެ. އަދި ގޭމިން މުބާރާތްތައް ބަލާލުމަށް ވީއޯޑީ އެންޑް ސްޓްރީމިން ކެޓަގަރީ އެއް ވެސް މި އެރީނާގައި ވަނީ ހިމަނައިފައެވެ.