Roadha Mihaaru
ކޮންޓެންޑާ ސީރީޒްގެ ސީޒަން 2 ނިންމާލައިފި

އުރީދޫ ނޭޝަން ކޮންޓެންޑާ ސީރީޒްގެ ސީޒަން 2 ނިންމާލައިފި

15 ސެޕްޓެމްބަރ 2024

އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް، ސީޒަން 2 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް، ސީޒަން 2 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ފޯރި ގަދަ މެޗުތަކެއް ކުޅުނު މި މުބާރާތްތުގައި ގިނަ އަދަދެއްގެ ގޭމަރުން ބައިވެރިވި އެވެ. އުރީދޫން ބުނީ މި މުބާރާތުގައި ރާއްޖޭގެ ގޭމަރުންގެ ހުނަރު ފެނިގެން ދިޔަކަމަށާއި މި މުބާރާތަކީ ވެސް ގޭމަރުންގެ ހޫނު ތަރުހީބެއް ލިބުނު ފޯރިގަދަ މުބާރާތެއް ކަމަށެވެ.

މި ފަހަރުގެ ކޮންޓެންޑާ ސީރީޒްގައި ޕަބްޖީ މޮބައިލް މުބާރާތަކާއި އީއޭއެފްސީ މުބާރާތެއް ކުރިއަށް ދިޔަ އެވެ. ދެ މުބާރާތުގައި ވެސް ކުޅުންތެރިން ވަނީ ވަރުގަދަ މެޗުތަކެއް ކުޅެފަ އެވެ.

މި ކޮންޓެންޑާ ސީރީޒްގައި ޕަބްޖީ މޮބައިލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ، 7،000ރ. ކާމިޔާބު ކުރީ އަކަޒާޔާ އީސްޕޯޓްސް އެވެ. ރަނަރަޕް ޓީމަށް ހުށަހެޅި 4،000ރ. ކާމިޔާބު ކުރީ އީޓޫއެސް ޓީއެމް7 އެވެ. އަދި ތިން ވަނަ އަށް ހުށަހެޅި 2،000ރ. ޓީމު އޯޕީޒެޑް ސްޕޯޓްސްއިން ކާމިޔާބުކުރި އިރު 4 ވަނަ އަށް ހުށަހެޅި 1،000ރ. ލިބުނީ ބީއެލްކޭ އީސްޕޯޓްސްއަށެވެ. މި މުބާރާތުގެ 5 ވަނަ ކާމިޔާބުކޮށް މުބާރާތަށް ހުށަހެޅި 500ރ. ކާމިޔާބު ކުރީ ގޭމްއޯވާ އޯޓީއެފް އެވެ. މުބާރާތުގެ އެމްވީޕީއަށް ހުށަހެޅި 500ރ. ކާމިޔާބުކޮށް އެ ޓައިޓަލް ހޯދީ ޓީމު އޭކޭއޭގެ މާހާ އެވެ.

މި ކޮންޓެންޑާ ސީރީޒްގައި ކުރިއަށް ދިޔަ އީއޭއެފްސީ ޗެލެންޖުން ޗެމްޕިއަންކަން ހޯދައި އެ މަގާމަށް ހުށަހެޅި 8،000ރ. ކާމިޔާބުކުރީ މުހައްމަދު ޒިޔާން އިސްމާއިލް އެވެ. އަދި ރަނަރަޕްއަށް ހުށަހެޅި 4،500ރ. ކާމިޔާބުކޮށް އެ މަގާމު ކާމިޔާބުކުރީ ހުސައިން ޔައީޝް ޝިހާމް އެވެ. މުބާރާތުގެ ތިން ވަނަ އަށް ހުށަހެޅި 2،500ރ. ކާމިޔާބުކުރީ މުހައްމަދު ރާކިން އެވެ.

އުރީދޫ ގޭމާސް ނޭޝަން އަކީ ރާއްޖޭގައި ގޭމިންގެ ދާއިރާކުރިއަރުވާ، ގޭމަރުންނަށް އެކި ފުރުސަތުތައް ފަހިކުރުމުގެ ގޮތުން އުރީދޫން ތައާރަފްކުރި ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ މަގުސަދަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭނެ ފަދަ ގޭމަރުންތަކެއް އުފެއްދުމެވެ.

އުރީދޫ ނޭޝަންއިން ކޮޮންޓެންޑާ ސީރީޒްގެ ސީޒަން 2 ނިންމާލި އިރު، ކުރިއަށް އަދި ގިނަ މުބާރާތްތަކެއް ހުރިކަން ފާހަގަކުރެ އެވެ.