Roadha Mihaaru
ގަތަރުން އުރީދޫއާއެކު ކުރާ މަސައްކަތްތައް ހަރުދަނާކުރަނީ

ގަތަރުން އުރީދޫ އާ އެކު ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރަނީ

10 ސެޕްޓެމްބަރ 2024

ގަތަރުން އުރީދޫއާ އެކު ކުރަމުންދާ މަސައްކަތްތައް އިތުރަަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސަރުކާރުން ރާއްޖެ އަށް ކަނޑަައެޅި އާ ސަފީރު، ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރަ އުރީދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައި ވިދާޅުވެއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ގަތަރުން އުރީދޫއާ އެކު ކުރަމުންދާ މަސައްކަތްތައް އިތުރަަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސަރުކާރުން ރާއްޖެ އަށް ކަނޑަައެޅި އާ ސަފީރު، ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރަ އުރީދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައި ވިދާޅުވެއްޖެ އެވެ.

އެ ޒިޔާރަތުގައި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ސަފީރާ ބައްދަލުކުރެއްވި އެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ކުރިއެރުވުމުގައި އުރީދޫ އިން ކުރަމުން އަންނަ މަސައްކަތްތަކާއި ޓެކްނޮލޮޖީގެ ދާއިރާ އިން އަދާކުރާ ދައުރާއި މުޖުތަމައަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތައް ހިއްސާކުރި އެވެ.

އުރީދުއަކީ ގަތަރުގެ ކުންފުންޏެވެ.

ގަތަރުގެ އާ ސަފީރުގެ ޒިޔާރަތުގައި ވަނީ ރާއްޖެ އާއި ގަތަރާ ދެމެދު އޮންނަ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އުރީދޫ މޯލްޑިވްސް އަކީ ގަތަރުން ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓުކަމަށް ވިދާޅުވެފަ އެވެ.

ސަފީރުގެ މި ޒިޔާރަތުގައި ޕްރޮޖެކްޓްތަކުގައި ހަރަކާތްތެރިވާ މުހިންމު ޓީމުތަކާ ވެސް ބައްދަލުކުރެއްވި އެވެ. ސަފީރު ވަނީ ޑިޖިޓަލް އެކްސެސިބިލިޓީ އިތުރުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ބާރުވެރިކުރުވުމުގެ މަގްސަދުގައި އުރީދޫއިން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފަ އެވެ.

ސަފީރުގެ ޒިޔާރަތް ނިންމަވާލެއްވީ އުރީދޫ މޯލްޑިވްސް އާއި ގަތަރާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ގައުމުގެ ކުރިއެރުމާއި، ދެ ގައުމުގެ މެދުގައި ކާމިޔާބަށް މަސައްކަތް ކުރުމުގެ ވައުދާއެކު އެވެ.