24 ޖޫން 2022
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލްކުރާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލްކުރާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި މިއަދު ވަނީ ނާޒިމާއި ބިދޭސީ ފިރިހެނަކު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުކޮށްލައިފަ އެވެ.
އެ ވީޑިއޯއާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ފުލުހުން ބުނީ އޭގައި ހިމެނޭ ދެ މީހުންގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި ތަހުގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން މީގެ ކުރިން ވެސް މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
އެ ވީޑިއޯއާ ގުޅިގެން ނާޒިމް މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެ ތުހުމަތަށް އިންކާރު ކުރައްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި މިއަދު ލީކުކޮށްލި ވީޑިއޯގައި ފެންނަ ބިދޭސީއާ އެކު އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ވީޑިއޯކޮށްފައި އެބަހުއްޓެވެ. އެ ވީޑިއޯތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކުރަމުން ދާއިރު ނާޒިމްގެ ވީޑިއޯ ވެސް ހިމެނެނީ އޭގެ ތެރޭގައި ކަމަށް ވަނީ އެނގިފަ އެވެ.
ވީޑިއޯ ލީކުވުމާ އެކު އެތައް ބަޔަކު ދަނީ ނާޒިމް ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ގޮވާލަމުންނެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކުގައި ވެސް ސިޔާސީ ނުފޫޒު ހުރި މީހުންނާ ޖެހުމުން ސަރުކާރުން އެކަންކަމާ އަޅާނުލާ ކަމަށް ބުނެ ފާޑު ކިޔާފައިވެ އެވެ.
ނާޒިމް ސައްތާރު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
އަލަމްގީރް ކޭސް: ބްލެކްމެއިލްކުރި 3 މީހަކު ހައްޔަރު
އަލަމްގީރުގެ ފަރާތުން ބައްޔެއް ފެތުރިފައި އޮވެދާނެ!
އަލަމްގީރްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި
އަލަމްގީރްގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި
އެއްޖިންސުން ގުޅުން ހިންގި އަލަމްގީރް ހައްޔަރުކޮށްފި
ބަރަހަނާ ވީޑިއޯތައް 10 މިލިއަނަށް ވިއްކަން އުޅުނު!
ފޮޓޯގައި ފެންނަނީ އަޅުގަނޑު، ބަރަހަނާ ނުވަން: ނަޝީދު
ބަނގުރާ ފުޅިތަކަކާ އެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފި
ބިދޭސީއަކު ގެއްލިގެން ހޯދާތާ މަހަކަށް ވުރެ ގިނަ ދުވަސް