Roadha Mihaaru
އަލަމްގީރްގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި

އަލަމްގީރްގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި

13 ޖުލައި 2022

ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކުރި އަލްމްގީރްގެ ބަންދަށް ފަސް ދުވަސް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކުރި އަލްމްގީރްގެ ބަންދަށް ފަސް ދުވަސް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގައި އަދި އެ މަންޒަރު ވީޑިއޯކުރި މައްސަލާގައި ބަންގްލަދޭޝްގެ އަލަމްގީރް ހައްޔަރުކުރީ އިއްޔެ އެވެ.

އަލަމްގީރްގެ ތަހުގީގަށް ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިއަދެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް އާންމުވެފައިވާއިރު، މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެ ކޮޓަރީގައި އުޅުއްވާ ވީޑިއޯއެއް ވެސް އާންމުވި އެވެ.

އެ މައްސަލާގައި ނާޒިމާއި ކާނަލްގެ އިތުރުން އަލަމްގީރްގެ ޕާސްޕޯޓު ވެސް ކުރިން އޮތީ ހިފަހައްޓައިފަ އެވެ.