ބެންކޮކުން ފުރައިގެން ގއ. ކޫއްޑު އަށް ދިޔަ މިފްކޯގެ ބޯޓަކުން އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރަލާއި އެހެެނިހެން މަނާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
24 ޖޫން 2022
ބެންކޮކުން ފުރައިގެން ގއ. ކޫއްޑު އަށް ދިޔަ މިފްކޯގެ ބޯޓަކުން އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރަލާއި އެހެެނިހެން މަނާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
އެ އިދާރަ އިން ބުނީ ކޫއްޑު އަށް މިދިޔަ ބުދަ ދުވަހު ދިޔަ އެމްވީ ޖަޒީރާ ރީފާ ބޯޓުގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެހި ހުރި ކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފާ ގުޅިގެން އެ ބޯޓު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ މަސް ކުންފުނީގެ އެ ބޯޓުގެ ތެރޭގައި ގިނަ އަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެކަމަކު ބޯޓުން ފެނުނީ ކިހާ އަދަދެއްގެ ބަނގުރަލެއް ކަމެއް އަދި ބޯޓުން ދެން ފެނުނު މަނާތަކެތީގެ ތަފްސީލެއް ކަސްޓަމްސް އިން އަދި ނުދެ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ބޯޓުން ފެނުނު ބަނގުރާތައް ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
4،200 އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި
ބަނގުރާ ހިމެނޭ ދަޅުތަކުގެ މައްސަލަ ކަސްޓަމުން ބަލަނީ
ގާސިމްގެ ރިސޯޓްތައް ކަސްޓަމްސް އިން ފާސްކުރަނީ
ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީއަކު ޑީޕޯޓުކުރަނީ
ފެޑެކްސް އިން ޑްރަގު އެތެރެކުރި މީހަކު ހައްޔަރުކޮށްފި
ހިޔާނާތުގެ މައްސަލަ ބަލާތާ 5 މަސް، ފިޔަވަޅެއް ނާޅާ
ކަސްޓަމްސް އޮފިސަރުންތަކަކަށް ރިޝްވަތުގެ ތުހުމަތެއް!
ބަނގުރަލުގެ މައްސަލައެއްގައި ތުހުމަތުވި ބަޔަކު ދޫކޮށްފި
ހުޅުމާލެ 3 ގައި ރާ ކައްކަމުން ދިޔަ ބަޔަކު ހައްޔަރު
މާލޭގައި ބަނގުރާ ވިއްކާ ލަންކާގެ ދެމީހަކު ޑީޕޯޓްކުރަނީ