Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ގުރައިދޫގައި ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގެސްޓްހައުސްއެއްގައި ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ

25 ޖޫން 2022

ކ. ގުރައިދޫ ގެސްޓްހައުސްއެއްގެ ތެރޭގައި ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކ. ގުރައިދޫ ގެސްޓްހައުސްއެއްގެ ތެރޭގައި ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނިގޮތުގައި ރޭ މަރުވެފައި އޮއްވާ ފެނުނީ އިނގިރޭސިވިލާތުގެ 57 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ގެސްޓްހައުސްގެ ކޮޓަރިން ކުނި ވަސްދުވާތީ ކަމަށެވެ. ފެނުނުއިރު ހަށިގަނޑު އޮތީ ކުނިވާން ފަށައިފަ އެވެ.

އަންހެން މީހާގެ ހަށިގަނޑު ފެނުނީ ފުލުހުން ގޮސް ބެލިއިރު އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.