Roadha Mihaaru

ޕެރަޑައިސް ރިސޯޓުގައި ޓޫރިސްޓަކު މަރުވެއްޖެ

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ޓޫރިސްޓަކު އޭނާގެ ކޮޓަރީގައި މަރުވެފައި އޮއްވައި ރޭ ފެނިއްޖެ އެވެ.

ޕެރަޑައިސް ރިސޯޓުގައި ޓޫރިސްޓަކު މަރުވެއްޖެ
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

28 ޖެނުއަރީ 2019

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ޓޫރިސްޓަކު އޭނާގެ ކޮޓަރީގައި މަރުވެފައި އޮއްވައި ރޭ ފެނިއްޖެ އެވެ.

ފުލުހުން ބުނީ އުމުރުން 36 އަހަރުގެ އެ ފިރިހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޕެރެޑައިސް ރިސޯޓުގައި މޫދަށް އެރި އުޅުނު ދެ ޓޫރިސްޓަކު ވަނީ ތަފާތު ދެ ހާދިސާއެއްގައި މި މަހުގެ ތެރޭގައި ގެނބިގެން މަރުވެފަ އެވެ.