ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި ވަގަށް ނެގި ދެ ލައްކައެއްހާ ރުފިޔާ ހޯދައި، ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި ވަގަށް ނެގި ދެ ލައްކައެއްހާ ރުފިޔާ ހޯދައި، ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނީ މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި ދެ މީހުން ވެސް ހައްޔަރުކުރީ ނިލަންދޫ ސްކޫލުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ބުނެ އިއްޔެ ހެނދުނު ނިލަންދޫ ޕޮލިސް ޑެސްކަށް ހުށަހެޅި މައްސަލާގައި ކަމަށް ފުލުހުން ބުނެ އެވެ. ދެ މީހުން ވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ނިލަންދޫ ސްކޫލްގެ ތިޖޫރި ފަޅާލައިގެން ވަގަށް ނެގި ފައިސާ ފުލުހުން ހޯދާފައި.--- ފޮޓޯ: ޕޮލިސް
ފުލުހުން ބުނިގޮތުގައި ނިލަންދޫ ސްކޫލުން ވަގަށް ނަގާފައިވާ 199،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާއިރު، އެ ފައިސާތައް ފެނިފައި ވަނީ ނިލަންދޫ ވަލުތެރޭގައި ހުރި މަގޫގަހެއްގެ ބުޑުގައި ވަޅުލާފައިވަނިކޮށެވެ.
މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ޕޮލިސް ޑެސްކް ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ ވެބްސައިޓްގައި ވެ އެވެ.
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ޑްރަގު އެތެރެކުރަން އުޅުނު 16 މީހަކު ހައްޔަރުކޮށްފި
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!
އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް!
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
ޑޮލަރު ފޭރުމުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރު
އެއާޕޯޓުގައި ބިރުދައްކައި ފޭރިގަތީ 100،000ޑޮލަރު