Roadha Mihaaru
ރިސާޗް އަދި އިނޮވޭޝަން ކޮންފެރެންސް ވިލާ ކޮލެޖްގައި

ވިލާ ކޮލެޖްގެ ބައިނަލްއަގްވާމީ ރިސާޗް އަދި އިނޮވޭޝަން ކޮންފެރެންސް ބާއްވައިފި

26 ޖޫން 2022

މިއަހަރުގެ ބައިނަލްއަގްވާމީ ރިސާޗް އަދި އިނޮވޭޝަން ކޮންފަރެންސް ވިލާ ކޮލެޖުގައި ބާއްވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މިއަހަރުގެ ބައިނަލްއަގްވާމީ ރިސާޗް އަދި އިނޮވޭޝަން ކޮންފަރެންސް ވިލާ ކޮލެޖުގައި ބާއްވައިފި އެވެ.

އިއްޔެ ފެށި މި ކޮންފެރެންސަކީ ވިލާކޮލެޖްގެ ރިސާޗް އަދި އިނޮވޭޝަން އިންސްޓިޓިއުޓުން އިންތިޒާމް ކުރި ހަރަކާތެކެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތީމް ބިނާކޮށްފައިވަނީ އދ. އިން ގެންގުޅޭ ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބައްޓަން ކުރުމުގެ ވިސްނުމުގެ މައްޗަށެވެ.

އިއްޔެގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ވިލާ ކޮލެޖް

އިއްޔެގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ވިލާ ކޮލެޖް

ކޮންފެރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ތަރައްގީގެ މަަޝްރޫއުތައް ކުރިއަށް ގެންދާއިރު ތިމާވެއްޓަށް އެކަށޭނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް ވީހާވެސް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށް، އެ ކޮންފަރެންސް ފެށުމަށް ބޭއްވި ހަފްލާގައި ނަޝީދު ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއުތައް ރާވާއިރު ތިމާވެށި ހިމާޔަތްކޮށް، ގުދުރަތީ މާހައުލާއި ވަސީލަތްތަކަށް ގެއްލުނުވާނެ ގޮތަކަށް ޕްލޭންތައް ބައްޓަންކުރަން އެބަ ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ވިލާކޮލެޖްގައި ކުރިއަށް ދިޔަ ބައިނަލްއަގްވާމީ ރިސާޗް އަދި އިނޮވޭޝަން ކޮންފަރެންސްގެ ތެރެއިން ---ފޮޓޯ: ވިލާ ކޮލެޖް

ވިލާކޮލެޖްގައި ކުރިއަށް ދިޔަ ބައިނަލްއަގްވާމީ ރިސާޗް އަދި އިނޮވޭޝަން ކޮންފަރެންސްގެ ތެރެއިން ---ފޮޓޯ: ވިލާ ކޮލެޖް

ވިލާކޮލެޖްގެ ރެކްޓަ ޑރ. އަހްމަދު އަންވަރު ވިދާޅުވީ ދެމެހެއްޓެނިވި ދުނިޔެއެއް ބިނާކުރުމުން އަހަރެމެންގެ ދިރިއުޅުން ތަރައްގީވެ، އަންނަން އޮތް ޖީލުތަކަށް ވެސް އޭގެ ފައިދާކުރާނެ ކަމަށެވެ.

މި ކޮންފަރެންސްގައި ވަނީ ވިލާކޮލެޖުން ޕަބްލިޝްކޮށްފައިވާ ބައިނަލްއަގްވާމީ ރިސާޗް އަދި އިނޮވޭޝަން މަޖައްލާގެ ހަ ވަނަ އަދަދު ނެރެފަ އެވެ.

ބައިނަލްއަގްވާމީ ރިސާޗް އަދި އިނޮވޭޝަން މަޖައްލާ ނެރެނީ. ---ފޮޓޯ: ވިލާ ކޮލެޖް

ބައިނަލްއަގްވާމީ ރިސާޗް އަދި އިނޮވޭޝަން މަޖައްލާ ނެރެނީ. ---ފޮޓޯ: ވިލާ ކޮލެޖް

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ އެ ކޮންފަރެންސްގައި ވަނީ އިންޑިއާ، މެލޭޝިއާ، އޮސްޓްރޭލިއާ އަދި ޔޫކޭގެ ތައުލީމީ ބޭފުޅުން ދައްކަވާފައިވެ އެވެ. އަދި ރިސާޗް ހެދުމުގައި ހަރަކާތްތެރިވާ ބައެއް ދިވެހިން ވެސް ވަނީ ބައިވެރިވެފަ އެވެ.

މުހިންމު ދާއިރާތަކުން ފަސް ޕެނަލް ޑިސްކަޝަން ވެސް ވަނީ ބާއްވައިފަ އެވެ. އަދި ޖުމްލަ އަށް ރޮނގަކުން ޖުމްލަ 66 ރިސާޗް ޕޭޕަރު އެ ކޮންފަރެންސްގައި ދައްކާލައިފަވެ އެވެ.

ބައިނަލްއަގްވާމީ ރިސާޗް އަދި އިނޮވޭޝަން ކޮންފަރެންސް އެއް އެންމެ ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރު އެވެ. މިއަދު ނިންމާލި ކޮންފަރެންސަކީ އޭގެ ހަވަނަ ކޮންފަރެންސް އެވެ.