Roadha Mihaaru
ވިލާ ކޮލެޖުން ރިސާޗް ކޮންފަރެންސެއް ބާއްވަނީ

ވިލާ ކޮލެޖުން މި އަހަރު ވެސް ރިސާޗް ކޮންފަރެންސެއް ބާއްވަނީ

05 މާޗް 2018

ދިރާސާ ކުރާ މީހުންނަށް އަމާޒު ކޮށްގެން، ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަނުން މި އަހަރު ވެސް ރިސާޗް ކޮންފަރެންސެއް ބާއްވާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދިރާސާ ކުރާ މީހުންނަށް އަމާޒު ކޮށްގެން، ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަނުން މި އަހަރު ވެސް ރިސާޗް ކޮންފަރެންސެއް ބާއްވާ ގޮތަށް ނިންމައިފި އެވެ.

"އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އޮނިވޭޝަން" ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 25 އިން 27 އަށެވެ. މިއީ ވިލާ ކޮލެޖުން ބާއްވާ މިފަދަ ތިން ވަނަ ކޮންފަރެންސެވެ.

އެ ކޮލެޖުން ބުނީ މި ފަހަރުގެ ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އަންނަ ޖުލައި މަހުގެ 18 އިން ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ކޮންސަފެންސްގައި ބައިވެރިވުމަށް ޖުލައި 18 ގެ ކުރިން ރަޖިސްޓަރީ ކުރާ ދިވެހިން ދައްކަން ޖެހެނީ 500 ރުފިޔާ އެވެ. ކިޔަވާ ކުއްޖެއް ނަމަ 250 ރުފިޔާ އެވެ. ވޯކްޕާމިޓް ނެތް ބޭރު މީހުންގެ އަތުން 100 ޑޮލަރުގެ ފީއެއް ނަގަ އެވެ. ޖުލައި 18 ގެ ފަހުން ރަޖިސްޓަރީވާ ނަމަ އެ ފީތައް ބޮޑުވެ އެވެ.

އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އޮނިވޭޝަންއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވިލާ ކޮލެޖުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ތަނުގެ ރެކްޓަ ޑރ. އަންވަރު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވިލާގެ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ، ރިސާޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އާދިލް ވިދާޅުވީ މިއީ ރިސާޗް ކުރާ ފަރާތްތަކާއި ރިސާޗު ކުރުމަށް ޝައުގުވެރިވާ މީހުންނަށް މުހިންމު މައުލޫމާތުތަކެއް ލިބިގެން ދާނެ ކޮންފަރެންސަކަށް ވާނެ ކަމަށެވެ. އެ ކޮންފަރެންސްގައި ބޭރުގެ ތަޖުރިބާކާރުން ބައިވެރިވާއިރު ހަ ދާއިރާއަކުން ޕެނަލް ޑިސްކަޝަން ބޭއްވުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދާއިރާތަކުގެ ތެރޭގައި ރިސާޗް އެންޑް އެޑިއުކޭޝަނާއި ބިޒްނަސް އެންޑް އިކޮނޮމީ އަދި ޓެކްނޮލިޖީ އާއި ހެލްތުގެ އިތުރުން އެންވަޔަރުމެންޓް އެންޑް ސަސްޓެއިނަބިލިޓީ އާއި ޑިމޮކްރެސީ ހިމެނެ އެވެ.

ރިސާޗް ކަރުދާސްތައް ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ. ދިރާސާ ކަރުދާސް ހުށަހެޅޭ ދާއިރާތަކުގެ ތެރޭގައި 20 ދާއިރާއެއް ހިމެނެ އެވެ.

ދިރާސާ ކޮންފަރެންސާ ގުޅޭ ގޮތުން ޑރ. އާދިލް މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދިރާސާ ކޮންފަރެންސާ ގުޅޭ ގޮތުން ޑރ. އާދިލް މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޑރ. އާދިލް ވިދާޅުވީ ކޮންފަރެންސަށް ހުށަހަޅާ ހުރިހާ ކަރުދާހެއް ފޮތެއްގެ ސިފައިގައި ނެރޭނެ ކަމަށެވެ. އަދި އެންމެ މޮޅު ދިރާސާ އާއި ޕްރެޒެންޓޭޝަން ހޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެ ކޮލެޖުން ދިރާސާ ކުރުމަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. މަގުސަދަކީ ދިރާސާގެ އަލީގައި ލިބޭ މައުލޫމާތު ރާއްޖެ އާއި ރާއްޖެއިން ބޭރަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިރާސާ ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކާއި އެ ހުނަރު ހުރި ފަރާތްތަކުން މި ކޮންފަރެންސްގައި އެ ހުނަރު ދައްކައިދިނުން އެދެން،" އަންވަރު ވިދާޅުވި އެވެ.