27 ޖޫން 2022
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލި މައްސަލާގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާއާ ދެކޮޅަށް 110 ހެއްކެއް ދައުލަތުން ހުށަހަޅާފައިވާތީ، އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލި މައްސަލާގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާއާ ދެކޮޅަށް 110 ހެއްކެއް ދައުލަތުން ހުށަހަޅާފައިވާތީ، އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އަށް މިދިޔަ އަހަރުގެ ފަހުކޮޅު ހަމަލާދީ މަރައިލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، އެ ކަމުގައި ބައިވެރިވި ކަމަށް ބުނެ، އޭނާއާ އެކު އެ ތަނުގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް އެހެން ދައުވާތަކެއް ކުރެ އެވެ.
ލަމްހާ އާއި މާވިންގެ ބައި ޝަރީއަތުގައި ކުރިއަށް ގެންދަނީ ވަކިން ކަމަށް ވާއިރު، ލަމްހާގެ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
ކުރީގެ އަޑުއެހުމުގައި މާވިން ދައުވާ އަށް އިންކާރު ކޮށްފައިވާތީ ދައުލަތުން މިއަދު ވަނީ އޭނާއާ ދެކޮޅަށް ހުރި ހެކިތައް ހާމަކޮށްފަ އެވެ. އެއީ 110 ހެއްކެކެވެ. އޭގެ ތެރޭގައި 74 ހެކިވެރިން ހިމެނެ އެވެ.
ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވި އެވެ.
މާވިންގެ މައްސަލާގެ މިއަދުގެ އަޑުއެހުން ކުރިއަށް ދަނީ
މާވިން އާއި މޭރީގެ ދަރިފުޅު އެސެސްމަންޓް ރިޕޯޓް ހެކީގެ ގޮތުގައި ހުށަހަޅަން ދައުލަތުން ބޭނުން ވިޔަސް، އެ ރިޕޯޓް އަދި މިހާތަނަކަށް ނުލިބެ އެވެ.
ދައުލަތުން ބުނީ އެ ކުއްޖާ ހުރީ ފިލިޕީންސްގައި ކަމަށް ވާތީ، އެ ރިޕޯޓް ހޯދަން ވަގުތު ބޭނުންވާ ކަމަށެވެ. އެކަމަކު އިބްތިދާއީ މަރުހަލާ ނިމޭއިރު އެ ރިޕޯޓް ނުލިބިއްޖެ ނަމަ، އެ ފުރުސަތު އަލުން ނުދިނަސް މައްސަލައެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
މާވިންގެ ވަކީލް އިސްމާއިލް މުހައްމަދު ވިދާޅުވީ، އެއްވެސް މުއްދަތެއް ނެތް ގޮތަށް ދައުލަތުން ހެކި ހުށަހެޅުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ.
ގާޒީ ފާއިޒް ވިދާޅުވީ ނިންމެވީ އިބްތިދާއީ މަރުހަލާ ނިމުމާ ހަމައަށް، އެ ރިޕޯޓް ނުލިބިއްޖެ ނަމަ އިތުރު ފުރުސަތެއް ދައުލަތަށް ނުލިބޭނެ ކަމަށެވެ.
މާވިންގެ ފަރާތުން ދިފާއުގައި މިއަދު ދިފާއީ ހެއްކެއް ހުށަހެއް ނާޅަ އެވެ. މާވިންގެ ވަކީލް ވިދާޅުވީ އެކަމަށް އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ. އެއީ މާވިންއަކީ ބިދޭސީއަކަށް ވާތީ ދިފާއީ ހެކި ހޯދުމުގައި ދަތިތަކެއް ހުރުމުން ކަމަށް ވަކީލު ވިދާޅުވި އެވެ.
ދައުލަތުން ބުނީ ދިފާއީ ހެކިި މިއަދު ހުށަނޭޅޭނެ ސަބަބެއް ނެތް ކަމަށެވެ. ދެ ފަރާތުގެ ހެކި ހާމަކުރަން ޖެހޭނީ އެއް އަޑުއެހުމެއްގައި ކަމަށާއި އެހެންވެ، އިތުރު ފުރުސަތެއް ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ގާޒީ ނިންމެވީ ދިފާއި ހެކި ލިޔުމުން ހުށަހަޅަން ހަތް ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ.
މާވިން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމާފައިވާ ނިންމުން ދަމަހައްޓަން ދައުލަތުން އެދުނެވެ. މާވިންގެ ވަކީލު ވެސް އެދިވަޑައިގަތީ އެ ގޮތަށެވެ. ގާޒީ ވެސް ނިންމެވީ މާވިންގެ ބަންދު ދެމެހެއްޓުމަށެވެ.
މޭރީގެ މަރު: ހަމަލާދޭނެ ގޮތެއް ހޯދަން މާވިން ސާޗްކުރި
މޭރީގެ މަރު: ލަމްހާގެ ދައްތަ ހެކިބަސް ދީފި
މާވިން ސަލާމަތް ކުރާނެ ކަމަށް ލަމްހާ ބުނި: ހެއްކެއް
މޭރީ މަރު:ހެކިބަސް ލަސްވުމުން ވަކީލުންގެ ކަންބޮޑުވުން
ލަމްހާ ދޫކޮށްލި މައްސަލަ: ވަކީލަކު ހޯދަން އެއް ދުވަސް
މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ނިންމައިފި
މަރުގެ މައްސަލާގައި ހިމެނޭ ލަމްހާ ދޫކޮށްލައިފި
ޓެގް އެޅުވުމަށްފަހު ލަމްހާ ބަންދުން ދޫކޮށްދޭން އެދެފި
މޭރީގެ މަރު: ދައުވާ ބަދަލުކުރުމުން ހެކިބަސް ފަސްކޮށްފި
ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ގޮތެއް ނިންމަނީ