ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މައްސަލަތަކުގައި ޝަރީއަތް ނިމެންދެން އާންމު ގޮތެއްގައި ބަންދުކުރަނީ ގިނަ ހެކިތަކެއް ހުރުމުންނެވެ. ނަމަވެސް މިއަދު ނެރުނު އަމުރުތަކާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ ތިން މީހުންނަކީ:
▪ އަހްމަދު އިސްމާއިލް (އަހަނދު) 39، މއ. ފާގަފިލާ
▪ އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30، މ. ލެގޫން، ވިއު
▪ އަހްމަދު މުއާޒް، 40، ދަފްތަރު
މި ތިން މީހުން ހައްޔަރުކުރީ މަރު ކޮމިޝަނުން ބޭރުގެ ތަޖުރިބާކާރަކާ އެކު ހިންގާ ތަހުގީގަށް ލިބުނު ކުރިއެރުންތަކުގައި ލިބުނު އާ ހެކިތަކާ އެކުގައި ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް މިކަމާ ބެހޭ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މީގެ ކުރިން މަރު ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިސޫއަކީ ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލީ އެކަކެވެ. އަދި އޭނާ އަކީ ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން ދާން އުޅުނު ކަމަށް ހައްޔަރުކޮށް ދައުވާ ވެސް ކުރި އެވެ. އެކަމަކު ތުރުކީ ސަރުކާރުގެ ލިއުމެއް ނެތް ކަމަށް ބުނެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ އެވެ.
އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި ސީރިއާ އާއި ޕާކިސްތާނަށް ހަނގުރާމައަށް މީހުން ފޮނުވާ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ.
ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި މުއާޒް ހައްޔަރުކުރިއިރު 2014 ގައި ވެސް އޭނާ ހައްޔަރުކުރި އެވެ. އޭރު އޭނާ ހައްޔަރުކުރީ ރިލްވާން މަސައްކަތްކުރި މިނިވަން ނިއުސް ހިންގާ އޮފީހުގެ ސީސީޓީވީ ކެމެރާ ވަގަށް ނަގައި ދޮރަށް ކަތިވަޅިއެއް ޖެހި މައްސަލައެއްގެ ތުހުމަތަށެވެ. އޭނާ ވެސް ދައުވާއަކާ ނުލައި ސަލާމަތްވީ އެވެ.
ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގަ އެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި އޭނާ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިންނެވެ. އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
3 މަރާ ގުޅިގެން މަޒީދާއި ސާމިތަށް ދައުވާކުރަން އެދެފި
ޔާމީން/ރިލްވާންގެ މަރު: ދައުވާލިބޭ މީހަކު ދޫކޮށްލައިފި
ރިލްވާން ގެއްލުވާލުން: ވަޅިން މުހިއްމު ހެކި ލިބިއްޖެ
ރިލްވާންގެ ތަހުގީގަށް ހަސަންގެ ޕާސްޕޯޓް ހިފަހައްޓައިފި
އަދީބު ސަބަބު ނުބުނަނީސް ރިލްވާން އާއިލާގެ މާފެއް ނެތް
އިންސާފު ހޯދުން ކުރިއަށް ގެންދާނެ: ކޮމިޝަން
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ
ކޮމިޝަނަށް ބޭރުގެ މާހިރަކު އައްޔަންކުރަން އެދެފި
ތަހުގީގުތަކާ ގުޅިގެން ނަޝީދުގެ ކަންބޮޑުވުން ކޮމިޓީ އަށް
ނަޝީދުގެ ވާހަކަތައް މަރު ކޮމިޝަނުން ދޮގުކޮށްފި