މަރުގެ މައްސަލަތައް ތަހުގީގުކުރުމުގައި ރިޔާސީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ މާހިރަކު އައްޔަންކޮށްދެއްވުން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައިވާނެ ކަމަށް، ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ އާއިލާއިން މިއަދު ބުނެފި އެވެ.
02 ޖުލައި 2020
މަރުގެ މައްސަލަތައް ތަހުގީގުކުރުމުގައި ރިޔާސީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ މާހިރަކު އައްޔަންކޮށްދެއްވުން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައިވާނެ ކަމަށް، ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ އާއިލާއިން މިއަދު ބުނެފި އެވެ.
ރިލްވާންގެ ދައްތަ، ފާތިމަތު ޝެހެނާޒު "މިހާރު" އަށް ބުނީ، ނޮވެމްބަރު 17، 2018 ގައި އުފެއްދި ކޮމިޝަންގެ މަސައްކަތްތަކަށް ބޭރުގެ މާހިރެއްގެ އެހީ ހޯދުމުން ތަހުގީގުތައް އިތުރަށް ފުރިހަމަވާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންވެ، އިންސާފު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެކަން އެދުނީ ކަމަށް ބުންޏެވެ.
ރައީސް އޮފީހުގައި ރައީސާ އެކު ބޭއްވި ބައްދަލުވުމުގައި ޝެހެނާޒާއި އޭނާގެ މަންމަގެ އިތުރުން ޔާމީންގެ މަންމަ އާއި ދައްތަ ބައިވެރިވި އެވެ.
ޝެހެނާޒު ބުނީ، ބޭރުގެ މާހިރެއްގެ އެހީ ހޯދުމަށް އެދުމުން އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
"ބޭރުގެ އިންވެސްޓިގޭޓަރެއް ގެންނަން އެދުނީ ތަހުގީގު އިތުރަށް ފުރިހަމަކުރަން. އެއީ އިތުރަށް ލިބޭ ބާރަކަށް ވާނެތީ. އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި. މި މަސައްކަތް ކުރަނީ ހުރިހާ އާއިލާއަކަށް ވެސް އިންސާފު ހޯދައިދިނުމަށް،" ޝެހެނާޒު ބުންޏެވެ.
ރިޔާސީ ކޮމިޝަނުން އަންނަނީ ރިލްވާނާއި ޔާމީނާއި ޑރ. އަފްރާޝީމް އަލީގެ އިތުރުން ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރަށް އިސްކަންދީ، ޖުމްލަ 28 މައްސަލައެއް ތަހުގީގު ކުރަމުންނެވެ. ތެރެއިން ދެ މައްސަލައެއް ނިންމާފައިވާ އިރު ނުވަ މައްސަލައެއްގެ ރިޕޯޓް ކޮމިޝަނުން ލިޔަމުން އަންނަ ކަމަށް ރައީސަށް ކޮމިޝަނުން އޮތީ މައުލޫމާތު ދީފަ އެވެ.
އޮގަސްޓު، 2014 ގައި ރިލްވާން ކިޑްނެޕްކުރުމުގެ ދައުވާ، ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށް އުފުލި އެވެ. ދައުލަތުން ކުރި ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވި އެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންގޮސްގެންނެވެ.
އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުވާ ކުރެ އެވެ. އެ މައްސަލައިގައި މިހާރު އޮތީ ހުކުމާ ކައިރީގަ އެވެ.
"ކޮމިޝަނުން ފާހަގަކުރި ކަންތަކަށް ފިޔަވަޅު އަޅާނަން"
ރައީސް ވެސް ވިދާޅުވަނީ "ދުލެއް ނުކުރާނަން" ކަމަށް
ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދަށް
"ރިލްވާން މައްސަލައިގައި ކުރެވެން ހުރިކަމެއް ކުރިން"
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ
ތަހުގީގުތަކާ ގުޅިގެން ނަޝީދުގެ ކަންބޮޑުވުން ކޮމިޓީ އަށް
ރައީސް ވިދާޅުވަނީ މަރު ކޮމިޝަނަށް ނަތީޖާ ނެރެވޭނެކަމަށް
ނަޝީދުގެ ވާހަކަތައް މަރު ކޮމިޝަނުން ދޮގުކޮށްފި
ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!
ރިލްވާނާއި ޔާމީންގެ އާއިލާގެ ހިތްހަމަނުޖެހުން ރައީސަށް!