Roadha Mihaaru
ގޫގުލް ހޭންގްއައުޓްސް ނޮވެމްބަރުގައި ހުއްޓާލަނީ

ގޫގުލް ހޭންގްއައުޓްސް ނޮވެމްބަރުގައި ހުއްޓާލަނީ

29 ޖޫން 2022

މެސެޖުކުރުމަށް ހާއްސަކޮށްގެން އުފެއްދި "ގޫގުލް ހޭންގްއައުޓްސް" އަންނަ ނޮވެމްބަރު މަހުން ފެށިގެން އެއްކޮށް ހުއްޓާލަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

މެސެޖުކުރުމަށް ހާއްސަކޮށްގެން އުފެއްދި "ގޫގުލް ހޭންގްއައުޓްސް" އަންނަ ނޮވެމްބަރު މަހުން ފެށިގެން އެއްކޮށް ހުއްޓާލަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި ބުނީ މިދިޔަ ފެބްރުއަރީ މަހުގައި "ގޫގުލް ވޯކްސްޕޭސް" ބޭނުންކުރާ މީހުންނަށް، ހޭންގްއައުޓްސް ބޭނުންނުކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ. އަދި މިހާރު ހޭންގްސްއައުޓް ބޭނުންކުރާ މީހުންނަށް، ގޫގުލް އާ ކޮމިއުނިކޭޝަން ސާވިސް "ގޫގުލް ޗެޓް" އަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިހާރު، ހޭންގްއައުޓްސް މޯބައިލް އެޕް ބޭނުންކުރާ މީހުންނަށް "ޗެޓް" އަށް ބަދަލުވުމަށް ނޮޓިފިކޭޝަން ދާނެ ކަމަށް ބުންޏެވެ.

ޖީމެއިލް މެދުވެރިކޮށް ހޭންގްއައުޓްސް ބޭނުންކުރާ މީހުންނަށް "ޗެޓް" އަށް ބަދަލުވުމަށް އަންގާނީ އަންނަ މަހު ކަމަށާއި އަދި އަންނަ ނޮވެމްބަރުގެ ނިޔަލަށް ހޭންގްއައުޓްސްގެ ޑެކްސްޓޮޕް ސައިޓް ބޭނުންކުރެވޭނެ ކަމަށެވެ. ހޭންގްއައުޓްސް ހުއްޓާލުމުގެ އެއް މަސް ކުރިން އެ ބޭނުންކުރާ މީހުންނަށް އަންގާނެ ކަމަށް ވެސް ބުންޏެވެ.

ހޭންގްއައުޓްސް ބޭނުންކުރާ މީހުންނަށް އޭގައި ހުރި އެ މީހުންގެ ޑާޓާ ޑައުންލޯޑްކުރަން ފުރުސަތު ވެސް ދޭނެ ކަމަށް ގޫގުލް އިން ބުންޏެވެ.

ގޫގުލް އިން އަންނަނީ "ޗެޓް" އަށް އާ ފިޗާތައް އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ ތެރޭގައި ގުޅޭ ގޮތް ހެދުމާއި ގިނަ އަދަދެއްގެ ފޮޓޯ ފޮނުވޭ ގޮތް ހެދުން ވެސް ހިމެނެ އެވެ.