Roadha Mihaaru
އުރީދޫން ސްކޫލް ފޮތްތައް ހިލޭ ޑެލިވަރީ ކޮށްދެނީ

އުރީދޫން ސްކޫލް ފޮތްތައް ހިލޭ ޑެލިވަރީ ކޮށްދެނީ

29 ޖޫން 2022

އަންނަ ދިރާސީ އަހަރަށް ބޭނުންވާ ފޮތް ލިސްޓުތައް އުރީދޫގެ މޫލީ މެދުވެރިކޮށް އޯޑަރު ކުރުމުން، ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭން ނިންމައި، އެ ހިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އަންނަ ދިރާސީ އަހަރަށް ބޭނުންވާ ފޮތް ލިސްޓުތައް އުރީދޫގެ މޫލީ މެދުވެރިކޮށް އޯޑަރު ކުރުމުން، ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭން ނިންމައި، އެ ހިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.

"ބެކް ޓު ސްކޫލް" ނަމުގައި ކުރިއަށް ގެންދާ އެ އޮފާ އަކީ އުރީދޫ އަދި ނޮވެލްޓީ ބުކްޝޮޕް ގުޅިގެން ދިރާސީ އާ އަހަރާ ދިމާކޮށް، ބުކްޝޮޕްތަކުން ހިލޭ ދޫކުރާ ފޮތްލިސްޓްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ކަސްޓަމަރުންނަށް ފަސޭހައިން ފޯރުކޮށްދިނުމުގެ ޕްރޮމޯޝަނެކެވެ.

"ބެކްޓު ސްކޫލް" ޕްރޮމޯޝަން ގެ ޕޯސްޓަރެއް --- ފޮޓޯ: އުރީދޫ

"ބެކްޓު ސްކޫލް" ޕްރޮމޯޝަން ގެ ޕޯސްޓަރެއް --- ފޮޓޯ: އުރީދޫ

އެ އޮފާގެ ދަށުން މޫލީ މެދުވެރިކޮށް، ކޮންމެ އިރަކު އޯޑަރު ކުރިޔަސް، އެ މީހަކު ހުރި ތަނަކަށް ފޮތް ލިސްޓު ޑެލިވަރީ ކޮށްދޭނެ އެވެ. އޭގެ ފައިދާއަކީ އުރީދޫން ބުނިގޮތުގައި، ފޮތްލިސްޓް ހޯދުމަށް ދަރިވަރުންނާއި ބެލެނިވެރިން މާލެ އަށް ދަތުރުކޮށް، ފިހާރަތަކަށް ބާރުބޮޑުވެ، ކިއުގައި ޖެހެން ނުޖެހުމެވެ.

އެ ޕްރޮމޯޝަންގެ ދަށުން މޫލީ މެދުވެރިކޮށް، އޯޑަރު ކުރާ މީހުންނަށް ފޮތް ލިސްޓުގެ އިތުރުން ބެކްޕެކް، ސްޓިކާ ޕެކް، ސެލޯފެން އަދި ނަން ކާޑު ހިމެނޭ ގިފްޓް ޕެކެއް ލިބެ އެވެ.

މި އަހަރުގެ ކިޔެވުން މާދަމާ ނިންމައި، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 8 ގަ އެވެ.

މޫލީ ވެބްސައިޓުގެ ސްކްރީން ޝޮޓެއް --- ފައިލް ފޮޓޯ: މިހާރު

މޫލީ ވެބްސައިޓުގެ ސްކްރީން ޝޮޓެއް --- ފައިލް ފޮޓޯ: މިހާރު

މޫލީ ވެބްސައިޓަށް ލޮގިން ވުމަށް ފަހު، "ބުކްސް އެންޑް ސްޓޭޝަނަރީސް" ގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ގަނެވޭނެ އެވެ. އަދި ވެބްސައިޓު މެދުވެރިކޮށް އޯޑަރު ކުރުމުގައި ޗެކް-އައުޓް ކުރާއިރު އެޑިއުކޭޝަން މިނިސްޓްރީން ދޭ ވައުޗާ ކޯޑާއި ދަރިވަރުގެ އައިޑީ ކާޑު ނަންބަރު ޖަހަން ޖެހޭނެ އެވެ. އެ ތަކެތި ޑެލިވަރީ ކުރުމުން ފޮތް ލިސްޓް އޯޑަރު ކުރަން ބޭނުންކުރި ވައުޗަރު، ޑެލިވަރީ ކޮށްދިން ފަރާތާ ހަވާލުކުރަން ޖެހެ އެވެ.

School Books

School Books

School books

މޫލީ ވެބްސައިޓުން ފޮތްލިސްޓް އޯޑަރު ކުރުމަށް މިލިންކު ހިޔާރުކުރައްވާ

އެޑިއުކޭޝަން މިނިސްޓްރީން ހިލޭ ފޯރުކޮށްދޭ ފޮތް ލިސްޓާއި ސްޓޭޝަނަރީސްގެ އިތުރުން، އެހެން ސްޓޭޝަނަރީސް ބޭނުންވާ ނަމަ، ގޯލްޑް ނުވަތަ ޕްލެޓިނަމް ޕެކޭޖަށް އޯޑަރު އަޕްގްރޭޑް ކުރުމުން ފެބަ-ކަސްޓެލް ވޯޓަ ކަލާ ޓިއުބް ނުވަތަ ކެމަލް އާޓިސްޓް އޮއިލް ފަދަ ޕްރިމިއަމް ބްރޭންޑްތަކުގެ ސްޓޭޝަނަރީތައް ލިބޭނެ އެވެ. އެ ޕެކޭޖުތަކުގައި ހިމެނޭ ތަކެތި ކަނޑައަޅާފައި ވަނީ ފޮތް ލިސްޓު ގަންނަ ކުއްޖާގެ ގްރޭޑަށް ބަލައިގެންނެވެ.

އުރީދޫގެ އަމާޒަކީ ފޮތް ލިސްޓް ހޯދަން ބެލެނިވެރިން ދަތުރުފަތުރުކުރުމާއި ކިއުގައި ޖެހުން ފަދަ ތަކުލީފުތައް ނައްތާލުން ކަމަށް އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވެ އެވެ.